logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

އަލިފާނުގެ ހާދިސާއާއެކު ދިމާވި ހިތްދަތިކަމާއެކު ވެސް މުވައްޒަފުން ދިޔައީ ކުރިއަށް: ވަޒީރު މުއްތަލިބު

އައިޝަތު ނަޝާ
12 ޑިސެމްބަރު 2025 - 13:50
އަލިފާނުގެ ހާދިސާއާއެކު ދިމާވި ހިތްދަތިކަމާއެކު ވެސް  މުވައްޒަފުން ދިޔައީ ކުރިއަށް: ވަޒީރު މުއްތަލިބު

ހައުސިން މިނިސްޓްރީ އޭރު ހިންގި އިމާރާތުގައި އަލިފާން ރޯވެ, ތިން މިނިސްޓްރީއެއް ބޭނުން ނުކުރެވޭ ވަރަށް އަނދައި ބޮޑެތި ގެއްލުންތަކެއް ލިބުނު ހާދިސާއަށް މިއަދު އަހަރެއް ވެފައިވާއިރު، އެ ހިތާމައިގައި ވެސް މުވައްޒަފުން ޒިންމާއާ އެކު ކުރިއަށްދިޔަ ކަމަށްއިމާރާތް ކުރުމާ ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

މިދިޔަ އަހަރުގެ ޑިސެންބަރު 12 ވަނަ ދުވަހުގެ ހެނދުނު ހިނގި މި ހާދިސާގައި، ހައުސިން މިނިސްޓްރީ ހިންގި އިމާރާތުގައި ރޯވެ ބޮޑެތި ގެއްލުންތައް ލިބުނެވެ. މި އަލިފާނުގެ ހާދިސާގައި ހަމަ އެ އިމާރާތުގައި އޭރު ވަކިން ހިންގި އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ މާލޭ ސިޓީ ކައުންސިލްގެ އޮފީހެއްގެ އިތުރުން ޖެހިގެން ހުރި ގްރީން ބިލްޑިންގައި ހިންގި އެންވަޔަރަމަންޓް މިނިސްޓްރީއާއި އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ އޮފީސް ވެސް އެއްކޮށް އަނދައި، ބޭނުން ނުކުރެވޭ ވަރަށް ވަނީ ހަލާކުވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ހާދިސާގެ ހަނދާން އާކުރައްވާ ވަޒީރު މުއްތަލިބް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަލިފާނުގެ ހާދިސާއާއެކު ދިމާވި ހިތްދަތިކަމާއެކު ކަރުނައާއެކު މުވައްޒަފުން ކުރިއަށް ދިޔަ ކަމަށާއި،އަދި ހާލަތާ އެއްގޮތަށް ބަދަލު ގެނެސް، އަލުން އާރާސްތުކޮށް، ޒިންމާއާ އެކު މުވައްޒަފުން ކުރިއަށް ދިޔަކަމަށެވެ.

 

މިއީ ދައުލަތުގެ މިފަދަ އިމާރާތަކަށް އަލިފާނުގެ ހާދިސާއެއްގައި ލިބުނު އެންމެ ބޮޑު ގެއްލުންކަން ފާހަގަ ކޮށްލެވއެވެ. އެތައް ދުވަހެއް ވަންދެން އެ މިނިސްޓްރީތަކުގެ މަސައްކަތްތަކަށް ހުރަސް އެޅި، އާންމު ހިދުމަތްތަކަށް ވެސް ވަގުތީ ގޮތުން ބުރޫއެރިއެވެ.

އެ ހާދިސާއަށް މިއަދަށް އަހަރެއްވިއިރު، އަދިވެސް އެ ހިތްދަތި ކަމުން މުވައްޒަފުން އަރައެއްނުގަނެއެވެ. އޮފީހަކީ މުވައްޒަފުންގެ ދެވަނަ ގެއަށްވާއިރު އޮފީހާއެކީ އެ މުވައްޒަފުންގެ އެތައް ސާމާނެއް ވަނީ އަނދާ އަޅިޔަށްވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތިނަދޫ ސިޓީގައި ތަރައްގީކުރާ 50 ހައުސިން ޔުނިޓް މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފިޚަބަރު | 4 ދުވަސް ކުރިންގުޅީފަޅުން 2600 އަށްވުރެ ގިނަ ގޯތި ދޫކޮށްފިޚަބަރު | 20 ދުވަސް ކުރިންގިނަ ބައެއްގެ ޝަކުވާއަކަށް ހައްލެއް: ބައިވެރިޔާގެ ބޯހިޔާވަހިކަމެއް އޮތްނަމަވެސް ދެން ގޯއްޗަށް ކުރިމަތިލެވޭނެ!ޚަބަރު | 23 ދުވަސް ކުރިންމާފުށީގެ ދުވަސްވީ ނަރުދަމާ އަޕްގްރޭޑްކޮށް އަލަށް ހިއްކި ސަރަޙައްދުގައި ނަރުދަމާ އަޅަން ހަވާލުކޮށްފިޚަބަރު | މަހެއް ކުރިން