logo
Bank of Maldives

Bank of Maldives

ޚަބަރު

މޫސުން ރަނގަޅަސް ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ: މެޓް

ޒިދާން މުޙައްމަދު
4 ޖެނުއަރީ 2026 - 03:25
ފޮޓޯ/ ސަން އޮންލައިން--މޫސުން ގޯސްވާނެކަމަށޤ ލަފާކޮށް ބައެއް ހިސާބުތަކަށް ހުދު ސަމާލު ނެރެފި
ފޮޓޯ/ ސަން އޮންލައިން--މޫސުން ގޯސްވާނެކަމަށޤ ލަފާކޮށް ބައެއް ހިސާބުތަކަށް ހުދު ސަމާލު ނެރެފި

މޫސުން ރަނގަޅަސް ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ - މެޓް އޮފީހުން ބުނެފިއެވެ.

ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކޮށް މެޓް އޮފީހުން ބުނީ، މޫސުން އާންމު ގޮތެއްގައި ރަނގަޅު ވާނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވައިޖެހޭނީ އުތުރާއި އިރުއުތުރުން ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށްވެސް މެޓް އޮފީހުން ލަފާކުރެއެވެ.

ހަ ފޫޓާ ހަމައަށް ރާޅުގެ އުސްމިން ހުރެދާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ބުނީ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ.

މިހާރު މިއީ އިރުވައިގެ ދެވަނަ ނަކަތް 'ފުރަހަޅަ'އިގެ ދުވަސްތަކެވެ.

އިރުވައިގެން ދެވަނަ ނަކަތް ފުރަހަޅަ ކުރިއަށްދާނީ ޑިސެމްބަރުމަހުގެ 23 އިން ޖެނުއަރީމަހުގެ 5ވަނަ ދުވަހުގެ ނިޔަލަށެވެ. ފުރަހަޅަ ނަކަތުގައި ވައި ޖެހޭނީ އިރު އުތުރުންނެވެ. މި ނަކަތުގައި އާދައިގެ ވަރަކަށް ކަނޑާއި ވައި ގަދަވާނެއެވެ. އަދި މި ނަކަތުގައި އުތުރުގެ ރަށްތަކަށް މަސްވެރިކަން ރަނގަޅުވާނެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސަމާލުވޭ! އަދިވެސް ރާއްޖޭގެ ވައިނުސާފު!ޚަބަރު | މަހެއް ކުރިންމޫސުން ރަނގަޅަސް ކަނޑުތައް ގަދަ!ޚަބަރު | މަހެއް ކުރިންކުރިއަށް އޮތް 24 ގަޑިއިރު މޫސުން ގޯސްވާނެ: މެެޓް އޮފީސްޚަބަރު | މަހެއް ކުރިންރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެއްޖެޚަބަރު | މަހެއް ކުރިން