logo
Bank of Maldives

Bank of Maldives

ޚަބަރު

އުމްރާއަށް ދިޔަ ދިވެއްސަކު ބަލިގެން ރާއްޖެ ގެނައުމުގެ މަސައްކަތް ފަށައިފި

މުޙައްމަދު އަފްރާޙް
6 ޖެނުއަރީ 2026 - 16:48
އުމްރާއަށް ދިޔަ ދިވެއްސަކު ބަލިގެން ރާއްޖެ ގެނައުމުގެ މަސައްކަތް ފަށައިފި

މިއަހަރު އުމްރާގެ އަޅުކަމަށް ގޮސް އުޅުނު ދިވެއްސަކު ބަލިވެގެން ރާއްޖެ ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.

އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ އުމްރާގެ އަޅުކަމުގައި އުޅެނިކޮށް ބަލިވި މީހެއް އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަކަމަށެވެ. އަދި އެ މީހާ ރާއްޖެ ގެނައުމުގެ އިންތިޒާމުތައް އާއިލާއާ ގުޅިގެން ސަރުކާރުން ކުރަމުންދާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އުންމީދަކީ މި މަހުގެ 10 ވަނަ ދުވަހު އެ މީހާ މާލެ ގެނައުން ކަމަށާއި މި މަސައްކަތުގައި އެކި މުއައްސަސާތަކުގެ އެހީތެރިކަން ލިބެމުންދާކަން ވަނީ ފާހަގަކުރައްވާފައެވެ. ހާއްސަކޮށް މޯލްޑިވިއަންނާއި އައިޖީއެމްއެޗްގެ  އެއްބާރުލުމަށް ޝުކުރު ވަނީ އަދާކުރައްވާފައެވެ.

މި އަހަރުގެ ބޮޑު ޗުއްޓީއާ ދިމާކޮށް ގިނަ އަދަދެއްގެ ދިވެހިން ވަނީ އުމްރާގެ އަޅުކަމަށް ސައުދީއަށް ގޮސްފައެވެ. އެގޮތުން ހަތް ހާހަށް ވުރެ ގިނަ ދިވެހިން މިހާރު ސައުދީގައި ތިބި އިރު، ބަލިވި މީހާ ފިޔަވާ އެންމެންގެ ހާލުވެސް ރަނގަޅު ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެކި ސަބަބުތަށް ދިމާވެގެން ނުފުރުނު 164 ޢުމްރާވެރިން މިރޭ ފުރުވާލަނީޚަބަރު | 3 ދުވަސް ކުރިންބަންޑާރަ މިސްކިތް ތަޅާލުމާމެދު ގޮތެއް ނިންމާނީ ރައްޔިތުންގެ މަޝްވަރާއަށްފަހު: މިނިސްޓަރޚަބަރު | 4 ދުވަސް ކުރިންމާލޭގެ ހުރިހާ މިސްކިތެއް އައު ކުރުމުގެ އަމާޒަށް ވާސިލުވަނީޚަބަރު | 4 ދުވަސް ކުރިންއެކި ސަބަބުތަކާހުރެ އުމްރާ އަށް ނުފުރި ތިބި މީހުންނަށް ހާއްސަ އިންތިޒާމުތަކެއް ހައްޖު ކޯޕަރޭޝަނުން ހަމަޖައްސަނީޚަބަރު | 6 ދުވަސް ކުރިން