logo
Bank of Maldives

Bank of Maldives

ޚަބަރު

މިދިޔަ އަހަރު ސިވިލް ކޯޓުން ނިންމި މައްސަލަތަކުގެ އަދަދު ބޮޑުތަނުން އިތުރުވެފައި!

އައިޝަތު ނަޝާ
11 ޖެނުއަރީ 2026 - 06:55
މިދިޔަ އަހަރު ސިވިލް ކޯޓުން ނިންމި މައްސަލަތަކުގެ އަދަދު ބޮޑުތަނުން އިތުރުވެފައިވާ

ސިވިލް ކޯޓަށް މިދިޔަ އަހަރު ހުށެހެޅުން މައްސަލަތަކާއި ކޯޓުން ނިންމި މައްސަލަތަކުގެ އަދަދު ބޮޑުތަނުން އިތުރުވެފައިވާ ކަމަށް އެ ކޯޓުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެކޯޓުގެ ތަފާސްހިސާބުތަށް ދައްކާ ގޮތުގައި، 2025 ވަނަ އަހަރު އެ ކޯޓުން ޖުމްލަ 6,718 މައްސަލަ ވަނީ ނިންމާފައެވެ. މިއީ 2024 ވަނަ އަހަރު ނިންމި 5,432 މައްސަލައާ އަޅާބަލާއިރު 23.68 އިންސައްތައިގެ ކުރިއެރުމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މައްސަލަ ނިންމި އަދަދު އިތުރުވެފައި މިވަނީ، ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ އަދަދުވެސް އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން 2024 ވަނަ އަހަރު 5,142 މައްސަލަ ރަޖިސްޓްރީކުރިއިރު، މިދިޔަ އަހަރު 5,680 މައްސަލަ ވަނީ ރަޖިސްޓްރީކޮށްފައެވެ. މިއީ 10.46 އިންސައްތައިގެ އިތުރުވުމެކެވެ.

މައްސަލަތަކުގެ އިތުރުން، ވަގުތީ އަމުރުތަކާއި ކޯޓު އަމުރުތަކާ ގުޅޭ ނިންމުންތަކަށް ބަލާއިރުވެސް ބޮޑުތަނުން އަދަދުތައް ވަނީ މަތިވެފައެވެ. 2024 ވަނަ އަހަރު 103 އަމުރެއް ނެރުނުއިރު، 2025 ވަނަ އަހަރު އެ އަދަދު ވަނީ 166 އަށް އަރާފައެވެ. މިއީ 63 މައްސަލައިގެ ބޮޑު އިތުރުވުމެކެވެ. ނަމަވެސް، އިޖުރާއީ އަދި އިހުތިސާސާ ގުޅޭ ނިންމުންތަކަށް ބަލާއިރު، 2024 ވަނަ އަހަރުގެ 135 ނިންމުމާ އަޅާބަލާއިރު މިދިޔަ އަހަރު ނިންމާފައިވަނީ 126 ނިންމުމެވެ.

ސިވިލް ކޯޓަކީ 21 އޮކްޓޯބަރު 2010 ގައި ތަސްދީގުކުރި ކޯޓުތަކުގެ ގާނޫނުގެ ދަށުން އުފެދިފައިވާ ސުޕީރިއާ ކޯޓެކެވެ. އާއިލީ މައްސަލަތައް ފިޔަވައި އެންމެހައި މަދަނީ މައްސަލަތައް ފުރަތަމަ މަރުޙަލާގައި ބެލުމުގެ އިހުތިސާސް ލިބިގެންވާ މި ކޯޓުގެ މަސައްކަތްތައް ފުޅާކުރުމުގެ ގޮތުން 13 އޭޕްރިލް 2016 ގައި ހުޅުމާލޭގައިވެސް އެ ކޯޓުގެ ޑިވިޒަނެއް ވަނީ ގާއިމުކޮށްފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިދިޔަ އަހަރު ސިވިލް ކޯޓުން ނިންމި މައްސަލަތަކުގެ އަދަދު ބޮޑުތަނުން އިތުރުވެފައިވާޚަބަރު | 9 ގަޑިއިރު ކުރިންކްރެޑިޓް ކާޑަށް ފައިސާ ދައްކަން އަންގައި ކުރީގެ މެމްބަރު ޝިޔާނުގެ މައްޗަށް ހުކުމްކޮށްފިޚަބަރު | 3 މަސް ކުރިންބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޟިރުކުރުމަށް ދެ މީހަކު ހޯދަނީ ޚަބަރު | 5 މަސް ކުރިންކުޑަކުއްޖެއްގެ ކަރާމާތަށް އަރައިގަތް މަންދީގެ މައްޗަށް ކުށް ސާބިތުވެއްޖެޚަބަރު | 6 މަސް ކުރިން