logo
Bank of Maldives

Bank of Maldives

ޚަބަރު

ސިއްހީ ބޭނުންތަކަށް ދޭ ޗުއްޓީއަށް އެދޭ އިރު ސީއެސްސީއަށް ހުށަހަޅާގޮތަށް ބަދަލެއް!

އައިޝަތު ނަޝާ
7 ޖެނުއަރީ 2026 - 10:54
ސިއްހީ ބޭނުންތަކަށް ދޭ ޗުއްޓީއަށް އެދޭ އިރު ސީއެސްސީ އަށް ހުށަހަޅާގޮތަށް ބަދަލެއް!

ސިއްހީ ބޭނުންތަކަށް ދޭ ޗުއްޓީއަށް އެދޭ އިރު ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް ހުށަހަޅާގޮތަށް ބަދަލުކޮށްފިއެވެ.

ސީއެސްސީން މިއަދު ނެރުނު ސާކިއުލާގައި ބުނެފައިވަނީ އެ ކޮމިޝަންގެ ގަވާއިދުގެ ދަށުން ލިބިދެވޭ "ހާއްސަ ސިއްހީ ބޭނުންތަކަށްދެވޭ ޗުއްޓީ" އަށް މުވައްޒަފުން އެދޭ ހާލަތުގައި، އިދާރާތަކުން މަސްއޫލު އޮފީސް މެދުވެރިކޮށް ކޮމިޝަނަށް ހުށަހަޅާގޮތަށް އޮތުމުން، ޗުއްޓީދިނުމާ މެދު ގޮތެއް ކަނޑައަޅައި، މުވައްޒަފުންނަށް އެންގުމަށް ގިނަ ދުވަސްތަކެއް ހޭދަވަމުންދާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެހެންކަމުން މި ކަމަށް ހައްލެއް ހޯދުމުގެ ގޮތުން، މުވައްޒަފުން އެފަދަ ޗުއްޓީއަށް އެދޭ ހާލަތުގައި، އެ މުވައްޒަފެއް މަސައްކަތްކުރާ އިދާރާއަށް ކޮޕީކުރުމަށް ފަހު، ޗުއްޓީ ހަމަޖައްސައިދިނުމަށް އެދި، އެ މުވައްޒަފެއް އެ ކޮމިޝަނަށް ހުށަހެޅުމަށް އެދޭ ކަމަށް ސާކިއުލާގައި ވެެއެވެ.

މީގެއިތުރުން މުވައްޒަފުން ޗުއްޓީއަށް އެދި ހުށަހަޅާ އިރު، ޗުއްޓީ ފަށަން ބޭނުންވާ ތާރީހުގެ 15 ދުވަސްކުރިން ކަމާގުޅުންހުރި ލިޔެކިޔުންތަކާއެކު "ހާއްސަ ސިއްހީ ބޭނުންތަކަށްދެވޭ ޗުއްޓީއަށް އެދޭ ފޯމު" މެދުވެރިކޮށް އެ ކޮމިޝަނަށް ހުށަހެޅުމަށް އެދޭ ކަމަށް ވެސް އެ ކޮމިޝަނުން ބުނެފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް ގޭގައި ތިބެ އޮފީހުގެ ރަސްމީ މަސައްކަތްތައް ކުރެވޭނެ ފުރުސަތު ދެނީޚަބަރު | ގަޑިއިރެއް ކުރިންސިވިލް ސަރވިސް މުވައްޒަފުންނަށް އިތުރު ލުއިފަސޭހަތަކެއް ދެނީ ޚަބަރު | 11 ދުވަސް ކުރިންސިއްހީ ބޭނުންތަކަށް ދޭ ޗުއްޓީއަށް އެދޭ އިރު ސީއެސްސީ އަށް ހުށަހަޅާގޮތަށް ބަދަލެއް!ޚަބަރު | 2 މަސް ކުރިންމުސްކުޅިކުރެއްވުމަށްފަހު ވަޒީފާއަށް ނުކުންނަނަމަ ޕެންޝަން ފައިސާ ދިނުން ހުއްޓާލައިފިޚަބަރު | 2 މަސް ކުރިން