މަސްތުވާތަކެތީގެ މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފި
11 ޖެނުއަރީ 2026 - 06:42

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި 3 މީހަކުފުލުހުންގެ ބެލުުމުގެ ދަށަށް ގެނެސްފިއެވެ.
މި މައްސަލަތަކުގައި ހައްޔަރުކޮށްފައިވަނީ ހއ. ބާރަށް / ޕާޓްރާ ،ޢަލީ ތަސްލީމް (39އ) އާއި ހަމައެރަށު / ކުށްޅަވައްގެ، ޝަރަފުއްދީން (45އ) އަދި ށ. ފުނަދޫ / ނީލު ވިލާ، އާދަމް ފަތުޙީ (30އ) އެވެ.

Ad by Hajj Corporation
މި ތިން މީހުންގެ ތެރެއިން ޢަލީ ތަސްލީމް އާއި ޝަރަފުއްދީން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ހަށިގަނޑުގައި ރައްކާކޮށްގެން ބާރަށަށް އެތަކެތ އެތެރެކުތަން އުޅޭކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ބާރަށު ފުލުހުން މި މަހު 8 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި އޮޕަރޭޝަނުގައި ބާރަށު ޖެޓީ ސަރަހައްދުން މި ދެމީހުން ހައްޔަރުކޮށް ފުލުހުން ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.
އާދަމް ފަތުޙީ ހައްޔަރުކޮށްފައިވަނީ ށ. ނަރުދޫއިން ފުނަދޫއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަންގައެވެ. މި މަހު 8 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނުގައި ފުނަދޫ ބަނދަރުމަތިން އާދަމް ފަތުހީ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަަމށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލަތަކުގައި ހައްޔަރުކުރި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރަފުއްދީން ބަންދުގައި ބެހެއްޓުމަށް ހަތްދުވަސް އަދި ޢަލީ ތަސްލީމް ބަންދުގައި ބެހެއްޓުމަށް ފަސްދުވަހުގެ މުއްދަތު ދީފައިވެއެވެ. އަދި އާދަމް ފަތުޙީ ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.
މި މައްސަލައް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.


