logo
MPL

MPL

ވިޔަފާރި

ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 400 މިލިއަނަށްވުރެ ގިނަ ރުފިޔާ

އިސްމާޢިލް ރާތިޢު
16 މާރިޗު 2026 - 06:12
ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް ފްލައިޓުން ފައިބަނީ
ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް ފްލައިޓުން ފައިބަނީ

އަހަރުގެ ފުރަތަމަ ދެ މަހު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 400 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮޓޯރިޓީ (މީރާ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު ދެގުނަ އިތުރު އަދަދެކެވެ.

މީރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިިދިޔަ ދެ މަހު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 422.2 މިލިއަން ރުފިޔާ ލިބިފައި ވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ގްރީން ޓެކުހުގެ ގޮތުގައި ލިބުނު 257.9 މިލިއަން ރުފިޔާއާ އަޅާ ބަލާއިރު %63.7 އިތުރު އަދަދެކެވެ.

ގްރީން ޓެކުހުގެ ގޮތުގައި ނަގަނީ ރިސޯޓުތަކާއި ސަފާރީއާއި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ ކޮންމެ މީހެއްގެ އަތުން 12 ޑޮލަރެވެ. އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން 6 ޑޮލަރެވެ. މި ޓެކުހުން އިސްތިސްނާ ވަނީ އުމުރުން ދެ އަހަރު ނުވާ ކުޑަކުދިންނެވެ.

ގްރީން ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީއިން ސަރުކާރުން ދަނީ ރަށްރަށުގައި ތިމާވެއްޓާއި ގުޅުންހުރި އެކިއެކި މަޝްރޫޢުތަކަށް ޚަރަދު ކުރަމުންނެވެ. އެގޮތުން ފެނާއި ނަރުދަމާގެ މަސައްކަތްތައް، ގޮނޑުދޮށް ހިމާޔަތްކުރުން، ކްލީން އެންވަޔަރަމަންޓް ޕްރޮޖެކްޓު ފަދަ މަޝްރޫއުތައް ހިމެނެއެވެ.

ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެފައިވާ އިރު، މިދިޔަ ދެ މަހު ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދަށްވެސް ވަނީ މިއަހަރު ކުރިއެރުންތަކެއް ލިބިފައެވެ. މިދިޔަ ދެ މަހުގެ ތެރޭގައި ރާއްޖެއަަށް 474,920 ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަަށް ޒިޔާރާތްކުރީ 430,356 ފަތުރުވެރިންނެވެ. އެހެންކަމުން މިއީ %10.4 ގެ އިތުރުވުމެކެވެ.

މިދިޔަ ދެ މަހުގެ ތެރޭގައި ދުވާލަކަށް އެވްރެޖްކޮށް ރާއްޖެއަށް ޒިޔާރާތްކުރާ ފަތުރުވެރިންގެ އަދަދު 6000 ހުން މަތީގައި އުޅުނުކަމުގައިވީނަމަވެސް މެދު އިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން މިހާރު މި އަދަދު ވަނީ 4000 އަށް މަދުވެފައެވެ. އެއީ ރާއްޖެއަށް ޒިޔާރާތްކުރާ ފަތުރުވެރިންގެ 30 އިންސައްތަ ޒިޔާރަތްކުރަނީ މެދުއިރުމަތީގެ ޤައުމުތަކުން ކަމަށްވާތީއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ އެކި މަސައްކަތްތަކަށް ފައިސާ ހޯދުމަށް ގްރީން ޓެކްސް ނަގަން ފެށީ 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެންނެވެ. މި ޓެކުހަކީ ރާއްޖޭގައި ހިންގާ ޓޫރިސްޓު ރިސޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ޓޫރިސްޓް އުޅަނދުތަކަށް އަންނަ ފަތުރުވެރިންގެ އަތުން ނެގޭ ޓެކުހެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގްރީން ޓެކްސްގެ ގޮތުގައި 1.9 ބިލިއަންޚަބަރު | 18 މިނިޓު ކުރިންމެދުއިރުމަތީގެ ހަނގުރާމައިގެ އަސަރު ފަހަނައަޅައި، ފަތުރުވެރިކަމަށް ބޮޑު ލުޔެއްޚަބަރު | 19 ދުވަސް ކުރިންފަތުރުވެރިކަމުގެ ބޮޑު ރިކަވަރީއެއް، މިއަހަރު ވެސް މިދިޔަ އަހަރުގެ ރެކޯޑާ އަރާހަމަކުރަނީ!ޚަބަރު | މަހެއް ކުރިންޒުވާނުންނަށް އާމްދަނީއާއެކު ފަތުރުވެރިކަމުގެ ދާއިރާއިން ތަމްރީނުވާން ރަނުގެ ފުރުސަތެއްޚަބަރު | މަހެއް ކުރިން