logo
Bank of Maldives

Bank of Maldives

ޚަބަރު

ނައިފަރު ޝައިޚުގެ ޚިދުމަތް ރައްޔިތުންނަށް ލިބޭނެހެން ސަރުކާރުގެ ދީލަތި 'ހަދިޔާ' އެއް

މުހައްމަދު މޫސާމުހައްމަދު މޫސާ
31 ޑިސެމްބަރު 2025 - 18:47
މިނިސްޓަރު ޝަހީމް، ޝައިޚް ނައިފަރީއާ ބައްދަލު ކުރެއްވުން
މިނިސްޓަރު ޝަހީމް، ޝައިޚް ނައިފަރީއާ ބައްދަލު ކުރެއްވުން

ދިވެހި ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ޝައިޚް މުހައްމަދު އިބްރާހީމް (ނައިފަރީ)، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ "ވާއިޒް މުޝާރިކް" ގެ މަގާމަށް އައްޔަނުކޮށްފިއެވެ. މިއީ އިސްލާމީ ވަހުދަތު ހިފެހެއްޓުމާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި އައްޔަންކުރާ ހާއްސަ މަގާމެކެވެ.

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި، ޝައިޚް މުހައްމަދު އިބްރާހީމް މި މަގާމަށް ހަމަޖައްސާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. ޝައިޚަކީ މި މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން ވެސް އެ މިނިސްޓްރީއާ ގުޅިގެންނާއި އަމިއްލަ ގޮތުން ދީނީ ދައުވަތު ފެތުރުމުގައި ވަރަށް އިސްކޮށް އުޅުއްވާ ބޭފުޅެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިނިސްޓްރީން މިފަދަ ނިންމުމެއް ނިންމީ، ޝައިޚުގެ ލޮލުގެ ފެނުން ގެއްލުނު ފަހުން ވެސް ދީނީ މަސައްކަތްތަކުގައި ދައްކަވާ ސާބިތުކަމާއި، އެފަދަ އިލްމީ އަދި ހިދުމަތްތެރި ބޭފުޅެއްގެ ބޭނުން ދައުލަތަށް ނުހިފައި ބަހައްޓަން ބޭނުން ނުވާތީ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. މި މަގާމުގައި ހުންނަވައިގެން މިނިސްޓްރީން ކުރިއަށް ގެންދާ އެކިއެކި ދީނީ ޕްރޮގްރާމްތަކުގައި ޝައިޚް އަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

މަދީނާ އިސްލާމިކް ޔުނިވަރސިޓީން ތައުލީމު ހާސިލްކުރައްވާފައިވާ ޝައިޚް މުހައްމަދު އިބްރާހީމަކީ އެކި ދާއިރާތަކުން ގިނަ އަދަދެއްގެ ދީނީ ފޮތްތައް ލިޔުއްވާފައިވާ ބޭފުޅެކެވެ. ނަމަވެސް، ލޮލުގެ ފެނުން ގެއްލުމާ ގުޅިގެން ވަޒީފާ ގެއްލި، އާމްދަނީ ލިބޭނެ މަގުތައް ބަންދުވެ، ބޭސްފަރުވާގެ ކަންކަމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވެއެވެ.

ޝައިޚުގެ ބޭސްފަރުވާގެ ކަންކަން ދިވެހި ރައްޔިތުންގެ އެހީތެރިކަމާއެކު ހަމަޖައްސައިދީފައިވަނީ "އެހީ" ޖަމިއްޔާއިންނެވެ. އެ ޖަމިއްޔާގެ އެހީތެރިކަމާއެކު، ލޮލުގެ ފަރުވާއަށް ރާއްޖޭން ބޭރަށް ފުރާވަޑައިގަތުމަށް ޝައިޚް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. ސަރުކާރުގެ މި ނިންމުމަކީ ޝައިޚުގެ އިލްމީ ގާބިލުކަމުގެ ބޭނުން ހިފުމަށާއި، އޭނާގެ ހިދުމަތް ރައްޔިތުންނަށް މެދުނުކެނޑި ލިބޭނެ ގޮތް ހެދުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނައިފަރު ޝައިޚުގެ ޚިދުމަތް ރައްޔިތުންނަށް ލިބޭނެހެން ސަރުކާރުގެ ދީލަތި 'ހަދިޔާ' އެއްޚަބަރު | ގަޑިއިރެއް ކުރިންސަރުކާރު ޚަރަދުގައި މަރަދޫގައި ބިނާކުރި މަސްޖިދުއްރައްޔާން ހުޅުވައިފިޚަބަރު | 5 ދުވަސް ކުރިންފޭސް ދެއެއްގައި ބިނާކުރި ޗާލު މިސްކިތް ހުޅުވުން ހުކުރު ދުވަހުޚަބަރު | 10 ދުވަސް ކުރިންހުޅުމާލެ ފޭސް ދޭއްގައި ބިނާކުރި މަސްޖިދުލްއީމާން ހުޅުވުމަށް ތައްޔާރުވެއްޖެޚަބަރު | 14 ދުވަސް ކުރިން