logo
Bank of Maldives

Bank of Maldives

ޚަބަރު

ވޭމަންޑުއަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތައް ހައްލުކުރަނީ

އާމިނަތު ޝަފާ
6 އޮކްޓޯބަރު 2024 - 08:25
ވޭމަންޑުއަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތައް ހައްލުކުރަން މަޝްވަރާތަކެއްވަނީ ކުރެވިފައި
ވޭމަންޑުއަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތައް ހައްލުކުރަން މަޝްވަރާތަކެއްވަނީ ކުރެވިފައި

ތ. ވޭމަންޑޫ އަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތައް ހައްލުކުރަން އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން އެންވަޔަރަމަންޓް މިނިސްޓްރީން ދީފިއެވެ.

މިޔަގީންކަން ދީފައިވަނީ ތ. ވޭމަންޑޫ ކައުންސިލުން މިނިސްޓަރ އޮފް ކްލައިމެޓްޗޭންޖް އެންވަޔަރަމަންޓް އެންޑް އެނާޖީ ޠާރިޤް އިބްރާހީމްއާ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކުގެ ތެރެއިންނެވެ. މި ބައްދަލުވުމުގައި ވޭމަންޑޫގެ ގޮނޑުދޮށް ގިރުމުގެ މައްސަލައާއި ކުނި މެނޭޖްކުރުމާ ގުޅޭ މައްސަލަތަކާ ބެހޭގޮތުން މަޝްވަރާތައް ވަނީ ކުރެވިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއަދު މިނިސްޓްރީގައި ބޭއްވި މި ބައްދަލުވުމުގައި ވޭމަންޑޫ ކައުންސިލުގެ މެންބަރުންނާއި މިނިސްޓްރީގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ގޮނޑުދޮށް ގިރުމުގެ މައްސަލައަކީ ވޭމަންޑޫއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށް ކައުންސިލުން ފާހަގަކުރިއެވެ. މި މައްސަލަ ހައްލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުން މިނިސްޓަރާ މަޝްވަރާކުރެވި އަދި ކުނި މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް ބޭނުންވާ އެހީތެރިކަމާ ބެހޭގޮތުންވެސް ވާހަކަދެކެވިފައިވާކަމަށް އެންވާރަމަންޓް މިނިސްޓްރީން މައުލޫމާތުދެއެވެ.

މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވީ، ވޭމަންޑޫގެ މި ދެ މައްސަލަ ހައްލުކުރުމަށް މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މި މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށް މަސައްކަތްކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ބައްދަލުވުމުގެ ނިމުމުގައި ވޭމަންޑޫ ކައުންސިލުން މިނިސްޓަރަށާއި މިނިސްޓްރީގެ އޮފިޝަލުންނަށް ޝުކުރު އަދާކުރިއެވެ. އަދި ރަށުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގައި މިނިސްޓްރީގެ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން ހާސިލުވި ކަމަށް ބުނެފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"ވިލުންވެށި ގްރާންޓް ޕްރޮގްރާމް" ރަސްމީކޮށް އިފްތިތާޙްކޮށްފިޚަބަރު | 2 ދުވަސް ކުރިންވެލާ ބިސްއަޅާ ގޮނޑުދޮށްތައް ހިމާޔަތްކުރުމުގެ އަޒުމް ރާއްޖެއިން އާކޮށްފިޚަބަރު | 7 ދުވަސް ކުރިންވެލަޔަށް ފަރުވާދޭ މި ސަރަހައްދު ފުރަތަމަ ހާއްސަ މަރުކަޒު ޗަމްޕާ ރިސޯޓެއްގައި ހުޅުވައިފިޚަބަރު | މަހެއް ކުރިންތިމާވެށި ހިމާޔަތްކުރުމަށް އަހަރުގެ މިހާތަނަށް 608 މިލިއަން ރުފިޔާ ހޭދަކޮށްފިޚަބަރު | 6 މަސް ކުރިން