logo
MPL

MPL

ޚަބަރު

ރޭގެ އަލިފާނުގެ ހާދިސާއާ ގުޅިގެން އާއިލާއަކަށް ވަގުތީ އެހީ ފޯރުކޮށްދީފި

އިސްމާޢިލް ރާތިޢު
6 ޖެނުއަރީ 2026 - 06:30
ރޭގެ އަލިފާނުގެ ހާދިސާއާ ގުޅިގެން އާއިލާއަކަށް ވަގުތީ އެހީ ފޯރުކޮށްދީފި

މާލޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން، އާއިލާއަކަށް ވަގުތީ އެހީ ފޯރުކޮށްދީފައިވާކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

އެންޑީއެމްއޭއިން ބުނިގޮތުގައި އެހީތެރިކަން ފޯރުކޮށްދީފަވަނީ އަލިފާން ރޯވި އިމާރާތާ އިންވެގެން ހުރި ގޭގެ އެޕާޓްމަންޓެއްގެ ފެން ހޮޅިއަކަށް ގެއްލުންވެގެން އެގެއިން ފެނުގެ ޚިދުމަތް ކެނޑިފައިވާތީއެވެ. އެގޮތުން އެ އެޕަރޓްމަންޓްގައި ދިރިއުޅެމުންދިޔަ ދެ މީހުންނަށް ރެއިން ފެށިގެން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފަވާކަމަށާއި، ފެނުގެ ނިޒާމަށް ލިބުނު ގެއްލުން ދެނެގަނެ، އެކަން ޙައްލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށް އެންޑީއެމްއޭއިން ބުންޏެވެ.

ރޭ 23:22 ހާއިރު، އަލިފާން ރޯވެފައިވަނީ ސައިރިކްސް ކޮލެޖު ކައިރިން ހަދަމުންދިޔަ އިމާރާތެއްގައެވެ. އެ އަލިފާންގަނޑު ނިއްވާލާފައިވަނީ ސިފައިންހަރަކާތްތެރިވެ، ގާތްގަޑަކަށް ބައި ގަޑިއެއްހާއިރުތެރޭގައެވެ.

މި ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް ގެއްލުންވިކަމެއް ނުވަތަ ބޮޑު ގެއްލުމެއްވެސް ނުވާކަމަށް އެންޑީއެމްއޭއިން ބުނެފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތިލަފުށި ގޮނޑުގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިފިޚަބަރު | މަހެއް ކުރިންމާލޭގެ އިތުރު ދެ ތަނެއްގައި އަލިފާން ރޯވެއްޖެޚަބަރު | މަހެއް ކުރިންހުޅުމާލެ އެޕާޓްމެންޓެއްގައި ރޯވެ، އެކަކު ފިހި، އިތުރު ބަޔަކަށް ހޮސްޕިޓަލްގައި ފަރުވާ ދީފިޚަބަރު | 2 މަސް ކުރިންހުޅުމާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު އާއިލާއަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފިޚަބަރު | 2 މަސް ކުރިން