logo
Bank of Maldives

Bank of Maldives

ކުޅިވަރު

ގޮންޒާލޯ ގާސިއާގެ ފުރަތަމަ ހެޓްރިކާއެކު ރެއާލް އަށް ބޮޑު މޮޅެއް

އަބްދުﷲ ޣާނިމް
5 ޖެނުއަރީ 2026 - 03:35
ގޮންޒާލޯ ގާސިއާގެ ފުރަތަމަ ހެޓްރިކާއެކު ރެއާލް އަށް ބޮޑު މޮޅެއް

ސްޕެނިޝް ލަލީގާގައި ރޭގައި ޒުވާން ފޯވާޑް ގޮންޒާލޯ ގާސިއާ ކާމިޔާބުކުރި ހިތްގައިމު ހެޓްރިކާއެކު، ރެއާލް ބެޓިސް 5-1 އިން ބަލިކޮށް ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ހަތަރު ޕޮއިންޓަށް ގާތަށް ޖެހިލައިފިއެވެ.

އަނިޔާގެ ސަބަބުން އެމްބާޕޭ ނެތްތަން ފޫބެއްދުމަށް ރެއާލްގެ ފުރަތަމަ 11 ގައި ނުކުތް ގޮންޒާލޯ ގާސިއާ ވަނީ އޭނާގެ ލަލީގާ ކެރިއަރުގެ ފުރަތަމަ ލަނޑުތައް މި މެޗުގައި ކާމިޔާބުކޮށްފައެވެ. މެޗުގެ 20 ވަނަ މިނެޓުގައި ރޮޑްރީގޯ ނަގައިދިން ހިލޭ ޖެހުމަކުން ބޮލުން ފޮނުވާލި ބޯޅައަކުން ގާސިއާ ވަނީ މެޑްރިޑަށް ލީޑު ނަގައިދީފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދެވަނަ ހާފު ފެށިގެން ފަސްވަނަ މިނެޓުގައި ފެޑެރީކޯ ވަލްވާޑޭ ދިން ބޯޅައެއް މޭމަތިން ކޮންޓްރޯލް ކުރުމަށްފަހު ފޮނުވާލި ވޮލީއަކުން ގާސިއާ ވަނީ މެޑްރިޑުގެ ދެވަނަ ލަނޑު ޖަހައިދީފައެވެ. އޭގެ ހަ މިނެޓު ފަހުން ރައުލް އަސެންސިއޯ މެޑްރިޑުގެ ތިންވަނަ ލަނޑު ކާމިޔާބުކުރި ނަމަވެސް، ބެޓިސްގެ ކޫޗޯ ހެނާންޑޭޒް ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ.

މެޗު ނިމެން އަށް މިނެޓަށް ވެފައި ވަނިކޮށް އާޑާ ގުލާ ނަގައިދިން ހުރަހަކުން ގާސިއާ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. މިއީ 21 ވަނަ ގަރުނުގައި ރެއާލް މެޑްރިޑަށް ކުޅުނު ކުޅުންތެރިންގެ ތެރެއިން ލީގުގައި އެ ކުޅުންތެރިއެއްގެ ފުރަތަމަ ތިން ލަނޑު އެއް މެޗެއްގައި ޖެހި ދެވަނަ ކުޅުންތެރިޔާއެވެ. މީގެ ކުރިން މި ޝަރަފު ހޯދާފައިވަނީ 2006 ވަނަ އަހަރު ރޫޑް ފޭން ނިސްޓެލްރޫއީއެވެ.

މެޑްރިޑުގެ ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ފްރޭން ގާސިއާއެވެ. މި މެޗުގައި ރޮޑްރީގޯ ދެ އެސިސްޓް ހެދިއިރު، އޭނާ ވަނީ އެންމެ ފަހުން ކުޅުނު ފަސް މެޗުގައި ހަތަރު ގޯލް ކޮންޓްރިބިއުޝަން (2 ގޯލް، 2 އެސިސްޓް) ހަމަކޮށްފައެވެ.

މި މޮޅާއެކު ޒަބީ އެލޮންސޯގެ އިރުޝާދުގެ ދަށުން ކުޅޭ ރެއާލް މެޑްރިޑުން ވަނީ ލީގު ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ޕޮއިންޓުގެ ގޮތުން ގާތްކޮށް، ލީގު ހޯދުމުގެ އުންމީދު އާކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވަލްވާޑޭގެ ހެޓްރިކާއެކު ސިޓީލޯނާގެ ސަޕޯޓަރުން ގުއިވެއްޖެކުޅިވަރު | 3 ދުވަސް ކުރިންކަރުތާފެނުގައި އޮތް ރެއާލް ފަހުވަގުތު ކާޅެއް ހޮފައިފިކުޅިވަރު | 8 ދުވަސް ކުރިންޕެނަލްޓީއެއް ނުލިބި ރެއާލް މެޑްރިޑް އަމިއްލަ ދަނޑުގައި ބަލިވެ، ބާސާއަށް ލީގު ހަދިޔާކުރުމާއި ގާތަށްކުޅިވަރު | 12 ދުވަސް ކުރިންނަސްލީގޮތުން ދިމާކުރި ބެންފީކާއަށް ވިނީސިއަސްގެ ފަރާތުން ވަރުގަދަ ރަށްދެއްދީ މުބާރާތުން ބޭރުކޮށްލައިފިކުޅިވަރު | 17 ދުވަސް ކުރިން