logo
Bank of Maldives

Bank of Maldives

ޚަބަރު

ފޭސް 3ގެ 49 ހެކްޓަރު ބިން ހިއްކާ ނިމިއްޖެ

އައިޝަތު ނަޝާ
3 ޖެނުއަރީ 2026 - 14:36
ފޭސް 3ގެ 49 ހެކްޓަރު ބިން ހިއްކާ ނިމިއްޖެ

ހުޅުމާލެ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް ހަލުވިކޮށްފައިވާއިރު، 49 ހެކްޓަރު ސަރަހައްދެއްގެ ބިން ހިއްކާ މިހާރު ނިމިފައިވާ ކަމަށް އެ މަޝްރޫއުގެ މަސައްކަތް ކުރިއަށްގެންދާ އެމްއޭސީއެލްއިން ބުނެފިއެވެ.

އެ މަސައްކަތުގެ 49 ހެކްޓަރުހެ ސަރަހައްދެއްގެ ބިން ހިއްކާ ނިމިފައި މިހާރު ވާއިރު، މުޅި މަސައްކަތުގެ 77.78 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްއޭސީއެލްއިން މައުލޫމާތު ދެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

2024ގެ އަހަރުގެ ސެޕްޓެމްބަރު މަހު ފުރަތަމަ ދުވަހު ފެށި އެ މަޝްރޫއަށް މަޑުޖެހުމެއް އައީ، ހުޅުމާލޭގެ މާސްޓާ ޕްލޭން ރިވައިޒް ކުރުމުގެ މަސައްކަތް ކުރިއަށްދާތީއެވެ.

މި މަސައްކަތް މަޑުޖެހިފައި އޮތުމަށްފަހު، ތިންވަނަ ފިޔަވަހިން ބިން ހިއްކުމުގެ މަސައްކަތްތައް އަލުން ފެށީ މިދިޔަ ނޮވެމްބަރު 10 ވަނަ ދުވަހެވެ.

ހުޅުމާލޭ ތިންވަނަ ފިޔަވައްސާއި ގިރާވަރު، ގުޅީފަޅު އަދި އުތުރުތިލަފަޅު ހިއްކުމުގެ މަޝްރޫއަކީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއެކެވެ. އެ މަޝްރޫއުގެ މަސައްކަތް އަވަހަށް ނިންމައި، ބޯހިޔާވަހިކަމުގެ ފުރުސަތު ވީހާވެސް ގިނަ ރައްޔިތުންނަށް ހޯދައިދިނުމަށް މަސައްކަތް ކުރަމުން ގެންދަވާ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

ހުޅުމާލެ ފޭސް ތިނެއް ހިއްކުން ހަލުވި ކުރުމަށް އިތުރު ޑްރެޖަރު ގެނެސް މަސައްކަތް ދަނީ ކުރިއަށެވެ. އެ ޑްރެޖަރުތައް ރާއްޖެ ގެނެސްފައިވަނީ މިިދިޔަ މަހުގެ ކުރީކޮޅުގައެވެ

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވީއައިއޭގެ އިންކްލޫސިވް ޚިދުމަތުގެ ދަތުރުގައި މިއީ ހާސިލްކުރެވުނު މުހިންމު ލަނޑުދަނޑިއެއް: އެމްއޭސީއެލް އެމްޑީވިޔަފާރި | 6 ދުވަސް ކުރިންހައްޖާޖީން ރާއްޖެ އައުމާ ދިމާކޮށް އެއާޕޯޓުގެ ބާރު ބޮޑުވާނެތީ ސަމާލުވުމަށް އެދިއްޖެ!ޚަބަރު | 11 ދުވަސް ކުރިން"ޢީދު ހަވީރު 1447" ގައި އެމްއޭސީއެލް އިން ބައިވެރިވާނެޚަބަރު | 20 ދުވަސް ކުރިންޢީދު ބަންދަށް ފުރާ މީހުން ވަގުތަށް އެއާޕޯޓަށް ދިއުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފިޚަބަރު | 23 ދުވަސް ކުރިން