logo
MPL

MPL

ޚަބަރު

ވީއައިއޭ އާ ޓާމިނަލްގެ ސީޕްލޭން ޗެކިން އޭރިއާ ބޭނުން ކުރަން ފަށައިފި

އައިޝަތު ނަޝާ
12 ޖެނުއަރީ 2026 - 04:57
ވީއައިއޭ އާ ޓާމިނަލްގެ ސީޕްލޭން ޗެކިން އޭރިއާ ބޭނުން ކުރަން ފަށައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލްގެ ސީޕްލޭން ޗެކިން އޭރިއާ މިއަދު ބޭނުންކުރަން ފަށައިފިއެވެ.

އެ ސަރަހައްދު ބޭނުން ކުރަން ފެށިކަން ހާމަކޮށް، އެމްއޭސީއެލްއިން ބުނީ، އެއީ، ޖާގަ ތަނަވަސް ހިތްފަސޭހަ ކަމާއެކު ފަސިންޖަރުންނަށް ބޭނުންކުރެވޭނެ ތަނަކަށް ވާނެ ކަމަށެވެ. އެގޮތުން، އެ ސަރަހައްދު ހުންނާނީ، އޭސީކޮށް، ހަމަޖެހިގެން ފަސިންޖަރުންނަށް ތިބެވޭ ގޮތަށް ކަމަށް އެމްއޭސީއެލުން ވަނީ ބުނެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އާ ޓާމިނަލްގައި ސީޕްލޭން ކައުންޓަރުތައް ހުޅުވީ، އެރައިވަލް ގޭޓާ ޖެހިގެން އޮތް ހިސާބުގައެވެ.

އެމްއޭސީއެލުން ހިއްސާކުރި ފޮޓޯތަކުން ފެންނަ ގޮތުގައި، ގަސްތައް ބަހައްޓައި އެ ސަރަހައްދު ހަދާފައި ވަނީ، މަޑުކޮށްލައިގެން ތިބެން ވަރަށް ހިތްފަސޭހަ ކޮށެވެ.

ފާހަގަކުރެވޭ ގޮތުގައި، އައު ޓާމިނަލް ބޭނުން ކުރަން ފެށީ، މިދިޔަ އަހަރުގެ މިނިވަން ދުވަސް ޖުލައި 26ގައެވެ.

އާ ޓާމިނަލްގެ ސީޕްލޭން ޗެކިން އޭރިއާ ބޭނުން ކުރަން ފެށިއިރު، އާ ޓާމިނަލުން ޚިދުމަތް ދިން ނަމަވެސް، ކުރީގެ ޓާމިނަލުގައި ހޭދަކުރަންޖެހޭ ވަގުތަށްވުރެ މާ ގިނައިރު މިހާރު ޗެކިންވުމަށް ހޭދަކުރަންޖެހޭ ކަމަށް ބުނެ، ބައެއް ދަތުރުވެރިން ވަރަށް ފަހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވީއައިއޭގެ އިންކްލޫސިވް ޚިދުމަތުގެ ދަތުރުގައި މިއީ ހާސިލްކުރެވުނު މުހިންމު ލަނޑުދަނޑިއެއް: އެމްއޭސީއެލް އެމްޑީވިޔަފާރި | 4 މަސް ކުރިންޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވީއައިއޭގެ ޓާމިނަލް 1 ގައި ޚާއްސަ 'ކާމް ރޫމް' އެއް ވިޔަފާރި | 4 މަސް ކުރިންތަރައްޤީއަށް އެހީތެރިކަން ފޯރުކޮށްދޭ އެއަރޕޯޓެއްގެ ގޮތުގައި ދެމިއޮންނާނަން: އެމްއޭސީއެލް ޝަރީފްޚަބަރު | 5 މަސް ކުރިންވީއައިއޭގެ ޓާމިނަލް 2: ހިދުމަތްތައް ވަރަށް ފުރިހަމަ!ރިޕޯޓް | 6 މަސް ކުރިން