logo
Bank of Maldives

Bank of Maldives

ޚަބަރު

އަންނަ ކައުންސިލް/ޑަބްލިޔުޑީސީ އިންތިޚާބުގައި ވޯޓުދިނުމުގެ ހައްގު 294،937 މީހަކަށް، ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
8 ޖެނުއަރީ 2026 - 01:29
އަންނަ  އިންތިޚާބުގައި ވޯޓުދިނުމުގެ ހައްގު 294،937 މީހަކަށް، ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި

އަންނަ އަހަރުގެ އޭޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓު އިލެކްޝަންސް ކޮމިޝަނުން (އީސީ) އާންމުކޮށްފިއެވެ.

މި އިންތިޚާބުގައި ޖުމްލަ 294,937 މީހަކަށް ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ ކަމަށް އެ ކޮމިޝަނުން ރޭ ވަނީ ހާމަކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި، 2026 އޭޕްރީލް 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ތާވަލުކޮށްފައިވާ މި އިންތިޚާބުގައި ވޯޓުލެވޭ މީހުންގެ ތެރޭގައި ހިމެނެނީ 144,527 އަންހެނުންނާއި 150,410 ފިރިހެނުންނެވެ.

މިހާރު އާންމުކޮށްފައިވާ ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން ވަނީ ހުޅުވާލައިފައެވެ.

ރަޖިސްޓަރީ ޗެކްކުރުމާއި ޝަކުވާ ހުށަހެޅުން

ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ ސަރުކާރުގެ ގެޒެޓާއި އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުން މިހާރު ފެންނަން ހުންނާނެއެވެ. މީގެ އިތުރުން، 1414 އަށް (VR space IDNO) ޖެއްސެވުމަށްފަހު އެސް.އެމް.އެސް ކޮށްގެންވެސް ރަޖިސްޓަރީ ޗެކްކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، އިލެކްޝަންސް ކޮމިޝަނުގެ މައިޕޯޓަލް (my.elections.gov.mv) މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެއެވެ. ޝަކުވާ ހުށަހެޅުމުގެ ސުންގަޑިއަކީ 2026 ޖަނަވަރީ 18 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 03:00 އެވެ. ސިޔާސީ ޕާޓީތަކުން ޝަކުވާ ހުށަހަޅަންވާނީ އެ ޕާޓީތަކަށް ޚާއްޞަކޮށްފައިވާ 'ސިމެދަ' ޕޯޓަލް މެދުވެރިކޮށެވެ.

ޝަކުވާ ހުށަހެޅުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަން

ރަޖިސްޓަރީއަށް މީހަކު އިތުރުކުރުމަށް، އުނިކުރުމަށް ނުވަތަ މައުލޫމާތަކަށް ބަދަލު ގެނައުމަށް ޝަކުވާ ހުށަހަޅާއިރު، އެ ޝަކުވާއެއްގެ ޞައްޙަކަން ސާބިތުކޮށްދޭނެ ރަސްމީ ލިޔުމެއްގެ ކޮޕީ ހުށަހަޅަންޖެހޭނެ ކަމަށް އީސީން ބުނެއެވެ. މި މުއްދަތަކީ ރަޖިސްޓަރީގެ ޞައްޙަކަން ކަށަވަރުކުރުމަށް އާންމުންނަށް ލިބޭ މުހިންމު ފުރުސަތެކެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަކީ ރަށްރަށާއި ސިޓީތަކުގެ ތަރައްޤީއަށް މުހިންމު ނިންމުންތައް ނިންމާނެ މަންދޫބުން އިންތިޚާބުކުރާ އިންތިޚާބަކަށް ވާއިރު، ވޯޓުލުމުގެ ޙައްޤު ލިބިފައިވާ ކޮންމެ ރައްޔިތަކުވެސް ލިސްޓުގައި ނަން އޮތްތޯ ކަށަވަރުކުރުމަކީ މުހިންމު ކަމެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލޯކަލް/ޑަބްލިޔުޑީސީ އިންތިޚާބުގައި ޖުމްލަ 621 ވޯޓު ފޮށި، ރާއްޖެއިން ބޭރުގައި 2 ފޮށި ޚަބަރު | ދުވަހެއް ކުރިންއަންނަ އިންތިޚާބުގައި ވޯޓުދިނުމުގެ ހައްގު 294،937 މީހަކަށް، ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފިޚަބަރު | ދުވަހެއް ކުރިންއިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިޚަބަރު | 2 ދުވަސް ކުރިންއިސްލާމިކް މިނިސްޓްރީން ބާއްވާ ބަންގި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިޚަބަރު | 3 ދުވަސް ކުރިން