logo
Bank of Maldives

Bank of Maldives

ޚަބަރު

ރައީސްގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން ޚާލިދާ ޒިޔާގެ ޖަނާޒާގައި ވަޒީރު ޢަލީ ޙައިދަރު ބައިވެރިވެވަޑައިގެންފި

އާމިނަތު ޝަފާ
31 ޑިސެމްބަރު 2025 - 15:39
ރައީސްގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން ޚާލިދާ ޒިޔާގެ ޖަނާޒާގައި ވަޒީރު ޢަލީ ޙައިދަރު ބައިވެރިވެވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން، ބަނގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު، ބޭގަމް ޚާލިދާ ޒިޔާ، ރަސްމީ ޢިއްޒަތުގައި ފަސްދާނުލުމަށް ބޭއްވި ޖަނާޒާގައި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދު، ބައިވެރިވެވަޑައިގެންފިއެވެ.

މި ޖަނާޒާ ބާއްވާފައިވަނީ މިއަދު މެންދުރު ބަންގްލަދޭޝްގެ ޑާކާގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބޭގަމް ޚާލިދާ ޒިޔާގެ ޖަނާޒާގައި ބައިވެރިވެވަޑައިގެން، މިނިސްޓަރ ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދު ވަނީ، ރައީސުލްޖުމްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަދި ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ބޮޑު ވަޒީރު، ބޭގަމް ޚާލިދާ ޒިޔާގެ ދަރިކަލުން އަދި ބަންގްލަދޭޝް ނެޝަނަލިސްޓް ޕާޓީ (ބީ.އެން.ޕީ) ގެ ވަގުތީ ޗެއަރމަން ތާރިޤު ރަޙްމާނަށާއި ބަންގްލަދޭޝް ސަރުކާރުގެ އިސްވެރިންނަށް ތަޢުޒިޔާ ރައްދުކުރައްވާފައެވެ.

މި ދަތުރުފުޅުގައި، މިނިސްޓަރ ޑޮކްޓަރ ޢަލީ ޙައިދަރު ވަނީ ޖަނާޒާގައި ބައިބެރިވެވަޑައިގަތުމަށް އެ ޤައުމަށް ޒިޔާރަތްކުރައްވަމުންގެންދެވި ނޭޕާލް، ބޫޓާން އަދި އިންޑިއާގެ ޚާރިޖީ ވަޒީރުންގެ އިތުރުން ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސާ ބައްދަލުކުރައްވައި، ސަރަހައްދީ ގުޅުންތަކާއި މަސްލަހަތު ހިމެނޭ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

ބަންގްލަދޭޝްގެ ފުރަތަމަ އަންހެން ބޮޑު ވަޒީރު، ބޭގަމް ޚާލިދާ ޒިޔާ، ތިން ފަހަރެއްގެ މަތިން އެ މަޤާމު އަދާކުރައްވާފައިވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސްގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން ޚާލިދާ ޒިޔާގެ ޖަނާޒާގައި ވަޒީރު ޢަލީ ޙައިދަރު ބައިވެރިވެވަޑައިގެންފިޚަބަރު | ގަޑިއިރެއް ކުރިންރައީސްގެ ވަޢުދުފުޅާ އެއްގޮތަށް މުހިއްމު 5 ޕްރޮގްރާމެއް އިފްތިތާހުކޮށްފިޚަބަރު | 4 ގަޑިއިރު ކުރިންމާދަމާ އިން ފެށިގެން ތެލަސީމިއާ ބަލި މީހުންނަށް މަހަކު 2،000 ރުފިޔާ ލިބޭނެ!ޚަބަރު | 5 ގަޑިއިރު ކުރިން"ޕްރޮޖެކްޓް އައިލާ" ގެ ނަމުގައި ސްޕެޝަލް އިކޮނޮމިކް ޒޯނެއް ރައީސް ކަނޑައަޅުއްވައިފިޚަބަރު | 6 ގަޑިއިރު ކުރިން