ނޮވެމްބަރު މަހާ ހަމައަށް އެކަނިވެރި މައިންނަށް ޖުމްލަ 54 މިލިއަން ދޫކުރި: ހީނާ ވަލީދު
31 ޑިސެމްބަރު 2025 - 13:20

މިއަހަރުގެ ނޮވެމްބަރު މަހާ ހަމައަށް އެންސްޕާއިން ރާއްޖޭގައި ދިރިއުޅޭ އެކަނިވެރި މައިން އަދި ބަފައިންނަށް ޖުމްލަ 54 މިލިއަން ދޫކޮށްފައިވާ ކަމަށް އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ހީނާ މިފަދައިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، އިޖުތިމާޢީ ރައްކާތެރިކަމާއި ޞިއްޙީ ދާއިރާއިން ފޯރުކޮށްދޭ މުހިއްމު 5 ޕްރޮގްރާމެއް ރަސްމީކޮށް އިފްތިތާހުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

Ad by Hajj Corporation
މިވަގުތު އެންސްޕާއިން އެހީފޯރުކޮށްދޭ އެކަނިވެރިމައިން އަދި ބަފައިންގެ އަދަދަކީ 2895 މީހުން ކަމަށާއި،އެއީ ގާތްގަނޑަކަށް4940 ކުދިން ކަމަށް ހީނާ ވިދާޅުވިއެވެ.
މީގެއިތުރުން އެންސްޕާގެ ތަފާސްހިސާބުތަކަށް އަލިއަޅުވާ ހީނާ ވިދާޅުވީ،2025 ވަނަ އަހަރަުގެ ނޮވެމްބަރު މަހުގެ ނިޔަލަށް އެންސްޕަާއިން އެކަނިވެރި މައިންނަށް އަދި އެކަނިވެރި ބަފައިންނަށް މަހެއްގެ ތެރޭ 4 މިލިއަން ދޫކޮށްފައިވާ ކަމަށާއި، އެހެންކަމުން 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހާ ހަމައަށް ޖުމްލަ 54 މިލިއަން ރުފިޔާ މިކަމަށް ދޫކޮށްފައިވާ ކަމަށެވެ.
އެކަނިވެރި މައިންނާ ބަފައިންނަށްދޭ އިނާޔަތް ޖެނުއަރި 1 2026 ގައި ބޮޑުކުރަން ނިންމާފައިވާކަން ފާހަގަ ކުރައްވާ ހީނާ އިތުރަަށް ވިދާޅުވީ، މި ކަމަކީ ވަރަށް ގިނަ ދުވަހުގެ މަޝްވަރާއަށްފަހު ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
ރައީސްގެ ވަޢުދާއި އެއްގޮތަށް އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީގެ މިންވަރު އިތުރުކުރެވިގެން ދިޔައިރު،މި ބަދަލާއެކު ގިނަވެގެން 4 ކުދިންނާ ހަމައަށް، ކޮންމެ ކުއްޖަކަށް މަހަކު 3,000 ރުފިޔާއާ ހަމައަށް މާލީ އެހީ ފޯރުކޮށްދެމުންދާނެއެވެ.


