logo
Bank of Maldives

Bank of Maldives

ޚަބަރު

ހުޅުމާލޭގައި ހިންގަމުންދިޔަ ސްޕާއަކުން ބިދޭސީއަކު ހައްޔަރުކޮށްފި

ޒިދާން މުޙައްމަދު
7 ޖެނުއަރީ 2026 - 11:00
ހުޅުމާލޭގައި ހިންގަމުންދިޔަ ސްޕާއަކުން ބިދޭސީއަކު ހައްޔަރުކޮށްފި

ހުޅުމާލޭގައި ހިންގަމުންދިޔަ ސްޕާއަކުން ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް ސަރުކާރުގެ ކަމާގުޅުންހުރި ހުރިހާ އިދާރާއެއް ގުޅިގެން ބޮޑު އޮޕަރޭޝަނެއްދަނީ ހިންގަވަމުންނެވެ. އެގޮތުން ރާއްޖޭގެ އެކި ވިޔަފާރިތަކުގައާއި، ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގަމުންދާ ފަރާތްތައް ހޯދުމުގެ މަސައްކަތްދަނީ ކުރައްވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިމިގްރޭޝަނުން ވިދާޅުވީ ސްޕާ/ސެލޫން ފަދަ ތަންތަނުގައި ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީންނަށް އަމާޒުކޮށް ޓާސްކްފޯސްއިން ކުރިއަށްގެންދާ އޮޕަރޭޝަންގައި އިއްޔެ ވަނީ ހުޅުމާލޭގައި ހިންގަމުންދިއަ 04 ތަނެއް ބަލައި ފާސްކޮށްފައެވެ.

އަދި ޤަވާއިދާ ޚިލާފަށް އުޅެމުން އައި ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައެވެ.

ޤަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރި ކުރަމުންދާ މައްސަލަ ޙައްލު ކުރުމަށް، "ނެޝަނަލް ޓާސްކްފޯރސް އޮން ކޮމްބެޓިންގ އިލީގަލް އެކްސްޕެޓްރިއޭޓް އޮޕަރޭޝަންސް އެންޑް ބިޒްނަސަސް"ގެ ނަމުގައި ޚާއްސަ ޓާސްކްފޯހެއް ވަނީ އެކުލަވާލާފައެވެ.

މޯލްޑިވްސް އިމިގްރޭޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެންދަނީ ޤަވާއިދާ ޚިލާފަށް އުޅެމުންދާ އަދި ވިޔަފާރިކުރަމުންދާ ބިދޭސީން ދެނެގަތުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި ރާއްޖޭގެ ޤާނޫނުތަކާއި ޚިލާފަށް ވިޔަފާރިތަކުގެ ތެރޭގައްޔާއި އެހެނިހެން ކަންކަމުގައި ޙަރަކާތްތެރިވަމުންދާ ބިދޭސީންނަށް އިތުރު ފުރުސަތެއް ދިނުމެއް ނެތި ޑީޕޯޓުކުރުމުގެ މަސައްކަތް ގެންދަނީ ކުރަމުންނެވެ.

ބިދޭސީން ޤަވާއިދާ ޚިލާފަށް ހިންގާ ވިޔަފާރިތައް ހުއްޓުވުމަށް ސަރުކާރުން ކޮށްފައިވާ މަސައްކަތުން މިވޭތުވެ ދިޔަ ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި 47އަކަށް ވުރެ ގިނަ ވިޔަފާރިއެއް ވަނީ ބަންދުކޮށްފައެވެ.

މި އޮޕަރޭޝަނާ ގުޅޭގޮތުން ވަޒީރު ދާދި ފަހުން ވިދާޅުވެފައިވަނީ މިދިޔަ ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި 47 ވިޔަފާރިއެއް ބަންދުކޮށްފައިވާ ކަމަށާއި ވިޔަފާރިތަކުގައި މިގޮތަށް ފާހަގަވާ ތަންތަނުގައި ފުލުހުންގެ ތަހުޤީގެއް ފަށަން ތައްޔާރުވަމުން އަންނަ ކަމަށެވެ.

މީގެ ތެރޭގައި މަނީ ލޯންޑަރިންއަށް ޝައްކުވާ ތަންތަންވެސް މި އޮޕަރޭޝަންގެ ތެރޭގައި ފާހަގަވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ވަނީ އެފަދަ ތަންތަނުން ލާރި ހޯދާ ގޮތްތަކާއި ލާރި ދައުރުކުރާ ގޮތްތަކާއި ބަލާފައި ޖިނާޢީ މިންގަނޑުން ދައުވާ ކުރަން ޖެހިއްޖެނަމަ ދިވެހި ވިޔަފާރި ރަޖިސްޓަރ ކޮށްފައިވާ ފަރާތައް ދައުވާވެސް ކުރައްވާނެ ކަމަށެވެ.

ވަޒީރު ވަނީ މިފަދަ ކަންކަން ހުއްޓާލައި ދިވެހިން އަމިއްލައަށް ވިޔަފާރި ކުރުމަށް އިލްތިމާސްކުރައްވާފައެވެ.

ވަޒީރު ވިދާޅުވީ ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ނަތީޖާވެސް މިހާރު ފެންނަމުންދާ ކަމަށެވެ. މިގޮތުން ބިދޭސީން އެކި ތަންތަނުގައި ހިންގަމުންދާ ވިޔަފާރިތައް ބަންދުވާން ފެށުމުން ދިވެހި ވިޔަފާރިތަކުން ޚިދުމަތް ހޯދާ މިންވަރު އިތުރުވެފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުޅުމާލޭގައި ހިންގަމުންދިޔަ ސްޕާއަކުން ބިދޭސީއަކު ހައްޔަރުކޮށްފިޚަބަރު | ދުވަހެއް ކުރިން