logo
Bank of Maldives

Bank of Maldives

ޚަބަރު

ހައްޤު: އާލިއާ ބަޓްގެ ތައުރީފް ޔާމީ ގޯތަމްއަށް "ތިބާއަކީ ރަންފަދަ ހުރިހާ ސިފައެއް އެކުލެވިގެންވާ ފަންނާނެއް"

މުހައްމަދު މޫސާމުހައްމަދު މޫސާ
11 ޖެނުއަރީ 2026 - 11:30
ހައްޤު: އާލިއާ ބަޓްގެ ތައުރީފް ޔާމީ ގޯތަމްއަށް "ތިބާއަކީ ރަންފަދަ ހުރިހާ ސިފައެއް އެކުލެވިގެންވާ ފަންނާނެއް"

އިމްރާން ހާޝްމީ އާއި އާލިއާ ބަޓް ފެނިގެންދާ "ހައްޤު" އަކީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ފިލްމެކެވެ. 2025 ވަނަ އަހަރު ސިނަމާތަކުގައި ދައްކަން ފެށި މި ކޯޓްރޫމް ޑްރާމާ، މި އަހަރުގެ ޖެނުއަރީ 2 ވަނަ ދުވަހު ވަނީ ނެޓްފްލިކްސް މެދުވެރިކޮށް އޯޓީޓީއަށް ނެރެފައެވެ. ސުޕްރީމް ކޯޓުގެ ތާރީޚީ ނިންމުމެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މި ފިލްމަށް ފާޑުކިޔުންތެރިންނާއި ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނެވެ. ނެޓްފްލިކްސްއަށް މި ފިލްމު އައުމާއެކު، ބޮލީވުޑްގެ ގިނަ ތަރިންތަކެއް ފިލްމު ބަލައި، ސޯޝަލް މީޑިއާގައި އެމީހުންގެ ޚިޔާލު ފާޅުކުރިއެވެ.

ދާދި ފަހުން އާލިއާ ބަޓް ވަނީ "ހައްޤު" ގައި ޔާމީ ދެއްކި ހުނަރަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. އާލިއާ ބުނި ގޮތުގައި "ހައްޤު" ބެލުމަށްފަހު އޭނާ މިހާރު ވަނީ ޔާމީގެ ފޭނަކަށް ވެފައެވެ. އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކުރި ވާހަކަތަކަކީ މިއީއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އާލިއާގެ އިންސްޓަގްރާމް ސްޓޯރީގައި ބުނެފައިވެއެވެ. "ކުއީން ޔާމީ ، 'ހައްޤު' ގައި ތިބާ ތި ދައްކުވައިދިނީ އަސްލު ފަންނުވެރިކަމާއި، ފޯރިއާއި، އަދި އަގުހުރި ހުރިހާ ސިފަތަކެކެވެ! މިއީ އަހަރެންގެ ހުރިހާ ފޭވަރިޓް އަންހެން އެކްޓަރުންގެ ހުނަރުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެކެކެވެ. ފޯނުން ވެސް ބުނި ފަދައިން.. އަހަރެން މިއީ ޔާމީގެ ސަޕޯޓަރެއް، އަދި އަހަރެމެން އެންމެންނަށް އަނެއްކާވެސް އުފާވެރިކަމާއި މުނިފޫހިފިލުވައިދޭނެ ތިބާގެ ކުރިއަށް ހުރި ހުރިހާ މަޝްރޫޢުތަކަށް ކެތްމަދުވެފައި ހުރީމެވެ."

މީގެ ދުވަސްކޮޅެއް ކުރިން ކިއާރާ އަދުވާނީ ވެސް ވަނީ "ހައްޤު" ގައި ޔާމީ ދެއްކި ހުނަރަށް ތައުރީފުކޮށްފައެވެ. އޭނާގެ އައިޖީ ސްޓޯރީގައި ލިޔެފައިވެއެވެ. "ނެޓްފްލިކްސް އިން 'ހައްޤު' ބަލާ ނިމިއްޖެ ޔާމީ ، ހާދަ ފުރިހަމަ އެކްޓިންއެކޭ."

ސުޕަރްން ވަރުމާ ޑައިރެކްޓްކޮށްފައިވާ "ހައްޤު" ގައި ޔާމީ ފެނިގެންދަނީ ޝާޒިއާ ބާނޯގެ ރޯލުންނެވެ. އަދި އިމްރާން ފެނިގެންދަނީ އެޑްވޮކޭޓް މުޙައްމަދު އައްބާސް ޚާންގެ ރޯލުންނެވެ. މައިގަނޑު ތަރިންގެ އިތުރުން، މި ފިލްމުގައި ވަރްތިކާ ސިންގް، ދާނިޝް ޙުސައިން، ޝީބާ ޗައްޑާ، އަދި ފަރީދީ ޝަރުމާ ފަދަ ތަރިން ހިމެނެއެވެ.

އާލިއާ ބަޓްގެ ކުރިއަށް ހުރި މަޝްރޫޢުތައް

މަސައްކަތުގެ ދާއިރާއަށް ބަލާއިރު، އާލިއާ ދެން އެންމެ އަވަހަށް ފެންނާނީ ޝިވް ރަވައިލްގެ "އަލްފާ" އިން ޝަރުވަރީ އާއި ބޮބީ ޑިއޯލް އާއެކުގައެވެ. ކުރިން މިދިޔަ އަހަރުގެ ޑިސެމްބަރު 25 ގައި ރިލީޒްކުރަން އޮތް މި ފިލްމު މިހާރު ވަނީ 2026 އޭޕްރިލް 17 އަށް ފަސްކޮށްފައެވެ. މީގެ އިތުރުން، ސަންޖޭ ލީލާ ބަންސާލީގެ "ލަވް އެންޑް ވޯ" ގައި ރަންބީރު ކަޕޫރާއި ވިކީ ކޯޝަލް އާއެކު އާލިއާ މަސައްކަތް ކުރަމުންދެއެވެ. މި ފިލްމު ރިލީޒްކުރާނެ ކަމަށް ބެލެވެނީ 2026 ވަނަ އަހަރުގެ ފަހުކޮޅުގައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހައްޤު: އާލިއާ ބަޓްގެ ތައުރީފް ޔާމީ ގޯތަމްއަށް "ތިބާއަކީ ރަންފަދަ ހުރިހާ ސިފައެއް އެކުލެވިގެންވާ ފަންނާނެއް" ޚަބަރު | 7 ގަޑިއިރު ކުރިންއެތައް ސަތޭކަ މަންމައިންނެއް ދަރިންނަށްޓަކައި ކުރަންޖެހިދާނެ ހިތާމައިން ސަލާމަތްކޮށްދިން ''ހަސަން''ގެ ހަނދާންޚަބަރު | 5 ދުވަސް ކުރިންއައްޑޫއާއި ކުޅުދުއްފުށީގައި ސިނަމާ ކޮމްޕްލެކްސް އެއް ގާއިމުކުރަނީޚަބަރު | 12 ދުވަސް ކުރިންޓިކްޓޮކްގައި މިހާރު އުޅެނީ އަސްލު ޒިކީއެއް ނޫން، އެއީ ބޮޑު ފޭކެއް!ޚަބަރު | 13 ދުވަސް ކުރިން