logo
Bank of Maldives

Bank of Maldives

ޚަބަރު

ބިދޭސީންތަކެއްގެ މެދުގައި ހިންގި މަރާމާރީއަކާ ގުޅިގެން ދެމީހަކު ހައްޔަރުކޮށްފި

އިސްމާޢިލް ރާތިޢު
3 ޖެނުއަރީ 2026 - 05:06
ބިދޭސީންތަކެއްގެ މެދުގައި ހިންގި މަރާމާރީއަކާ ގުޅިގެން ދެމީހަކު ހައްޔަރުކޮށްފި

މާލޭގައި ދިރިއުޅޭ ބިދޭސީންތަކެއްގެ މެދުގައި ރޭ ހިންގި މާރާމާރީއަކާ ގުޅިގެން ދެ މީހަކު ހައްްޔަރުކޮށްފިއެވެ.

ފުލުހުން މައުލޫމާތުދިން ގޮތުގައި، ރޭ 11:30 ހާއިރު ވައިޖެހޭ މަގުގައި ބިދޭސީންތަކެއް މާރާމާރީއެއް ހިންގައިގެން އުޅޭ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ. އެ މާރާމާރީގެ މައްސަލައިގައި ދެ ބިދޭސީން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ މާރާމާރީ ހިނގައިދިޔަ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވަމުންދާއިރު، މާރާމާރީ ހިންގި ތަނުގައި 10 ވަރަކަށް ބިދޭސީން އުޅޭތަން ފެނެއެވެ. އެ މާރާމާރީ ހިންގާފައި ވަނީ ޖެލީ ރެސްޓޯރަންޓުގެ ޓީޝާޓު ލައިގެން ތިބި ބައެއްގެ މެދުގައެވެ. އެމީހުންނަކީ ހެންވޭރުގައި ހުންނަ ޖެލީ ޓޭކްއަވޭގައި މަސައްކަތްކުރާ ބިދޭސީންތަކެއް ކަމަށް މައުލޫމާތު ލިބެއެވެ.

އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު، އެ މާރާމާރީ ހިނގަން މެދުވެރި ސަބަބެެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖޭގައި، ވަކީން ހާއްސަކޮށް ވެރިރަށް މާލޭގައި ބިދޭސީން މެދުގައި ދޭތެރެއިން މާރާމާރީ ހިންގައެވެ. އަދި އެފަދަ ބައެއް މައްސަލަތަކުގައި، ރާއްޖެ ނާދެވޭ ގޮތަށް ބައެއް މީހުން ވަނީ މީގެ ކުރިން ޑީޕޯޓުކޮށްފައިވެސް ވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުޅުމާލޭ އަޒީޒާ މިސްކިތުގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުންދީފިޚަބަރު | 19 ގަޑިއިރު ކުރިންހިޔާ ޕާކު ސަރަހައްދުގައި މާރާމާރީއެއް، 16 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފިޚަބަރު | 2 ދުވަސް ކުރިންތިލަފުށި ގޮނޑުގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިފިޚަބަރު | 2 ދުވަސް ކުރިން މިރޭގެ މެޗުގެ ފޯރީގައި، އަމާންކަން ގެއްލިދާނެ އެއްވެސްކަމެއް ނުކުރުމަށް އެދިއްޖެޚަބަރު | 2 ދުވަސް ކުރިން