logo
Bank of Maldives

Bank of Maldives

ވިޔަފާރި

މި އަހަރު ރާއްޖެ އައި ފުރަތަމަ ފަތުރުވެރިއަކީ ޖަރުމަނުގެ ތޯމަސް އެންޑްރޫ ހެލްވެގާ

ޢައްފާން މުޙައްމަދު
1 ޖެނުއަރީ 2026 - 07:34
މި އަހަރު ރާއްޖެ އައި ފުރަތަމަ ފަތުރުވެރިއަކީ ޖަރުމަނުގެ ތޯމަސް އެންޑްރޫ ހެލްވެގާ

2026  ވަނަ އަހަރުގެ ފުރަތަމަ ފަސިންޖަރަށް ރާއްޖެއިން މަރުހަބާ ކިޔައިފިއެވެ.

މި އަހަރުގެ ފުރަތަމަ ފަސިންޖަރުގެ ލަގަބު ލިބިފައިވަނީ ޖަރުމަންގެ ރައްޔިތެއް ކަމަށްވާ އުމުރުން 54 އަހަރުގެ ތޯމަސް އެންޑްރޫ ހެލްވެގާ އަށެވެ. އޭނާ ރާއްޖެ އައިސްފައިވަނީ އަންހެނުންނާއެކުއެވެ. މިއީ ތޯމަސް އާއި އޭނާގެ އަންހެނުން ރާއްޖެ އައި ފުރަތަމަ ފަހަރެވެ.

Ad by Hajj Corporation

Ad by Hajj Corporation

އޭނާ ރާއްޖެ އައީ އެތިހާދު އެއާވޭސް އިން ރާއްޖެ އައި ފްލައިޓަކުންނެވެ.

WhatsApp Image 2026-01-01 at 12.33.03.jpeg

 

ތޯމަސް އަށް މަރުހަބާ ކިއުމުގެ ގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އެރައިވަލް އޭރިއާގައި ވަނީ މިއަދު ހާއްސަ ހަފުލާއެއް ބާއްވައިފައެވެ. އެ ހަފުލާގައި ތޯމަސް އަށް އެމްއޭސީއެލްގެ ފަރާތުން މަރުހަބާކީ ޕެސެންޖާ ސާވިސަސްގެ ޑެޕިއުޓީ ޗީފް އޮފިސަރު އަލީ މުސްތާގުއެވެ.

މި ހަފުލާގައި ތޯމަސް އަށް ވަނީ އެމްއޭސީއެލްގެ ފަރާތުން ހާއްސަ ހަދިޔާއެއް ދީފައެވެ.

އެމްއޭސީއެލްގެ އަބަދުވެސް އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކާއި އެއާޕޯޓްތަކުގެ ހިދުމަތް ހޯދާ ހުރިހާ ފަސިންޖަރުންނަށް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުންކަމަށް އެ ކުންފުނިން ބުނެއެވެ.

WhatsApp Image 2026-01-01 at 12.33.02.jpeg

 

ފާހަގަކޮށްލަން ޖެހޭ ގޮތުގައި އެމްއޭސީއެލް އިން އައު އަހަރު ފަށާފައި ވަނީ، މިދިޔަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު ހުޅުވި އެ އެއާޕޯޓުގެ އައު ޓާމިނަލަށް،  ހުރިހާ އެއާލައިނެއް ބަދަލުކޮށް ހިދުމަތް ދޭން ފެށުމަށް ފަހުއެވެ.

ޓާމިނަލް 1 އިން މިހާރު ދަނީ 41 އެއާލައިނަކަށް ހިދުމަތް ދެމުންނެވެ. އަދި މިހާތަނަށް 600,000 އަށްވުރެ ގިނަ ފަސިންޖަރުންނަށް ވަނީ ހިދުމަތް ދީފައެވެ.

ތާރީހީ ކުލަގަދަ ހަފުލާ އަކާއެކު ވީއައިއޭގެ ޓާމިނަލް 1 ހުޅުވީ ރާއްޖޭގެ މިނިވަން ދުވަހުގެ އުފަލާއެކު 26 ޖުލައި 2025 ގައެވެ. ޓާމިނަލް ހުޅުއްވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މި އަހަރު ރާއްޖެ އައި ފުރަތަމަ ފަތުރުވެރިއަކީ ޖަރުމަނުގެ ތޯމަސް އެންޑްރޫ ހެލްވެގާވިޔަފާރި | 2 ގަޑިއިރު ކުރިންއެއް މަހެއް ތެރޭ އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރީ ނިމުނު ޑިސެމްބަރުގައިވިޔަފާރި | 3 ގަޑިއިރު ކުރިންވީއައިއޭގެ ޓާމިނަލް 1 އިން ތުރުކީގެ ގައުމީ އެއާލައިން, ޓާކިޝް އެއާލައިނަށް ހިދުމަތް ދޭން ފަށައިފިވިޔަފާރި | ދުވަހެއް ކުރިންޝަންގްރިއްލާ އަލުން ހުޅުވާ، ފުރަތަމަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފިޚަބަރު | 2 ދުވަސް ކުރިން