logo
މުދާ އުފުލާ ދޯންޏެއްގައި ރޯވެ އަނދަނީBank of Maldives

Bank of Maldives

ޚަބަރު

ކޮންމެ ނިންމުމެއްވެސް ނިންމަނީ އެންމެން ޝާމިލުވާ ގޮތަށް: ރައީސް

އައިޝަތު ނަޝާ
4 ޖެނުއަރީ 2026 - 04:34
ރައީސް މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް
ރައީސް މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖޭން އަބަދުވެސް މަސައްކަތް ކުރާނީ، އޯގާތެރިކަމާއެކު ސިޔާސަތުތައް ބައްޓަންކޮށް ކަމަށާއި ކޮންމެ ނިންމުމެއްވެސް ނިންމަވާނީ އެންމެން ޝާމިލުވާ ގޮތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ ބްރެއިލް ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ޙިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ދުނިޔޭގެ ބްރެއިލް ދުވަސް ފާހަގަކުރަނީ އުނގެނުމަށް ބްރެއިލްއިން ހުޅުވާލަދޭ ދޮރުތަކާއި އޭގެ ސަބަބުން ލިބިގެންދާ މިނިވަން ކަމަށް ކަމަށެވެ. އަދި ބްރެއިލްއަކީ، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަބުރުވެރިކަމާއެކު ދިރިއުޅުމުގެ ބާރު ލިބޭ އެއްޗެއް ކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

 

ރައީސް ވިދާޅުވީ، އެންމެން ޝާމިލުވާ މުޖުތަމަޢެއް ބިނާ ކުރެވޭނީ އެ މުޖުތަމަޢެއްގެ ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތާއި ފުރުޞަތުތައް ލިބިގެން ކަމަށާއި، އަދި އެންމެންނަށް ފުރުޞަތުތައް ފަހިކޮށްދީ އެއްވެސް މީހަކު ބާކީވިޔަ ނުދޭ ރާއްޖެއެއް ބިނާކުރުމުގައި އަބަދުވެސް ދެމިތިބޭނެ ކަމަށް އެމަނިކުފާނުގެ ޕޯސްޓުގައި ވިދާޅުވިއެވެ.

އެންމެން ޝާމިލުވާ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ސަރުކާރާއި، ރާއްޖޭގެ މުއައްސަސާތަކުން މިހާރުވެސް ދަނީ ގިނަ މަސައްކަތްތައް ކުރައްވަމުންނެވެ.

ނުކުޅެދުންތެރިކަން ހުންނަ އެކި ފަރާތްތަކަށް އަބުރުވެރިކަމާއެކު ދިރިއުޅެވޭނެ ފުރުޞަތުތައް ފަހިކުރުމުގެ ގޮތުން އެކި ކުންފުނިތައް މެދުވެރިކޮށް ސަރުކާރުން ދަނީ ވަޒީފާގެ ފުރުޞަތުތައް ފޯރުކޮށްދެމުންނެވެ.

އަދި ރާއްޖޭގައި ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މިނިވަންކަމާއެކު ވޯޓުލުމުގެ ޙައްޤު ހޯދައިދިނުމަށް، ބްރެއިލް ބޭނުން ކޮށްގެން ވޯޓުލެވޭނެ އިންތިޒާމުވެސް މިހާރު ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން އެކި އާންމު ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ރާއްޖޭގައި ދަނީ ބްރެއިލް ބޭނުންކުރުންވެސް އިތުރުވަމުންނެވެ.

ބައިނަލްއަޤުވާމީ ގޮތުން ބްރެއިލް ދުވަސް ފާހަގަކުރަން ފެށީ، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރި ކުރުވުމުގައި ބްރެއިލްގެ ބާރާ ގުޅޭގޮތުން އާންމުން ހޭލުންތެރި ކުރުމަށް، ބްރެއިލްގެ ބާނީ ލުއީސް ބްރެއިލްގެ އުފަންދުވަހާ ގުޅުވައިގެންނެވެ. ކޮންމެ އަހަރެއްގެ ޖެނުއަރީ މަހުގެ 4 ވަނަ ދުވަސް ދުނިޔޭގެ ބްރެއިލް ދުވަހުގެ ގޮތުގައި ފާހަގަކުރެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް ކުރައްވާ މަސައްކަތުގެ ފޮނި މީރުކަން ދަނީ ފެންނަމުން: މާލީ ވަޒީރުޚަބަރު | 2 ދުވަސް ކުރިންހއ. ދިއްދޫ އެއަރޕޯޓު އެޅުމަށް ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށައިފިޚަބަރު | 2 ދުވަސް ކުރިންދިއްދޫ އެއާޕޯޓު ތަރައްގީކުރުމަށް ބިން ހިއްކުމުގެ މަސައްކަތް ފަށައިފިޚަބަރު | 3 ދުވަސް ކުރިންކޮންމެ ނިންމުމެއްވެސް ނިންމަނީ އެންމެން ޝާމިލުވާ ގޮތަށް: ރައީސްޚަބަރު | 4 ދުވަސް ކުރިން