logo
Bank of Maldives

Bank of Maldives

ޚަބަރު

މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިން ހެދުން އަޅަންޖެހޭ މިންގަނޑަށް އިސްލާހެއް!

އައިޝަތު ނަޝާ
9 ޖެނުއަރީ 2026 - 13:27
މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިން ހެދުން އަޅަންޖެހޭ މިންގަނޑަށް އިސްލާހެއް

ފަތުރުވެރިން ރަށްރަށުގައި އުޅޭއިރު ހެދުން އެޅުމާއި، އުޅުމުގައި ބަހައްޓަންޖެހޭ މިންގަނޑުތަކާ ގުޅޭ ގަވާއިދުތައް އިސްލާހުކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ އޮފީސް ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ލޯކަލް ޓޫރިޒަމާ ބެހޭ ޤާނޫނަށް ގެނައުމަށް ނިންމާފައިވާ އިސްލާހުތައް ހިއްސާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ރަށްރަށަށް ކުރެއްވި ޒިޔާރަތުގައި ބޭއްވި ބައްދަލުކުރެއްވުންތަކުގައި ރައްޔިތުން ވަނީ، ރަށްރަށަށް ޒިޔާރާތްކުރާ ފަތުރުވެރިންގެ ފަރާތުން އިޖްތިމާޢީ މިންގަނޑުތަކާއި ޚިލާފު އަމަލުތައް ފެންނަމުންދާކަމުގެ ކަންބޮޑުވުން ހިއްސާކޮށްފައެވެ. ވަކިން ހާއްސަކޮށް ރަށްތަކުގައި އުޅޭއިރު ފަތުރުވެރިން ހެދުން އަޅާ ގޮތްތަކާމެދު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

މި ޝަކުވާތަކަށް އިޝާރާތްކުރައްވާ ޕީއެންސީގެ އޮފީސް ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ދީނީ ގޮތުންނާއި، އަޙްލާގީ ގޮތުންނާއި އިޖްތިމާއީ ގޮތުން ރަށްރަށުގައި ހިނގަން ނުޖެހޭ ކަންކަން ހިނގާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށާއި މިކަންކަން ރަނގަޅު ކުރުމަށް، ކަމާ ގުޅުން ހުރި ފަރާތްތަކާއި ގުޅިގެން ގަވާއިދުތައް އިސްލާހު ކުރަމުންދާ ކަމަށެވެ.

ލޯކަލް ޓޫރިޒަމާބެހޭ ގާނޫނަށް ހަރުކަށި އިސްލާހުތައް ގެނައުމަށް ނިންމާފައިވާއިރު، ލޯކަލް ޓޫރިޒަމް ތަރައްޤީކުރުމަށްވެސް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން މީހުން ދިރިއުޅޭ 75 ރަށެއްގައި ޑޮލަރު އޭޓީއެމްތައް ބެހެއްޓުމުގެ މަސައްކަތް އަންނަ މާރިޗުމަހުގެ ކުރިން ނިމޭނެކަމަށް ރައީސް ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ލޯކަލް ޓޫރިޒަމްގެ ކަންކަން ބެލެހެއްޓުމަށްޓަކައި ކޮންމެ ރަށެއްގައި އޮފީހެއް ހަދައި، އެ އޮފީސް ހިންގުން ކައުންސިލްތަކާ ހަވާލުކުރަން ކެބިނެޓުން ވަނީ ނިންމާފައެވެ. އަދި މި ރަށްތަކާ ކައިރީގައި ސަފާރީތައް ބާއްވައިގެން ހިންގާ ނޭދެވޭ ކަންކަން ހުއްޓުވުމަށްޓަކައި، ގަވާއިދަށް ބަދަލު ގެނައުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ. މިކަމަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވީ، މީހުން ދިރިއުޅޭ ރަށްތަކާ ކައިރީގަ ސަފާރީތައް ބޭއްވޭނީ މަދުވެގެން އެއް ކިލޯމީޓަރު ދުރުގައި ކަމަށެވެ.

މި ސަރުކާރުން ލޯކަލް ޓޫރިޒަމް އިތުރަށް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، މުސްލިމުންނަށް ޚާއްސަކޮށް އިސްލާމް ދީނާއި ފުށުނާރާނެހެން، އެފަދަ އަސާސްތަކަށް އިސްކަންދީގެން ފަތުރުވެރިކަމުގެ ޚިދުމަތްތައް ދިނުމަށް 'ޙަލާލް ޓޫރިޒަމް'ގެ ނަމުގައި ފަތުރުވެރިކަމުގެ މޮޑެލްއެއް ތަރައްޤީކުރުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

''އިސްލާމް ދީނާ ޚިލާފު ކަންކަމަށް ހިތްވަރުދީ ގޮވައިލާ ސިޔާސީ ފިކުރަކަށް ފުރުޞަތު ދީގެން ނުވާނެ''ރިޕޯޓް | 9 ގަޑިއިރު ކުރިންމީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިން ހެދުން އަޅަންޖެހޭ މިންގަނޑަށް އިސްލާހެއްޚަބަރު | 13 ގަޑިއިރު ކުރިންމީހުން ދިރިއުޅޭ ރަށްރަށާ 1 ކިލޯމީޓަރު ދުރުގައި ސަފާރީ ބާއްވާ ގޮތަށް ހަދަނީޚަބަރު | 17 ގަޑިއިރު ކުރިންމި ޤައުމުގެ ހުރިހާ އާދައެއްވެސް ހުންނަންވާނީ އިސްލާމީ ޤައުމެއްގައި ހުންނަންޖެހޭ ގޮތަށް: ރައީސްޚަބަރު | 20 ގަޑިއިރު ކުރިން