logo
Bank of Maldives

Bank of Maldives

ވިޔަފާރި

މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް 79،004 ފަތުރުވެރިން ރާއްޖެއަތުވެއްޖެ

މުޙައްމަދު އަފްރާޙް
13 ޖެނުއަރީ 2026 - 06:12
މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް 79،004 ފަތުރުވެރިން ރާއްޖެއަތުވެއްޖެ

މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް 79،004 ފަތުރުވެރިން އައިސްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެ މިނިސްޓްރީން ހާމަކޮށްފައިވާގޮތުގައި މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 69،553 ފަތުރުވެރިންނަށްވުރެ 13.6 ޕަސެންޓް އިތުރު އަދަދެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެިއތުރުން މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ރަޝިއާއިންނެވެ. ރަޝިއާ އިން 14,638 ފަތުރުވެރިން އައިސްފައިވާއިރު، އިޓަލީ އިން 10,298 ފަތުރުވެރިން، އިނގިރޭސިވިލާތު 5,959 ފަތުރުވެރިން ވަނީ އައިސްފައެވެ. އަދި ޖަރުމަނުން 4,799 ފަތުރުވެރިން، ޗައިނާއިން 3,637 ފަތުރުވެރިން، އިންޑިއާ އިން 2,566 ފަތުރުވެރިން އައިސްފައި ވެއެވެ.

މީގެއިތުރުން އެމެރިކާއިން 2,470 ފަތުރުވެރިން، ފްރާންސުން 2,035 ފަތުރުވެރިން، ކަޒަކިސްތާނުން 1,855 ފަތުރުވެރިން އަދި އޮސްޓްރޭލިއާ އިން 1,836 ފަތުރުވެރިން އައިކަމަށް ތަފާސްހިސާބުން ދައްކައެވެ.

ފަތުރުވެރިންގެ ތެރެއިން 77,935 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. މާފަރު އެއާޕޯޓުން 309 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރިއިރު ގަން އެއާޕޯޓުން 248 ފަތުރުވެރިން އަދި ހަނިމާދޫ އެއާޕޯޓުން 221 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.

މީގެއިތުރުން މާމިގިލި އެއާޕޯޓުން 181 ފަތުރުވެރިން އަދި ދާލު އެއާޕޯޓުން 11 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް 79،004 ފަތުރުވެރިން ރާއްޖެއަތުވެއްޖެވިޔަފާރި | 2 ގަޑިއިރު ކުރިންމި އަހަރު ރާއްޖޭގައި އިތުރު ހަތް ރިސޯޓު ހުޅުވަނީޚަބަރު | 3 ދުވަސް ކުރިންމީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިން ހެދުން އަޅަންޖެހޭ މިންގަނޑަށް އިސްލާހެއްޚަބަރު | 4 ދުވަސް ކުރިންއަހަރުގެ ފުރަތަމަ ހަފްތާގައި، 43،000 އަށްވުރެ ގިނަ ފަތުރުވެރިން!ޚަބަރު | 6 ދުވަސް ކުރިން