logo
Bank of Maldives

Bank of Maldives

ޚަބަރު

42 ރަށެއްގެ ފެނުގެ ނިޒާމުގެ މަސައްކަތް ނިންމައިފި

އައިޝަތު ނަޝާ
16 ނޮވެމްބަރު 2025 - 11:01
42 ރަށެއްގެ ފެނުގެ ނިޒާމުގެ މަސައްކަތް ނިންމައިފި

މި ދައުރުގެ ތެރޭގައި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ 42 މަޝްރޫޢުއެއްގެ މަސައްކަތް ނިމިފައިވާކަމަށް ޢިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެ އެވެ.

އެ ވުޒާރާއިން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވަނީ، ފެނުގެ ނިޒާމު ޤާއިމުކުރުމާ ގުޅޭ 93 މަޝްރޫޢުއަކާ ގުޅޭ މަސައްކަތްތައް ކުރިއަށް ގެންގޮސްފައި ވާއިރު 42 މަޝްރޫޢުގެ މަސައްކަތް ވަނީ މުޅިން ނިމިފައި ވާކަމަށް ބުނެފައެވެ. މި މަޝްރޫޢުތަކުގެ ތެރޭގައި އަލަށް ފެށި މަސައްކަތްތަކާއި ކުރިން ފަށާ ނުނިމި ހުރި މަސައްކަތްތައް ނިންމުމުގެ މަސައްކަތް ހިމެނޭކަމަށް ވެސް އެ ޕޯސްޓުގައި ބުނެފައި ވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

View post on Twitter

 

ހުއްޓިފަވާ މަސައްކަތްތައް އަވަސްކުރުމަށް، އާ ކޮންޓްރެކްޓަރުންނާ ހަވާލުކޮށް ގިނަ މަސައްކަތްތަކެއް ކާމިޔާބުކަމާއެކު ނިންމާ މިހާރު ޚިދުމަތް ދޭން ފަށާފައިވާކަމަށްވެސްއެ ވުޒާރާއިން ވަނީ ބުނެފައެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ 187 ރަށުގެ ތެރެއިން 133 ރަށުގައި ނަރުދަމާ ނިޒާމު ޤާއިމުކޮށް އަންނަނީ ޚިދުމަތް ދެމުންނެވެ. ނަމަވެސް މީގެތެރެއިންވެސް އާބާދީ އިތުރުވަމުން އަންނަ ރަށްތަކުގައި އަލަށް މީހުން އާބާދުވާ ސަރަޙައްދުތަކަށް ޚިދުމަތް ފޯރުކޮށްދިނުމާއި ނެޓްވަރކް އަޕްގްރޭޑްކުރުން ފަދަ މަސައްކަތްތައް ކުރިއަށްގެންދެއެވެ.

ރައްކާތެރި ފެނާއި ނަރުދަމާގެ ނިޒާމެއް، ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އޮތުން ޤާނޫނުން ލާޒިމުކުރެއެވެ. އެގޮތުން 2027ގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމުކުރުމަށް ލާޒިމުކޮށް މުއްދަތު އިތުރުކޮށް އަލުން ޢަމަލުކުރަން ފެށީ މިއަހަރުއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބަދަލުގައި މިހާރު ބެލެނިވެރިނަށް ފްލެޓަށް ހުށަހެޅޭނެޚަބަރު | 2 މަސް ކުރިންގަސްތައް ކަނޑަން ޖެހޭތީ،ވިލިމާލޭގެ ފްލެޓް ޓަވަރު އެހެން ސަރަޙައްދަކަށް ބަދަލުކުރަނީ!ޚަބަރު | 3 މަސް ކުރިންތިލަމާލެ ބްރިޖްގެ 71 އިންސައްތަ މަސައްކަތް ނިމިފައި!ޚަބަރު | 3 މަސް ކުރިންބޯހިޔާވަހިކަން އެންމެނަށް: ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީއަށް މިހާރު ވަކިން އެޕްލިކޭޝަން ހުށަހެޅޭނެޚަބަރު | 3 މަސް ކުރިން