logo
Bank of Maldives

Bank of Maldives

ދުނިޔެ

ވަރުގަދަ ހަމަލާތަކެއްދީ ވެނަޒުއޭލާގެ ރައީސް ހައްޔަރުކޮށްފި

މުޙައްމަދު އަފްރާޙް
3 ޖެނުއަރީ 2026 - 10:39
ވަރުގަދަ ހަމަލާތަކެއްދީ ވެނަޒުއޭލާގެ ރައީސް ހައްޔަރުކޮށްފި

ވެނަޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ ހައްޔަރުކޮށްފިކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ހާމަކުރައްވައިފިއެވެ.

ޓްރަމްޕު ވިދާޅުވީ ވެނެޒުއޭލާގެ ރައީސް އާއި އޭނާގެ އަނބިކަނބަލުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ހައްޔަރުކޮށްފައިވަނީ ވެނެޒުއޭލާ އަށް ދިން ހަމަލާތަކަށްފަހު ކަމުގައި ވެސް ޓްރަމްޕު ވިދާޅުވިއެވެ. އަދި ވަރަށް ކާމިޔާބު ހަމަލާތަކެއް ދީފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވެނެޒުއޭލާގެ ސަރުކާރުން ވަނީ އެމެރިކާއިން އެ ގައުމުގެ އެކި ސްޓޭޓްތަކުގެ މަދަނީ އަދި އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފައިވާ ކަމަށް ތުހުމަތުކޮށްފައެވެ. މި ހަމަލާތައް ދީފައިވަނީ ކަރަކަސް، މިރަންޑާ، އަރަގުއާ އަދި ލަ ގުއައިރާ އަށް ކަމަށް ވެސް ބުނެފައި ވެއެވެ.

އެ އޮޕަރޭޝަންގައި މަދޫރޯ އާއި އަނބިކަނބަލުން ހައްޔަރުކޮށްގެން، ވެނެޒުއޭލާއިން ނެރެފައިވާ ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް، މަދޫރާ ގެންގޮސްފައިވަނީ ކޮންތަނަކަށް ކަމެއް ހާމަކުރައްވާފައެއް ނުވެއެވެ.

ވެނެޒުއޭލާގައި މި ވަގުތު ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ. އަދި ވެނަޒުއޭލާގެ ނައިބު ރައީސް ވަނީ މަދޫރޯ ވީތަނެއް ކަޑަވަރުނުވާކަމަށް ވިދާޅުވެފައެވެ.

ޓްރަމްޕްގެ ސަރުކާރުން ތުހުމަތު ކުރަނީ ވެނެޒުއެލާއިން ވަގަށް ތެޔޮ ބޭރުކޮށްގެން ލިބޭ އާމްދަނީ ބޭނުންކުރަނީ، މަސްތުވާތަކެތީގެ ވިޔަފާރި ފުޅާކުރުމެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމެރިކާގެ އަމަލުތަކުން އެހެން ޤައުމުތަކަށް ދެވެނީ ނުރައްކާތެރި މެސެޖެއް: އެންތޯނިއޯދުނިޔެ | ދުވަހެއް ކުރިންވެނަޒުއޭލާގެ ތެލުގެ ބޮޑު ރިޒަރވް އެމެރިކާގެ ބާރުގެ ދަށަށް ގެންނަނީދުނިޔެ | ދުވަހެއް ކުރިންވަރުގަދަ ހަމަލާތަކެއްދީ ވެނަޒުއޭލާގެ ރައީސް ހައްޔަރުކޮށްފިދުނިޔެ | 2 ދުވަސް ކުރިން