logo
Bank of Maldives

Bank of Maldives

ޚަބަރު

މި އަހަރު ހުކުރު ޚުތުބާ ލިޔާނެ މައުޟޫއަށް އާންމުންގެ ޚިޔާލު ހޯދަނީ

އައިޝަތު ނަޝާ
2 ޖެނުއަރީ 2026 - 10:15
މި އަހަރު ހުކުރު ޚުތުބާ ލިޔާނެ މައުޟޫއަށް އާންމުންގެ ޚިޔާލު ހޯދަނީ

މި އަހަރު ހުކުރު ޚުތުބާ ލިޔަން ބޭނުންވާ މައުޟޫއަށް އާންމުންގެ ޚިޔާލު ހުށަހަޅަން ހުޅުވާލައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ކުރި ޕޯސްޓެއްގައި ވަނީ، ހުކުރު ޚުތުބާ ލިޔާ މައުޟޫތަކާ މެދު ރައްޔިތުންގެ ޚިޔާލު ހޯދަން ބޭނުންވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އަހަރު އަޑު އަހަން ބޭނުންވާ ޚުތުބާގެ މައުޟޫތައް ހުށަހަޅަން މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ. އެ މައުޟޫތައް މިނިސްޓްރީގެ ފޭސްބުކް ޕޯސްޓުގައި ކޮމެންޓު ކުރެވޭނެކަން އިސްލާމިކް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓުގައި ހުރި މައުޟޫތަކަށް ލައިކު ދިނުމަށް މިނިސްޓްރީން އެދިފައިވާއިރު، މިހާތަނަށް އެ ޕޯސްޓަށް 560އަށް ވުރެ ގިނަ މީހުން ވަނީ ކެމެންޓު ކޮށްފައެވެ. އޭގެތެރެއިން ބައެއް މީހުން ހުށަހަޅާފައިވާ މައުޟޫތަކަށް ސަތޭކައާ ގާތް ކުރާ އަދަދަކަށް ނުވަތަ އެއަށް ވުރެ އިތުރަށް މީހުން ލައިކު ދީފައިވެއެވެ.

އޭގެއިތުރަށް، ހުކުރު ޚުތުބާގެ މައުޟޫ ކޮމެންޓު ކުރި މީހުންގެ ތެރޭގައި، އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވެސް ހިމެނެއެވެ.

ބެލެވޭ ގޮތުގައި، މިއީ އަލަށް ޚުތުބާ މައުޟޫއަށް ޚިޔާލު ހުށަހަޅަން ހުޅުވާލި ފުރަތަމަ ފަހަރެވެ. މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކުރީ، މާތް ﷲގެ ޙަޟުރަތުގައި ކޮއްޅަށް ތިބޭ ދުވަސް" މި މައުޟޫގެ މައްޗަށެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މި އަހަރު ހުކުރު ޚުތުބާ ލިޔާނެ މައުޟޫއަށް އާންމުންގެ ޚިޔާލު ހޯދަނީޚަބަރު | 2 މަސް ކުރިން''މުސްލިމަކަށްވުމަށް ފަހު އޭނާގެ އިސްލާމްކަން ދައްކުވައިދޭ މައިގަނޑު ކަމަކީ ނަމާދު''ޚަބަރު | 4 މަސް ކުރިންނަމާދަކީ ދީނުގެ ތަނބު، ނަމާދު ދޫކޮށްލައިފި މީހާ ވަނީ ދީނުން ބޭރުވެފައި: ހުތުބާޚަބަރު | 5 މަސް ކުރިން''އިސްލާމުން ނިކަމެތިވުމުގެ ސަބަބަކީ މާތް ﷲގެ ޝަރީޢަތް ދޫކޮށް އަމިއްލަ ޤާނޫނުތަކަށް ޢަމަލުކުރުން''ޚަބަރު | 5 މަސް ކުރިން