logo
MPL

MPL

ޚަބަރު

ހއ. ދިއްދޫ އެއަރޕޯޓު އެޅުމަށް ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށައިފި

މުޙައްމަދު އަފްރާޙް
5 ޖެނުއަރީ 2026 - 18:08
ހއ. ދިއްދޫ އެއަރޕޯޓު އެޅުމަށް ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށައިފި

ހއ. ދިއްދޫ އެއަރޕޯޓު އެޅުމަށް ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކުރައްވައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވާދެއްވީ، އެކަމަށްޓަކައި ދިއްދޫގައި ބޭއްވި ރަސްމިއްޔާތެއްގައި މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރުއެވެ.

މި މަޝްރޫޢުގެ ތެރެއިން އެރަށަށް 115 ހެކްޓަރުގެ ބިން އިތުރުކުރުމަށް ހަމަޖެހިފައިވާކަމަށާއި ބިން ހިއްކުމަށް ބޭނުންވާ ޑްރެޖަރ މިހާރު ދިއްދޫއަށް ގެންގޮސްފައިވާ ކަމަށް އެމްއޭސީއެލް އިން ވިދާޅުވެފައި ވެއެވެ. އަދި ދުނިޔޭގައިވެސް ފާހަގަކޮށްލެވޭ މި ޑްރެޖަރަކީ 46000 ކިއުބިކް މީޓަރުގެ ކެޕޭސިޓީ ހުރި ޑްރެޖަރެއް ކަމަށް ވިދާޅުވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރު ދިއްދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވަނީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ދިއްދޫގެ ތަރައްޤީއަށް ވަޢުދުތަކެއް ވެވަޑައިގެންފައިވާކަން ހަނދުމަކުރައްވާ، ރައްޔިތުންނަށް ކޮށްދޭނެ ކަމަށް ވިދާޅުވި ކޮންމެ ކަމަކީ ރައްޔިތުންނަށް ކޮށްދެވޭނެ ކަމުގެ ޔަޤީންކަން އޮތުމުން ވެވަޑައިގެންފައިވާ ވަޢުދުތަކެއް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ އެއަރޕޯޓުގެ މަސައްކަތަކީ ދިއްދޫގެ ތަރައްޤީއަށް މުހިންމު މަޝްރޫޢުއެއް ކަމަށާއި، އެއީ އެރަށާއި މުޅި އަތޮޅުގެ މެދު އަދި ދުރު ރާސްތާގެ ތަރައްޤީގެ ޕްލޭނަށް މުހިންމު މަޝްރޫއެއް ކަމަށެވެ.

އެމްއޭސީއެލްއިން ވިދާޅުވީ މި މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު މިހާރު އޮތް ދިއްދޫ ދެގުނަ ބޮޑުވެގެންދާނެކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިއްދޫ ފުޓްސެލް ދަނޑުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދަނީޚަބަރު | 2 ގަޑިއިރު ކުރިން%83 ގެ ކުރިއެރުމަކާއެކު ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު ފަށައިފިޚަބަރު | 2 ދުވަސް ކުރިންފުނަދޫގެ އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި ފަރާތްތަކަށް ރައީސްގެ ޚާއްޞަ ޝުކުރެއް, އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެދި ދުޢާކުރެއްވިޚަބަރު | 2 ދުވަސް ކުރިންދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ ރަންވަނަތައް ހޮވައި، އިނާމު ދީފިޚަބަރު | 2 ދުވަސް ކުރިން