logo
Bank of Maldives

Bank of Maldives

ޚަބަރު

މުދައްރިސުންގެ ސްޓެޕް ޕްރޮމޯޝަން ޙައްޤުވާ ދުވަހުން ފެށިގެން ދޭން އަންގަވައިފި

އާމިނަތު ޝަފާ
31 ޑިސެމްބަރު 2025 - 17:13
މުދައްރިސުންގެ ސްޓެޕް ޕްރޮމޯޝަން ޙައްޤުވާ ދުވަހުން ފެށިގެން ދޭން އަންގަވައިފި

މުދައްރިސުންގެ ސްޓެޕް ޕްރޮމޯޝަން ޙައްޤުވާ ދުވަހުން ފެށިގެން ދިނުމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީޢު ސްކޫލްތަކަށް މިއަދު އަންގަވައިފިއެވެ.

ސްކޫލްތަކަށް އެޑިޔުކޭޝަން މިނިސްޓްރީން އަންގާފައިވަނީ، ތަޢުލީމީ ދާއިރާގެ ފަންނީ މުވައްޒަފުން ( މުދަރިސުންނާއި އަދި ތަޢުލީމީ ދާއިރާގެ ފަންނީ އެހެނިގެން މުވައްޒަފުން)ގެ ސެޓެޕް ޕްރޮމޯޝަން، ޕޭ ފްރޭމްވަރކްގައި ބަޔާންކޮށްފައިވާ ގޮތަށް މުވައްޒަފުންނަށް އެ ޕްރޮމޯޝަން ޙައްޤުވާ ތާރީޚުން ފެށިގެން ދިނުމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ މިނިސްޓްރީގެ ދެންނެވުގައި ފާހަގަކޮށްފައި ވަނީ، މުސާރައިގެ ކުރިއެރުން ޙައްޤުވާ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ދިނުމަށްޓަކައި އެޑިޔުކޭޝަން މިނިސްޓްރީގެ ހިއުމަން ރިސޯސަސް މެނޭޖްމަންޓް ޑިވިޜަނާ ގުޅިގެން ސްކޫލްތަކުން ކުރިއަށް ގެންދިއުމަށް މިނިސްޓަރު އިރުޝާދު ދެއްވާފައިވާ ކަމަށެވެ.

އެ މަސައްކަތް 2026 ޖެނުއަރީ 31ގެ ކުރިންގެ ނިޔަލަށް ނިންމަން ވާނެ ކަމުގައި ވެސް އެޑިޔުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް ފޮނުވި ސާކިއުލާގައި ފާހަގަކޮށްފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސްކޫލުތަކުން އަދަބުވެރިކަން ފޮހެވިއްޖެ: ދަރިވަރުންގެ އަޚުލާގާމެދު ބޮޑެތި ކަންބޮޑުވުންތަކެއް!ރިޕޯޓް | 24 ދުވަސް ކުރިން"ޖީ.ސީ.އެފް ޕްރޮޖެކްޓް ޕްރޮޕޯޒަލް – އިނީޝިއަލް ސްޓޭކްހޯލްޑަރ ވޯކްޝޮޕް" ބާއްވައިފިޚަބަރު | 3 މަސް ކުރިން ދަރިވަރުންނަށް ރޯދަ މަހު 26 ދުވަހުގެ ދިގު ޗުއްޓީއެއް!ޚަބަރު | 4 މަސް ކުރިންއަތޮޅުތަކުން 1500 އަށް ވުރެ ގިނަ ދަރިވަރުން މާލެ ސަރަހައްދަށް ބަދަލުވެއްޖެޚަބަރު | 4 މަސް ކުރިން