logo
MPL

MPL

ޚަބަރު

ގްރީން ޓެކްސްގެ ގޮތުގައި 1.9 ބިލިއަން

އަޙުމަދު ރަމީޒު
14 ނޮވެމްބަރު 2026 - 11:36
ގްރީން ޓެކްސްގެ ގޮތުގައި 1.9 ބިލިއަން

ގްރީން ޓެކްސްގެ ގޮތުގައި މި އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ދައުލަތަށް 124.62 މިލިއަން ޑޮލަރު -- 1.9 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މި އަހަރު ގްރީން ޓެކްސް އިން ލިބުނު އާމްދަނީ ވަނީ އިތުރުވެފަ އެވެ.

އެ ގޮތުން ގްރީން ޓެކްސްގެ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނީ 119.86 މިލިއަން ޑޮލަރު -- 1.8 ބިލިއަން ރުފިޔާ އެވެ.

ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ އެކި މަސައްކަތްތަކަށް ފައިސާ ހޯދުމަށް ގްރީން ޓެކްސް ނަގަން ފެށީ އޮކްޓޯބަރު 2016 އިން ފެށިގެންނެވެ.

ގްރީން ޓެކުހަކީ ރާއްޖޭގައި ހިންގާ ޓޫރިސްޓު ރިޒޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ޓޫރިސްޓް އުޅަނދުތަކަށް އަންނަ ފަތުރުވެރިންގެ އަތުން ނެގޭ ޓެކުހެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ގްރީން ޓެކްސް ނަގާ ރޭޓްތައް
  • ޓޫރިސްޓް ރިޒޯޓް - 12 ޑޮލަރު
  • އިންޓެގްރޭޓެޑް ޓޫރިސްޓް ރިޒޯޓް - 12 ޑޮލަރު
  • ރިޒޯޓް ހޮޓާ - 12 ޑޮލަރު
  • ހޮޓާ (މީހުން ދިރިނޫޅޭ ރަށެއްގައި ހުރި، ނުވަތަ، 50 ކޮޓަރިއަށްވުރެ ގިނަ ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ހޮޓާތައް) - 12 ޑޮލަރު
  • ހޮޓާ (މީހުން ދިރިއުޅޭ ރަށެއްގައި ހުރި 50 ކޮޓަރި ނުވަތަ އެއަށްވުރެ މަދު ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ހޮޓާތައް) - 6 ޑޮލަރު
  • ޓޫރިސްޓް ހޮޓާ (މީހުން ދިރިނޫޅޭ ރަށެއްގައި ހުރި، ނުވަތަ، 50 ކޮޓަރިއަށްވުރެ ގިނަ ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ހޮޓާތައް) - 12 ޑޮލަރު
  • ޓޫރިސްޓް ހޮޓާ (މީހުން ދިރިއުޅޭ ރަށެއްގައި ހުރި 50 ކޮޓަރި ނުވަތަ އެއަށްވުރެ މަދު ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ހޮޓާތައް) - 6 ޑޮލަރު
  • ޓޫރިސްޓް އުޅަނދު - 12 ޑޮލަރު
  • ޓޫރިސްޓް ގެސްޓްހައުސް (މީހުން ދިރިނޫޅޭ ރަށެއްގައި ހުރި، ނުވަތަ، 50 ކޮޓަރިއަށްވުރެ ގިނަ ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ގެސްޓްހައުސްތައް) - 12 ޑޮލަރު
  • ޓޫރިސްޓް ގެސްޓްހައުސް (މީހުން ދިރިއުޅޭ ރަށެއްގައި ހުރި 50 ކޮޓަރި ނުވަތަ އެއަށްވުރެ މަދު ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ގެސްޓްހައުސްތައް) - 6 ޑޮލަރު
  • އެ ނޫން ވެސް އެފަދަ ތަންތަން - 12 ޑޮލަރު

މި ޓެކްސް އިން އިސްތިސްނާ ވަނީ އުމުރުން ދެ އަހަރު ނުވާ ކުޑަކުދިންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގްރީން ޓެކްސްގެ ގޮތުގައި 1.9 ބިލިއަންޚަބަރު | 14 މިނިޓު ކުރިންގްރީން ޓެކްސް އާމްދަނީ ބިލިޔަނަކަށް: ތިމާވެށީގެ މަޝްރޫއުތަކަށް ބޮޑު ކުރިއެރުމެއްވިޔަފާރި | 5 މަސް ކުރިންމިދިޔަ އަހަރު ނިމުނުއިރު ގްރީން ފަންޑުގައި 3.5 ބިލިޔަން ރުފިޔާޚަބަރު | 7 މަސް ކުރިންގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 400 މިލިއަނަށްވުރެ ގިނަ ރުފިޔާވިޔަފާރި | 8 މަސް ކުރިން