logo
Bank of Maldives

Bank of Maldives

ޚަބަރު

ކުރިއަށް އޮތީ އުޑުމަތި ސާފު ނަމަވެސް ކަނޑު ގަދަ ދުވަސްތަކެއް!

ޒިދާން މުޙައްމަދު
5 ޖެނުއަރީ 2026 - 07:29
މޫސުން ގޯސްވުން
މޫސުން ގޯސްވުން

ކުރިއަށް އޮތީ އުޑުމަތި ސާފު ނަމަވެސް ކަނޑު ގަދަ ދުވަސްތަކެކެވެ.

ނަކަތުން ބަލާއިރު ކުރިއަށް އޮތީ "އުތުރުހަޅަ" ނަކަތެވެ. މާދަމާ އިރުވައި މޫސުމުގެ ތިންވަނަ ނަކަތް އުތުރުހަޅަ ފެށޭނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ނަކަތުގައި އުޑުމަތި ސާފުވާނެއެވެ. ނަމަވެސް ކަނޑު ގަދަވެފައި ވައި ބާރުވާނެއެވެ. މި ނަކަތުގައި މަސްވެރިކަން ހުންނާނީ އާންމު ދުވަސްވަރު މަސްވެރިކަން ހުންނަ ވަރަށެވެ.

މި ނަކަތުގައި ވަނީ 13 ދުވަހެވެ. އެހެންކަމުން މި ނަކަތް ނިމޭނީ މި މަހުގެ 18 ވަނަ ދުވަހުއެވެ. އޭގެ ފަހުން ފެށޭނީ "ހުވަން" ނަކަތެވެ.

މި ނަކަތުގައި އެވްރެޖްކޮށް ވައިގެ ބާރުމިން ހުންނާނެ ކަމަށް ލަފާކުރެވެނީ ގަޑިއިރަކު 12 ނޯޓިކަލް މޭލުގައެވެ. އެއީ ގަޑިއިރަކު 22.22 ކިލޯމީޓެވެ.

މޫސުމާބެހޭ ގައުމީ އިދާރާ (މެޓް)އިން މިހާރުވެސް ވަނީ، ރާއްޖޭގެ ބައެއް ހިސާބުތަކަށް ކަނޑު ގަދަ ކަމަށް ބުނެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސަމާލުވޭ! އަދިވެސް ރާއްޖޭގެ ވައިނުސާފު!ޚަބަރު | މަހެއް ކުރިންމޫސުން ރަނގަޅަސް ކަނޑުތައް ގަދަ!ޚަބަރު | މަހެއް ކުރިންކުރިއަށް އޮތް 24 ގަޑިއިރު މޫސުން ގޯސްވާނެ: މެެޓް އޮފީސްޚަބަރު | މަހެއް ކުރިންރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެއްޖެޚަބަރު | މަހެއް ކުރިން