އަނުޝްކާ ޝަރުމާ އޭނާގެ ދަރިފުޅު ވަމިކާގެ 5 ވަނަ އުފަންދުވަސް ފާހަގަކުރަމުން މަންމައެއްގެ ލޯތްބާ ގުޅޭ އަސަރުގަދަ މެސެޖެއް ހިއްސާކޮށްފި
12 ޖެނުއަރީ 2026 - 07:25

ބޮލީވުޑްގެ ތަރި އަނުޝްކާ ޝަރުމާ، އޭނާގެ ފިރިމީހާ އަދި ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޯލީއާއެކު ދަރިފުޅު ވަމިކާގެ 5 ވަނަ އުފަންދުވަސް ފާހަގަކުރަމުން އެބަދެއެވެ. އަނުޝްކާ ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް، މަންމައެއްގެ އިހުސާސްތަކާއި ދަރިފުޅާއެކު ހޭދަކުރާ ކޮންމެ ވަގުތެއްގެ އަގުވަޒަންކުރާކަން ހާމަކޮށް އަސަރުގަދަ ޕޯސްޓެއް ހިއްސާކޮށްފައެވެ.
ކުރިން މުމްބާއީގައި ދިރިއުޅުނު ނަމަވެސް، މި ދެމަފިރިން ފަހުން ލަންޑަނަށް ބަދަލުވީ އާންމުންގެ ސަމާލުކަމުން ދުރުގައި، އާދައިގެ ދިރިއުޅުމެއްގައި ދަރިން ބޮޑުކުރުމުގެ މަގުސަދުގައެވެ. އެހެންނަމަވެސް، މަސައްކަތުގެ ބޭނުމަށާއި ދީނީ އަދި ރޫހާނީ ދަތުރުތަކަށް އެމީހުން ދޭތެރެދޭތެރެއިން އިންޑިއާއަށް ޒިޔާރަތްކުރެއެވެ.

Ad by Hajj Corporation
ޖެނުއަރީ 11 ވަނަ ދުވަހު ލަންޑަނުގައި ވަމިކާގެ 5 ވަނަ އުފަންދުވަސް ފާހަގަކުރަމުން އަނުޝްކާ ވަނީ މަންމައެއްގެ ލޯތްބާ ގުޅޭ މެސެޖެއް ހިއްސާކޮށްފައެވެ.
"އަދި އަހަރެންގެ ދަރިފުޅާ، ކަލާ ނުދަންނަ އަހަރެންގެ އެއްވެސް ކުރީގެ ޒަމާނަކަށް އެނބުރި ދާކަށް އަހަރެން ބޭނުމެއް ނޫން. ޖެނުއަރީ 11، 2021 (ރަތް ހިތެއް)" އޭނާގެ ރަސްމީ އިންސްޓަގްރާމް އެކައުންޓް މެދުވެރިކޮށް އާންމުކުރި ސްޓޯރީއެއްގައި ބުނެފައިވެއެވެ.
އަނުޝްކާ ޝަރުމާ އާއި ވިރާޓް ކޯލީގެ އާ އަހަރުގެ ފާހަގަކުރުން
އަނުޝްކާ އާއި ވިރާޓް 2026 ވަނަ އާ އަހަރު ބަލައިގަތީ އެމީހުންގެ "ދިރިއުޅުމުގެ ނޫރު" އާއެކުގައެވެ. ރިޕޯޓްތައް ބުނާގޮތުގައި މި ދެމަފިރިން އާ އަހަރު ފާހަގަކުރަން ބޭރަށް ގޮސްފައިވާއިރު، އަބަދުވެސް ފެންނަ ފަދައިން ވަރަށް ފުރިހަމައެވެ. އާންމުކޮށްފައިވާ ފޮޓޯއިން ފެންނަނީ ދެމަފިރިން ވަރަށް ސްޓައިލިޝްކޮށް ތިއްބައެވެ. ވިރާޓް ނޫކުލައިގެ ސޫޓަކާއި ހުދު ޓީޝާޓެއްގައި ހުރިއިރު، އަނުޝްކާ އިޚްތިޔާރުކުރީ ކްލެސިކް ކުޑަ ކަޅު ހެދުމެކެވެ. 2025 ވަނަ އަހަރުގެ ފަހު ދުވަހުވެސް ވިރާޓް ވަނީ އަނުޝްކާއާއެކު މޫނުގައި ކުލަޖައްސައިގެން ހުރި ފޮޓޯއެއް ހިއްސާކޮށްފައެވެ.
އަނުޝްކާ ޝަރުމާގެ ފަންނީ މަސައްކަތްތައް
ކެރިއަރަށް ބަލާއިރު، އަނުޝްކާ އެނބުރި ފިލްމީ ދާއިރާއަށް އަންނާނެ ކަމަށް ބެލެވުނީ 'ޗަކްދާ އެކްސްޕްރެސް' އިންނެވެ. ނަމަވެސް، ޖޫލަން ގޯސްވާމީގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާ މި ޕްރޮޖެކްޓް މިހާރު ވަނީ މަޑުޖެހިފައެވެ.
އަނުޝްކާ ޝަރުމާ އާއި އިންޑިއާގެ ކްރިކެޓް ޓީމުގެ ކުރީގެ ކެޕްޓަން ވިރާޓް ކޯލީއަކީ ކުޅިވަރާއި މުނިފޫހިފިލުވުމުގެ ދާއިރާގައިވެސް އެންމެ މަގުބޫލު އެއް ޖޯޑެވެ. ސިއްރުން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު، މި ދެމަފިރިން ކައިވެނީގެ ގޮތުން ގުޅުނީ 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހު އިޓަލީގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައެވެ.


