ތިންވަނަ ކުއާޓަރގައި އެމްޓީސީސީއަށް 501.2 މިލިއަން ރުފިޔާގެ އާމްދަނީއެއް
1 ޖެނުއަރީ 2026 - 05:34

2025 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރގައި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އަށް 501.2 މިލިއަން ރުފިޔާގެ އާމްދަނީ އެއް ލިބިއްޖެއެވެ.
އެ ކުންފުނިން ނެރުނު ތިންވަނަ ކުއާޓަރގެ މާލީ ރިޕޯޓުގައި ވާގޮތުން، އެ ކުއާޓަރގައި 501.2 މިލިއަން ރުފިޔާގެ އާމްދަނީ އެއް ލިބިފައިވާ އިރު، ޖުމްލަ ފައިދާގެ ގޮތުގައި 13.4 މިލިއަން ރުފިޔާ ލިބިފައި ވެއެވެ. މިއީ މިދިޔަ އަހަރުގ ދެވަނަ ކުއާޓަރގައި އެކުންފުންޏަށް ލިބުނު 490.3 މިލިއަން ރުފިޔާއާ އަޅާބަލާއިރު 2.2% ގެ ކުރިއެރުމެކެވެ. މިދިޔަ ކުއާޓަރގައި ކުންފުނި ހިންގައިގެން އެކުންފުންޏަށް 29.3 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވެއެެވެ.

Ad by Hajj Corporation
ތިންވަނަ ކުއާޓަރގައި ޓެކުހަށް ކެނޑުމުގެ ކުރިން ކުންފުންޏަށް ލިބިފައިވާ އާމްދަނީއަކީ 15.7 މިލިޔަން ރުފިޔާއެވެ. ދެވަނަ ކުއާޓަރގައި މި އަދަދު ހުރީ 33 މިލިއަން ރުފިޔާގައެވެ.
އެމްޓީސީސީއަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިމާރާތްކުރުމާއި ބިން ހިއްކުމުގެ މަސައްކަތްތަކުންނެވެ. އެގޮތުން ތިންވަނަ ކުއާޓަރގައި މި ދާއިރާއިން ކުންފުންޏަށް 397 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
ތިންވަނަ ކުއާޓަރގައި އެމްޓީސީސީން 373 މަޝްރޫއެއް ކުރިއަށް ގެންގޮސްފައިވެއެވެ. އޭގެތެރެއިން 6 މަޝްރޫޢެއްގެ މަސައްކަތްވަނީ، އެކުއާޓަރގެ ތެރޭގައި ނިމިފައެވެ. އަދި އެ ކުއާޓަރގެ ތެރޭގައި 68 މަޝްރޫޢެއްގެ މަސައްކަތް އަލަށް ފަށާފައިވެއެވެ.


