logo
MPL

MPL

ޚަބަރު

އިނގިލި ބުރިކޮށްލާނެ ކަމަށް ބުނެ އިންޒާރުދީ ފޭރުނު މީހުންގެ ބަންދަށް އިތުރު 15 ދުވަސް

އަޙްމަދު ޒަލީފް
6 އޮކްޓޯބަރު 2024 - 13:41
އިނގިލި ބުރިކޮށްލާނެ ކަމަށް ބުނެ އިންޒާރުދީ ފޭރުނު މީހުންގެ ބަންދަށް އިތުރު 15 ދުވަސް

ބިދޭސީންތަކެއްގެ އިނގިލި ބުރިކޮށްލާނެ ކަމަށް ބުނެ އިންޒާރުދީ ފޭރުނު ދެ ދިވެހިންގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފި އެވެ.

ފުލުހުން ބުނީ  ސ. ހިތަދޫ/ އަތިރީގޭ އަހުމަދު ސިވާތު(37އ.)އާއި ސ. ހިތަދޫ/ ޑިލައިޓް ފޭސް، މުހައްމަދު ސާލިމް(37އ.)، މިދިޔަ މަހުގެ 19 ވަނަ ދުވަހު ހައްޔަރުކުރީ ރަސްފަންނުގައި ފޭރުމުގެ އަމަލެއް ހިންގައިގެން ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން އިނގިލި ބުރިކޮށްލާނެ ކަމަށް ބުނެ ދެ ބިދޭސީއެއްގެ ވޮލެޓުގައި ހުރި ފައިސާ އެ ދެ މީހުން ފޭރުނު ކަމަށް ފުލުހުން ބުނެއެވެ.

ނަމަވެސް ފުލުހުން ފަހުން ވަނީ އެކަން ކުރި ދެ މީހުން ހައްޔަރުކޮށް ފައިސާތައް ވެސް ހޯދާފަ އެވެ.

އެ މައްސަލައިގައި އެންމެ ފުރަތަމަ އެ މީހުން ބަންދުކުރީ 15 ދުވަހަށެވެ. އަދި އިއްޔެ ކްރިމިނަލް ކޯޓުން ވަނީ އެ ދެ މީހުންގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިދީފަ އެވެ.


Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މީހެއްގެ އެކައުންޓުން 92،000 ރުފިޔާ ފޭރުނު ދެ މީހަކު ހައްޔަރުކޮށްފިޚަބަރު | 3 ގަޑިއިރު ކުރިންހުޅުމާލެ އޯސީސީގެ އަންހެން ކޭޝިއަރަކަށް ތޫނު އެއްޗަކުން ހަމަލާދިނުމަށްފަހު ފޭރިއްޖެޚަބަރު | އަހަރެއް ކުރިންބްލެކްމެއިލްކޮށް، އޮރިޔާން ކޮށް، ވީޑިއޯ ނަގައި، ވަޅިން ބިރުދައްކައި ފޭރުމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިޚަބަރު | އަހަރެއް ކުރިންބިދޭސީއެއްގެ އަތުން 33،000 އަށް ވުރެ ގިނަ ރުފިޔާ ފޭރުނު ދެ މީހަކު ހައްޔަރުކޮށްފިޚަބަރު | 2 އަހަރު ކުރިން