logo
Bank of Maldives

Bank of Maldives

ޚަބަރު

ޕެންޝަން ފަންޑުން ފައިސާ ނެގޭ ގޮތަށް އިސްލާހު ބަލާގަނެ ކޮމިޓިއަށް!

އައިޝަތު ނަޝާ
5 ޖެނުއަރީ 2026 - 10:32
ޕެންޝަން ފަންޑުން ފައިސާ ނެގޭ ގޮތަށް އިސްލާހު ބަލާގަނެ ކޮމިޓިއަށް!

ކެންސަރު ފަދަ ބޮޑެތި ބަލިތައް ތަހައްމަލުކުރާ މީހުންނަށް ޕެންޝަން ފަންޑުން ފައިސާ ނެގޭނެ ގޮތް ހަދައިދިނުމަށް ވެރިކަންކުރާ ޕީއެންސީން ހުށަހެޅި އިސްލާހު މިއަދު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ، ދިރާސާކުރަން ކޮމިޓީއަށް ފޮނުވައިފިއެވެ.

ސަރުކާރުގެ ފަރާތުން ޕެންޝަން ގާނޫނަށް މި އިސްލާހު ހުށަހެޅީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ)، ޕެންޝަނާ ބެހޭ ގާނޫނަށް ހުށަހެޅުއްވި އިސްލާހު ބޭރުކޮށްލުމަށްފަހު، އަދި އެ އިސްލާހު ސަރުކާރުގެ ފަރާތުން ހުށަހަޅާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ މަހު ވިދާޅުވުމަށްފަހު، ދައުރުން ބޭރުން މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސަރުކާރުގެ ފަރާތުން މިލަންދޫ ދާއިރާގެ މެންބަރު ޙަސަން މުފީދު ޢަބްދުލްޤާދިރު އަލުން އެ އިސްލާހު ހުށަހެޅުއްވީ ޕެންޝަންގެ ގާނޫނަށް ގެންނަ އިތުރު އިސްލާހުތަކާ ވެސް އެކުއެވެ.

މި ބިލު މަޖިލީހުން ބަލައިގަތީ ޖަލްސާއަށް ހާޒިރުވި އިދިކޮޅު އެމްޑީޕީގެ މެންބަރުން ހިމެނޭހެން، 51 މެންބަރުންގެ އިއްތިފާގުންނެވެ. ބިލު ބަލައިގަތުމާ ގުޅިގެން ރިޔާސަތުން ވަނީ މި ބިލު ދިރާސާކުރަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާލައިފައެވެ.

ސަރުކާރުން ވަނީ، ޕެންޝަން ލިބޭ އުމުރު ހަމަނުވިކަމުގައިވިޔަސް ބޮޑު ބައްޔަކަށް ފަރުވާ ހޯދާ ހާލަތެއްގައި ޕެންޝަންގައި ހުރި ފައިސާ ދޫކޮށްދިނުމަށް އެދި ހުށަހަޅައިފިނަމަ، އެ ފައިސާ ދޫކުރެވޭނެ ގޮތަށް ހެދުމަށް ހުށަހަޅައިފައެވެ. އެގޮތަށް ފައިސާއަށް އެދޭއިރު ވަކިވަކިން ނުވަތަ އެއްފަހަރާ އެ ފައިސާ ދޫކުރަން އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް ވެސް އިސްލާހުގައިވެއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެޗްއާރުސީއެމްގެ ރައީސްކަމަށް ޑރ. ރަމީލާ ޚަބަރު | ދުވަހެއް ކުރިންޕެންޝަން ފަންޑުން ފައިސާ ނެގޭ ގޮތަށް އިސްލާހު ބަލާގަނެ ކޮމިޓިއަށް!ޚަބަރު | 2 ދުވަސް ކުރިންޖުވާ ކުޅުމުން ޖަލު ހުކުމް އަންނަ ގޮތް ހަދަނީޚަބަރު | 2 ދުވަސް ކުރިން ޙައްޖު ކިޔުއަށް އެރޭ ގޮތަށް ޕެންޝަނާ ބެހޭ ޤާނޫނަށް އިސްލާޙު ހުށައަޅައިފިޚަބަރު | 2 ދުވަސް ކުރިން