logo
Bank of Maldives

Bank of Maldives

ޚަބަރު

ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް މުހިއްމު 5 ޕްރޮގްރާމެއް އިފްތިތާހުކޮށްފި

އައިޝަތު ނަޝާ
31 ޑިސެމްބަރު 2025 - 12:46
ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް މުހިއްމު 5 ޕްރޮގްރާމެއް އިފްތިތާހުކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ މުހިއްމު ވަޢުދުތަކެއް ފުއްދެވުމަށް އިޖުތިމާޢީ ރައްކާތެރިކަމާއި ޞިއްޙީ ދާއިރާގެ މުހިއްމު 5 ޕްރޮގްރާމެއް ސަރުކާރުން އިފްތިތާހުކުރައްވައިފިއެވެ.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ފޯރުކޮށްދޭ މި ޚިދުމަތްތައް އިފްތިތާހުކޮށްދެއްވީ އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް އަދި އިޖްތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑޮކްޓަރ ޢާއިޝަތު ޝިހާމްއެވެ. މި ޕްރޮގްރާމްތައް ތަންފީޒުކުރަން ފެށުމަށް ހަމަޖެހިފައިވަނީ ޖެނުއަރީމަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.

އާ އަހަރާއި ދިމާކޮށް ފައްޓަވާ ޕްރޮގްރާމްތަކުގެ ތެރޭގައި ތެލަސީމިއާ ބަލި ތަޙައްމަލް ކުރަމުންދާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން ހިމެެނެއެވެ. އެގޮތުން، މާދަމާއިން ފެށިގެން ތެލަސީމިއާ ކުދިންނަށް މަހެއްގެ މައްޗަށް 2,000 ރުފިޔާގެ ވަކި އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ޞިއްޙީ ޚިދުމަތް ފުޅާކުރުމުގެ ގޮތުން، ޕްރައިވެޓް ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން ލިބޭ ހުރިހާ ބާވަތެއްގެ ތެރަޕީގެ ޚިދުމަތްތަކަށް ހިނގާ ޚަރަދު އާސަންދަ ސްކީމް މެދުވެރިކޮށް ހަމަޖައްސައިދިނުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން، ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދުމަށް ހިނގާ ހުރިހާ ޚަރަދެއްވެސް އާސަންދަ ސްކީމްގެ ދަށުން ފޯރުކޮށްދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. މިއީ ނަފްސާނީ ދުޅަހެޔޮކަމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން ހާމަކޮށްދޭ ކަމެއް ކަމަށް އެންސްޕާއިން ފާހަގަކުރެއެވެ.

މީގެއިތުރުން ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ބޭސްފަރުވާގެ ލުއިފަސޭހަކަން ހޯދައިދިނުމަށް ކުރާ މަސައްކަތުގެ ދަށުން، 'މެރަނާ' ސްކީމް މެދުވެރިކޮށް ފިލިޕީންސްގައި ދިރިއުޅޭ ދިވެހި ކިޔަވާ ކުދިންނާއި ރައްޔިތުންނަށް ބޭސްފަރުވާ ކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާ ޕްރޮގްރާމެއްވެސް މިއަދު ވަނީ އިފްތިތާހުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ޕްރޮގްރާމުގެ ދަށުން ބޭސްފަރުވާއަށް ހިނގާ ޚަރަދުގެ 65 އިންސައްތަ ސަރުކާރުން ހަމަޖައްސައިދޭނެއެވެ. މީގެ އިތުރުން، ރައީސްގެ ވަޢުދާއި އެއްގޮތަށް އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީގެ މިންވަރު އިތުރުކުރެވުންވެސް މި ރަސްމިއްޔާތުގައި ވަނީ އިފްތިތާހުކޮށްދެއްވާފައެވެ. މި ބަދަލާއެކު، ގިނަވެގެން 4 ކުދިންނާ ހަމައަށް، ކޮންމެ ކުއްޖަކަށް މަހަކު 3,000 ރުފިޔާއާ ހަމައަށް މާލީ އެހީ ފޯރުކޮށްދެމުންދާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަޅުގަނޑުގެ ތާއީދު ލިބޭ ކެންޑިޑޭޓުން ތިބޭނީ ހަމައެކަނި ޕީއެންސީގެ ޓިކެޓުގައި: ރައީސް ޑރ. މުޢިއްޒުޚަބަރު | 12 ގަޑިއިރު ކުރިންވަޠަނީ ޚިދުމަތުގެ 3 ވަނަ ބުރުގައި ބައިވެރިވާން ހުޅުވާލައިފިޚަބަރު | 2 ދުވަސް ކުރިންބޭރުގެ އިގްތިސާދީ ލޮޅުންތަކުގެ ނާޒުކުކަން ރާއްޖެއަށް އިންތިހާއަށް ބޮޑު: ރައީސްޚަބަރު | 2 ދުވަސް ކުރިންފަހު ދިހައިގެ ދުވަސްތަކަށް ސަރުކާރު ބަންދުކޮށްފިޚަބަރު | 2 ދުވަސް ކުރިން