logo
Bank of Maldives

Bank of Maldives

ޚަބަރު

ޖުވާ ކުޅުމުން ޖަލު ހުކުމް އަންނަ ގޮތް ހަދަނީ

އައިޝަތު ނަޝާ
5 ޖެނުއަރީ 2026 - 05:09
ޖުވާ ކުޅުމުން ޖަލު ހުކުމް އަންނަ ގޮތް ހަދަނީ

ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަންތަން ހިންގުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައަޅައި، އެއް އަހަރާއި ހަތަރު އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭ ގޮތަށް ހެދުމަށް އިސްލާހެއް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ، ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަޙްމަދު އަޒާން މަރްޒޫޤް އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ގާނޫނަށް ގެންނަން ހުށަހެޅި އިސްލާހުގައި އޮންލައިންކޮށް ހިންގާ ޖުވާ ކުޅުމުގެ ވިޔަފާރި ވެސް ވަނީ ހިމަނައިފަ އެވެ.

މާދަމާ ދައުރުން ބޭރުން ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހުށަހެޅުމަށް ހަމަޖެހިފައިވާ މި ބިލުގައި ވާގޮތުން، ޖުވާ ކުޅުމާއި އެފަދަ ތަނެއް ހިންގުމުގެ ކުށުގެ ދަރަޖަ ކަމަށް ކަނޑައަޅާފައިވަނީ ޖިނާއަތުގެ ހަތަރު ވަނަ ދަރަޖަ އެވެ. އެ ދަރަޖައިގެ ކުށުގެ އަދަބުގެ އަސާސީ މިންގަނޑަކީ އެއް އަހަރާއި ހަތް މަސް އަދި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. ހަތަރު އަހަރާ ހަމައަށް ބޮޑު އަދަބެއް ކަނޑައެޅޭއިރު، އެންމެ ކުޑަ އަދަބަކީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެވެ.

ބިލުގައި ބުނެފައިވާ ގޮތުން، ޖުވާކުޅުމަކީ ވަކި މުބާރާތެއްގައި ނުވަތަ ކުޅިވަރެއްގައި ނުވަތަ ވަކި ސްކީމެއްގައި އިލެކްޓްރޯބިކްކޮށް ނުވަތަ ޖުވާކުޅުމުގެ އާލާތެއް މެދުވެރިކޮށް ނުވަތަ ހިނގަމުންދާ ނުވަތަ ކުރިއަށް އޮތް ތަނުގައި ހިނގާނެ ވަކި ކަމެއްގެ މައްޗަށް ބިނާކޮށް، އެކަމުން ނުކުންނާނެ ކަނޑައެޅޭ ވަކި ނަތީޖާއެއް ލިބިގަތުމުގެ މުގާބިލުގައި މީހަކު އަތުގައި ހުރި އެއްޗެއް ދޫކޮށްލުމެވެ.

މި އިސްލާހުގައިވާ ގޮތުން، މުނިފޫހިފިލުވުން ނުވަތަ ކުޅިވަރުގެ ބޭނުމަށް އެކި ފަރާތްތަކުން އިންތިޒާމުކޮށްގެން ބާއްވާ މުބާރާތްތަކުގައި ބައިވެރިވެ، އެފަދަ މުބާރާތްތަކުގެ ބައިވެރިންނަށް ފައިސާ، ނުވަތަ އަގުހުރި އެއްޗެއް އެކުލެވޭ އިނާމެއް ދިނުމާއި، އެއްވެސް އަގެއް ދިނުމަކާ ނުލާ މީހުންގެ މެދުގައި ގުރުއަތު ލައިގެން ހޮވޭ ފަރާތަކަށް ނުވަތަ ފަރާތްތަކަށް ފައިސާ، ނުވަތަ އަގުހުރި އިނާމެއް ދިނުން ޖުވާ ކުޅުމުގެ ތެރޭ ނުހިމެނެ އެވެ.

އަދި އޭގެ އިތުރުން ޖުވާކުޅުމުގެ އާލާތެއް ކަމުގައި ނުވާ އިލެކްޓްރޯނިކް ނުވަތަ އިލެކްޓްރޯމެކޭނިކަލް ނުވަތަ މެކޭނިކަލް ގޮތަކުން ކުޅިވަރުގެ ބޭނުމަށް ފަރުމާކުރެވިފައިވާ ނުވަތަ އެޑެޕްޓްކުރެވިފައިވާ ޑިވައިސް ނުވަތަ މެޝިނަކުން ކުޅުންތެރިންނަށް ލިބިދޭ ވަނަތަކާއި އިނާމާއި އެފަދަ އެއްޗެއް ރިޑީމްކުރުމަށް ދާ އަގެއް ރަމްޒުކޮށްދޭ ކޮއިން ނުވަތަ ޓޯކަން ފަދަ ތަކެތި ލިބިގަތުމާއި އެފަދަ ޑިވައިސް ނުވަތަ މެޝިން ބޭނުން ކުރުންވެސް ޖުވާ ކުޅުމުގެ ތެރެއިން ނުހިމެނޭ ކަމަށްވެސް މި ބިލުގައި ހިމަނާފައި ވެއެވެ.

ރާއްޖޭގައި ޖުވާކުޅުން، އިތުރުވެފައިވާތީ ގިނަ ބައެއްގެ ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ.

އެހެންކަމުން، ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް މަސައްކަތްތައް ފަށްޓަވައިފައިވާ ކަމަށާއި، އެގޮތުން ޤާނޫނުލްޢުޤޫބާތު އިސްލާޙުކުރަން ސަރުކާރުން ބިލެއް ހުށަހަޅާފައި ވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ މަހުގެ 10ވަނަ ދުވަހު ހާމަކުރައްވާފައި ވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެޗްއާރުސީއެމްގެ ރައީސްކަމަށް ޑރ. ރަމީލާ ޚަބަރު | 13 ގަޑިއިރު ކުރިންޕެންޝަން ފަންޑުން ފައިސާ ނެގޭ ގޮތަށް އިސްލާހު ބަލާގަނެ ކޮމިޓިއަށް!ޚަބަރު | ދުވަހެއް ކުރިންޖުވާ ކުޅުމުން ޖަލު ހުކުމް އަންނަ ގޮތް ހަދަނީޚަބަރު | ދުވަހެއް ކުރިން ޙައްޖު ކިޔުއަށް އެރޭ ގޮތަށް ޕެންޝަނާ ބެހޭ ޤާނޫނަށް އިސްލާޙު ހުށައަޅައިފިޚަބަރު | 2 ދުވަސް ކުރިން