logo
Bank of Maldives

Bank of Maldives

ޚަބަރު

ނިޔޯކުގައި މަދޫރޯ ބަންދުގައި ބަހައްޓައި މައްސަލަ ހިންގަން މޭޔަރު މަމްދާނީ ދެކޮޅު ހައްދަވައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
4 ޖެނުއަރީ 2026 - 07:38
ނިޔޯކުގައި މަދޫރޯ ބަންދުގައި ބަހައްޓައި މައްސަލަ ހިންގަން މޭޔަރު މަމްދާނީ ދެކޮޅު ހައްދަވައިފި

އެމެރިކާގެ އަސްކަރިއްޔާއިން ވެނެޒުއޭލާގެ ރައީސް ނިކޮލަސް މާދޫރޯ އާއި އޭނާގެ އަނބިކަނބަލުން ހައްޔަރުކުރުމާ ދެކޮޅުކަން ހާމަކުރުމަށް، ނިއުޔޯކް ސިޓީގެ މޭޔަރު ޒޯހްރާން މަމްދާނީ ރައީސް ޑޮނަލްޑް ޓްރަމްޕާ ސީދާކޮށް ވާހަކަދައްކަވައިފިއެވެ.

މަމްދާނީ މި އަމަލު ސިފަކުރެއްވީ މިނިވަން ދައުލަތަކަށް ދިން އެއްފަރާތްތީ ހަމަލާއެއްގެ ގޮތުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މަމްދާނީ ވިދާޅުވީ، މާދޫރޯ ހައްޔަރުކުރުމަކީ "ހަނގުރާމައިގެ އަމަލެއް" ކަމަށާއި، މިކަމާ ގުޅޭގޮތުން އޭނާގެ ހުރި ކަންބޮޑުވުންތައް ރައީސް ޓްރަމްޕަށް ގުޅުއްވައި ސާފުކޮށްދެއްވާފައިވާނެ ކަމަށެވެ. 

"އަޅުގަނޑު ދެކޮޅުކަން ހާމަކުރިން. އަޅުގަނޑު އެކަން ސާފުކޮށްދިނިން، އަދި އެ ހިސާބުން އެކަން ނިންމާލީ،" ޓްރަމްޕް ދެއްވި ޖަވާބުގެ ތަފްސީލެއް ނުދެއްވައި މޭޔަރު ވިދާޅުވިއެވެ.

މާދޫރޯ އާއި އޭނާގެ އަނބިކަނބަލުން ސީލިއާ ފްލޯރެސްގެ މައްޗަށް ނިއުޔޯކްގެ ސަަދަން ޑިސްޓްރިކްޓްގައި މިހާރު ވަނީ ދައުވާ އުފުލާފައެވެ. އަދި އެމީހުންގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް ޝަރީއަތް ހިންގުމަށްޓަކައި ބަންދުގައި ބޭތިއްބުމަށް ނިއުޔޯކް ސިޓީއަށް ގެނައުމުގެ މަސައްކަތް އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ދަނީ ކުރަމުންނެވެ.

މަމްދާނީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ވެނެޒުއޭލާގެ ވެރިކަން ބަދަލުކުރުމަށް ފާޅުކަން ބޮޑު ގޮތެއްގައި ކުރާ މި މަސައްކަތުގެ އަސަރު ނިއުޔޯކްގައި ދިރިއުޅޭ ވެނެޒުއޭލާގެ ރައްޔިތުން ހިމެނޭހެން، މުޅި ސިޓީގެ ހުރިހާ ރައްޔިތުންނަށް ކުރާނެއެވެ. މި އާދަޔާ ހިލާފު ބައިނަލްއަގުވާމީ މައްސަލަ އައިސްފައިވަނީ މަމްދާނީ މޭޔަރުކަމުގެ ހުވާ ކުރެއްވިތާ އެންމެ ދެ ދުވަސް ފަހުންނެވެ.

މި މައްސަލައާ ގުޅިގެން މަމްދާނީގެ ސަރުކާރުގެ އިސްވެރިންނާއި، ޗީފް އޮފް ސްޓާފް އަދި ޕޮލިސް ކޮމިޝަނަރު ވަނީ ހޮނިހިރު ދުވަހުގެ ހެނދުނު މޭޔަރަށް މައުލޫމާތު ދެއްވާފައެވެ. މާދޫރޯ އާއި އޭނާގެ އަނބިކަނބަލުން ނިއުޔޯކްގެ ފެޑަރަލް ބަންދުގައި ބޭތިއްބުމަށް ރާވާފައިވާ އިންތިޒާމުތަކާ ގުޅޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަމަށް މައުލޫމާތު ލިބެއެވެ.

މޭޔަރު މަމްދާނީ ދެކޮޅުހެއްދެވިނަމަވެސް  ރައީސް މަދޫރޯ އާއި އޭނާގެ އަނބިކަނބަލުން ސިލިއާ ފްލޮރެސް ނިއު ޔޯކްގެ ޖަލެއްގައި މިހާރު ވަނީ ބަންދުކޮށްފައިކަމަށް ރިޕޯޓްތައް ބުނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަދޫރޯ ހައްޔަރުކުރުމަށްފަހު ޓްރަމްޕްގެ އިންޒާރު ކޮލަމްބިއާގެ ރައީސަށް ''ސަމާލުވެހުރޭ!''ޚަބަރު | ދުވަހެއް ކުރިންނިޔޯކުގައި މަދޫރޯ ބަންދުގައި ބަހައްޓައި މައްސަލަ ހިންގަން މޭޔަރު މަމްދާނީ ދެކޮޅު ހައްދަވައިފިޚަބަރު | ދުވަހެއް ކުރިންމަދޫރޯގެ ބޮލަށް 50 މިލިއަން ޑޮލަރު ކަނޑައަޅައި އަހަރުތަކެއްވަންދެން ހައްޔަރުކުރުމަށް މަސައްކަތްކުރިއިރު ސަލާމަތް ހޯދީ ކިހިނެތް؟ޚަބަރު | 2 ދުވަސް ކުރިންތަރުޖަމާނު ''އަބޫ އުބައިދާ'' ޝަހީދުވެފައިވާކަން ހަމާސްއިން ކަށަވަރުކޮށްދީފިޚަބަރު | 7 ދުވަސް ކުރިން