logo
Bank of Maldives

Bank of Maldives

ވިޔަފާރި

އެއް މަހެއް ތެރޭ އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރީ ނިމުނު ޑިސެމްބަރުގައި

ޢައްފާން މުޙައްމަދު
1 ޖެނުއަރީ 2026 - 06:04
ރާއްޖޭގައި ފަތުރުވެރިން ޗުއްޓީ ހޭދަކުރަނީ، ފޮޓޯ: ވިޒިޓް މޯލްޑިވްސް
ރާއްޖޭގައި ފަތުރުވެރިން ޗުއްޓީ ހޭދަކުރަނީ، ފޮޓޯ: ވިޒިޓް މޯލްޑިވްސް

ތާރީޚުގައި ވެސް އެއް މަސް ދުވަސް ތެރޭ އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައި ވަނީ މި ނިމުނު އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައިކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކައިފިއެވެ.

ތަފާސްހިސާބުން ދައްކާ ގޮތުގައި ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 218،650 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެކުރިން ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަނީ 2024ވަނަ އަހަރުގެ ފެބުރުވަރީ މަހެވެ. އެ މަހު ރާއްޖެއަށް ވަނީ 217,392 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

ފާހަގަކޮށްލަން ޖެހޭ ގޮތުގައި ނިމުނު 2025 ވަނަ އަހަރުގެ ކުރީކޮޅު ވެސް މި އަދަދާ ގާތްކުރާ އަދަދަކަށް ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. އެގޮތުން މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ރާއްޖެއަށް 214،863 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. އަދި ޖެހިގެން އައި ފެބްރުއަރީ މަހު ރާއްޖެއަށް 214،091 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

މިދިޔަ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމްލަ އަދަދު 2،240،711 އަށް އަރައެވެ. އެއީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 9.8 އިންސައްތައިގެ އިތުރުވުމެކެވެ. 2024 ވަނަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރީ 2،040،706 ފަތުރުވެރިންނެވެ.

މިދިޔަ އަހަރު ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން 73.4 އިންސައްތަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައި ވަނީ ރިސޯޓުތަކުގައެވެ. އެއީ 1،644،644 ފަތުރުވެރިންނެވެ. ދެން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައި ވަނީ ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރުމަށެވެ. ގެސްޓްހައުސްތަކަށް 488،673 ފަތުރުވެރިން އައިސްފައިވެއެވެ. ހޮޓެލްތަކުގައި 58،375 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާއިރު ސަފާރީތަކުގައި 47،031 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވެއެވެ. އަދި ފަތުރުވެރިކަމުގެ ޚިދުމަތް ފޯރުކޮށްދޭ އެހެން ތަންތަނުގައި 1988 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވެއެވެ.

މިދިޔަ އަހަރު އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައި ވަނީ ޗަައިނާއިންނެވެ. އެ ގައުމުން 329،286 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު ދެވަނައިގައި އޮތް ރަޝިޔާ އިން ރާއްޖެއަށް 277،391 ފަތުރުވެރިން އައިސްފައިވެއެވެ. އިނގިރޭސިވިލާތުން 201،797 ފަތުރުވެރިން ރާއްޖެ އައިއިރު ޖަރުމަނުވިލާތުން 167،481 ، އިޓަލީވިލާތުން 152،259 އަދި އަވަށްޓެރި އިންޑިއާއިން 131،470 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މި އަހަރު ރާއްޖެ އައި ފުރަތަމަ ފަތުރުވެރިއަކީ ޖަރުމަނުގެ ތޯމަސް އެންޑްރޫ ހެލްވެގާވިޔަފާރި | 39 މިނިޓު ކުރިންއެއް މަހެއް ތެރޭ އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރީ ނިމުނު ޑިސެމްބަރުގައިވިޔަފާރި | 2 ގަޑިއިރު ކުރިންޝަންގްރިއްލާ އަލުން ހުޅުވާ، ފުރަތަމަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފިޚަބަރު | 2 ދުވަސް ކުރިންހުޅުމާލެ ގެސްޓު ހައުސްތަކަށް ޒިޔާރަތްކޮށް، މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއްޚަބަރު | 3 ދުވަސް ކުރިން