logo
Bank of Maldives

Bank of Maldives

ޚަބަރު

2025: އަހަރު ނިމުނުއިރު ފަތުރުވެރިކަމަށް މުޅިން އަލަށް 4،227 އެނދު

ޢައްފާން މުޙައްމަދު
3 ޖެނުއަރީ 2026 - 06:31
ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރުން
ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރުން

އެކި ގޮތްގޮތުން ރާއްޖެއަށް ބޮޑެތި ކުރިއެރުންތަކެއް އައި 2025 ވަނަ އަހަރު ނިމިގެންދިޔައިރު، ރާއްޖޭގެ އިގްތިސާދުގައި އެއް ތަނބުކަމަށްވާ ފަތުރުވެރިކަމަށް މުޅިން އަލަށް 4،227 އެނދު ނެރެފައިވާކަން ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފަތުުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު ނިމުނުއިރު ފަތުރުވެރިކަމުގެ އެނދުގެ އަދަދަކީ 67,475އެވެ. 2024ވަނަ އަަހަރު ނިމުނުއިރު ފަތުރުވެރިކަަމުގެ އަދަދު ހުރީ 63,248 އެނދުގައެވެ. އެހެންކަމުން މިއީ 4،227 އެނދުގެ އިތުރުވުމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފަތުރުވެރިކަމަށް ނެރުނު އެނދަށް ބަލާއިރު މީގެ ތެރެއިން އެންމެ ގިނައިން އެނދު ނެރެފައިވަނީ ރިސޯޓުތަކުންނެވެ. މިދިޔަ އަހަރު ހުޅުވި 6 ރިސޯޓާއެކު، މިވަގުތު ރާއްޖޭގައި 178 ރިސޯޓެއް އަންނަނީ ހިންގަމުންނެވެ. މިއާއެކު، ރިސޯޓުތަކުން ފަތުރުވެރިކަމަށް ނެރެފައިވާ އެނދުގެ އަދަދު މިވަނީ 42,547އިން 44,697އަށް އަރާފައެވެ. މިއީ 2،150 އެނދުގެ އިތުރުވުމެކެވެ.

ރިސޯޓުތަކުން ފަތުރުވެރިކަމަށް ނެރެފައިވާ އެނދުގެ އަދަދު އިތުރުވެފައިވާއިރު ގެސްޓްހައުސް ވިޔަފާރިތަކުންވެސް ފަތުރުވެރިކަަމަށް ގިނަ އަދަދެއްގެ އަނދު ވަނީ ނެރެފައެވެ. މިދިޔަ އަހަރު އިތުރު 44 ގެސްޓްހައުސްއަކުން 1،203 އެނދެއް ފަތުރުވެރިކަމަށް ނެރެފައިވެއެވެ. މިއާއެކު ގެސްޓްހައުސް ވިޔަފާރިތަކުން ފަތުރުވެރިކަމަށް ނެރުނު ޖުމްލަ އެނދުގެ އަދަދު 15,621އިން، 16,824އަށް ވަނީ އަރާފައެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި މިހާރު 167 ސަފާރީއަކުން 3,322 އެނދު ފަތުރުވެރިކަމަށް ނެރެފައިވާއިރު، 16 ހޮޓަލަކުން 2,598 އެނދުވެސް ފަތުރުވެރިކަމަށް ނެރެފައިވެއެވެ.

ފާހަގަކޮށްލަން ޖެހޭ ގޮތުގައި މިދިޔަ އަހަރަކީ ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދަށްވެސް ކުރިއެރުން އައިސްފައިވާ އަހަރެކެވެ.

އެގޮތުން އަހަރު ނިމުނުއިރު،  2,240,000އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާއިރު މިއީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 200،000 ފަތުރުވެރިންގެ އިތުރުވުމެކެވެ.

މީގެ އިތުރުން، މިދިޔަ އަހަރު ޒިޔާރާތްކުރި ފަތުރުވެރިން ވަނީ ރާއްޖޭގައި 5.4 ބިލިޔަން އެމެރިކާ ޑޮލަރު ހޭދަކޮށްފައެވެ. މިއީ އެއް އަހަރެއްގެ ތެރޭގައި މިހާތަނަށް ފަތުރުވެރިން ހޭދަކުރި އަދަދުތަކަށް ބަލާއިރު ރެކޯޑު އަދަދަކަށް ފަތުރުވެރިން ފައިސާ ހޭދަކުރި އަހަރެވެ. 2025ވަނަ އަހަރު ފަތުރުވެރިން ހޭދަކުރި 5.4 ބިލިޔަން ޑޮލަރަކީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު %15.8 ގެ އިތުރު އަދަދެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

2025: އަހަރު ނިމުނުއިރު ފަތުރުވެރިކަމަށް މުޅިން އަލަށް 4،227 އެނދުޚަބަރު | 6 ގަޑިއިރު ކުރިންމި އަހަރު ރާއްޖެ އައި ފުރަތަމަ ފަތުރުވެރިއަކީ ޖަރުމަނުގެ ތޯމަސް އެންޑްރޫ ހެލްވެގާވިޔަފާރި | 2 ދުވަސް ކުރިންއެއް މަހެއް ތެރޭ އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރީ ނިމުނު ޑިސެމްބަރުގައިވިޔަފާރި | 2 ދުވަސް ކުރިންޝަންގްރިއްލާ އަލުން ހުޅުވާ، ފުރަތަމަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފިޚަބަރު | 4 ދުވަސް ކުރިން