logo
Bank of Maldives

Bank of Maldives

ޚަބަރު

މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި 107 މިލިޔަން ރުފިޔާ ލިބުނު

އައިޝަތު ނަޝާ
10 ޖެނުއަރީ 2026 - 10:42
މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި 107 މިލިޔަން ރުފިޔާ ލިބުނު

ނިމުނު 2025 ވަނަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 107 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮޓޯރިޓީ، މީރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން 2025 ވަނަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 107،205،043 ރުފިޔާ ވަނީ ލިބިފައެވެ. 2024 ވަނަ އަހަރު ލިބިފައިވަނީ 102،281،507 ރުފިޔާއެވެ. އެހެންކަމުން މިއީ %4.8 އިތުރު އަދަދެކެވެ.

މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ބަލައިގަނެފައިވަނީ މާރޗު މަހުއެވެ. އެ މަހު މުދަލު ޒަކާތުގެ ގޮތުގައި 23 މިލިޔަން ރުފިޔާ ބަލައިގަނެފައިވެއެވެ. ދެ ވަނައަށް އެންމެ ބޮޑު އަދަދެއް ބަލައިގަނެފައިވަނީ، ޖުލައި މަހުއެވެ. އެމަހު 12 މިލިޔަން ރުފިޔާ ލިބުނެވެ. ތިންވަނައަށް އެންމެ ބޮޑު އަދަދެއް ބަލައިގަނެފައިވަނީ، އޭޕްރީލް މަހުއެވެ. އެމަހު 11 މިލިޔަން ރުފިޔާ ވަނީ ބަލައިގަނެފައެވެ.

މުދަލު ޒަކާތުގެ ނިސާބަށް އެންމެފަހުން ބަދަލު ގެނެސްފައިވަނީ، މިދިޔަ ޑިސެންބަރ މަހުގެ 21 ވަނަ ދުވަހުއެވެ. ޑިސެމްބަރ 21 އިން ފެށިގެން ދިވެހިރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބަކީ، 19،527.90 ރުފިޔާ ކަމަށާއި، އޭގެކުރިން މުދަލު ޒަކާތުގެ ނިސާބު ހުރީ، 11,191.95 ރުފިޔާގައި ކަމަށް ޒަކާތު ހައުސްއިން ބުނެފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރާއްޖޭގައި ޒަކާތް ބަލައިގަންނާނީ، ދައުލަތުގެ ޓެކްސް އިދާރާ މީރާއިންނެވެ. މީރާއަށް އޮންލައިންކޮށްވެސް މުދަލު ޒަކާތް ދެއްކޭއިރު، ކޮންމެ މީހަކުވެސް މުދަލު ޒަކާތް ދައްކަން ޖެހޭ މިންވަރު މީރާގެ ވެބްސައިޓް މެދުވެރިކޮށް ބަލައި ލެވޭނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފިތުރު ޒަކާތުގެ ގޮތުގައި 5 މިލިއަން ރުފިޔާ ބަލައިގަނެފިޚަބަރު | ދުވަހެއް ކުރިންފިޠުރު ޒަކާތުގެ ގޮތުގައި 1.3 މިލިޔަން ރުފިޔާ ލިބިއްޖެޚަބަރު | 8 ދުވަސް ކުރިންނަގުދު ފައިސާ އާ ކޭޝް ކާޑުން، މިހާރު ޒަކާތް ދެއްކޭނެޚަބަރު | 16 ދުވަސް ކުރިންމިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި 107 މިލިޔަން ރުފިޔާ ލިބުނުޚަބަރު | 2 މަސް ކުރިން