logo
MPL

MPL

ޚަބަރު

ހުޅުމާލެ އޯސީސީގެ އަންހެން ކޭޝިއަރަކަށް ތޫނު އެއްޗަކުން ހަމަލާދިނުމަށްފަހު ފޭރިއްޖެ

ޢައްފާން މުޙައްމަދު
27 ސެޕްޓެމްބަރު 2025 - 09:27
ހުޅުމާލެ އޯސީސީގެ އަންހެން ކޭޝިއަރަކަށް ތޫނު އެއްޗަކުން ހަމަލާދިނުމަށްފަހު ފޭރިއްޖެ

އޯސީސީން ހުޅުމާލޭގައި ހިންގާ އައުޓްލެޓެއްގައި އިންނަ ކޭޝިއަރަށް ހަމަލާދިނުމަށްފަހު ފޭރުނު މައްސަލައެއް ފެންމަތިވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު "މެންދުރު ޓީވީ" އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، އެ ފިހާރައިގެ ކޭޝިއަރަށް ތޫނު އެއްޗަކުން ހަމަލާދީ ފޭރުނު މައްސަލައެއް މިއަދު މެންދުރު 12:45 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މައްސަލައިގައި އަނިޔާވެފައި ވަނީ އޯސީސީ ފިހާރައިގައި މަސައްކަތްކުރާ ނޭޕާލަށް ނިސްބަތްވާ އުމުރުން 21 އަހަރުގެ އަންހެނަކަށެވެ.

ހަމަލާގައި ލިބުނު އަނިޔާތަކަށް އެ ކޭޝިއަރަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށް ވެސް އޮފިސަރު ވިދާޅުވިއެވެ. އެ މީހާއަށް ލިބުނު އަނިޔާގެ ތަފްސީލް އަދި ލިބިފައެއް ނުވެއެވެ.

މި މައްސަލައިގައި އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މީހެއްގެ އެކައުންޓުން 92،000 ރުފިޔާ ފޭރުނު ދެ މީހަކު ހައްޔަރުކޮށްފިޚަބަރު | 3 ގަޑިއިރު ކުރިންހައިވޭގައި ކާރެއް ފުރޮޅާލައި ދެ މީހަކަށް އަނިޔާވެގެން ފަރުވާދެނީޚަބަރު | ދުވަހެއް ކުރިންސްކޭމް މައްސަލަތަކުގައި މިދިޔަ ހަފުތާ ފަސްލައްކައާ ގާތަށް ފައިސާ ގެއްލުނުޚަބަރު | 8 ދުވަސް ކުރިންމިއަހަރުތެރޭ 144 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފިޚަބަރު | 11 ދުވަސް ކުރިން