logo
Bank of Maldives

Bank of Maldives

ވިޔަފާރި

ނިމިދިޔަ ޖޫން މަހު ރާއްޖެއަށް 123,000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

ޒިދާން މުޙައްމަދު
1 ޖުލައި 2026 - 14:05
މާފުށީގައި ފަތުރުވެރިންތަކެއް -- ފޮޓޯ/ އަވަސް
މާފުށީގައި ފަތުރުވެރިންތަކެއް -- ފޮޓޯ/ އަވަސް

މިދިޔަ ޖޫން މަހުގެ ތެރޭގައި ރާއްޖެއަށް 123,000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަން މިނިސްޓްރީ އޮފް ޓޫރިޒަމްގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ. ޓޫރިޒަމް މިނިސްޓްރީން އާންމުކުރި މައުލޫމާތަށް ބަލާއިރު، ޖުމްލަ 123,552 ފަތުރުވެރިން ވަނީ މިދިޔަ މަހު ރާއްޖެއަށް އައިސްފައެވެ.

މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު 12 އިންސައްތައިގެ ދަށްވުމެއް ނަމަވެސް، 2024 ވަނަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިއީ 0.2 އިންސައްތައިގެ ކުޑަ ކުރިއެރުމެކެވެ. މިއަހަރުގެ ފުރަތަމަ ހަ މަސްދުވަސް ނިމުނުއިރު، ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމްލަ އަދަދު ވަނީ އެއް މިލިއަނަށްވުރެ މައްޗަށް އަރާފައެވެ. އެގޮތުން އަހަރުގެ މިހާތަނަށް ޖުމްލަ 1,067,543 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާކަމަށް ރެކޯޑުތަކުން ދައްކައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މަސްތަކަށް ބަހާލެވިފައިވާ ތަފާސްހިސާބު

އަހަރުގެ ކުރީކޮޅު، ޚާއްސަކޮށް ޖަނަވަރީ އަދި ފެބުރުވަރީ މަހު ފަތުރުވެރިން އައި އަދަދު އިތުރުވި ނަމަވެސް، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން މާރިޗު މަހުން ފެށިގެން މި އަދަދުތަކަށް ވަނީ ހީނަރުކަމެއް އައިސްފައެވެ. މިއަހަރުގެ މިހާތަނަށް ފަތުރުވެރިން ޒިޔާރަތްކުރި ގޮތަށް ބަލާއިރު:

  • ޖަނަވަރީ: 227,403
  • ފެބުރުވަރީ: 254,556
  • މާރިޗު: 161,259
  • އެޕްރީލް: 152,861
  • މޭ: 142,555
  • ޖޫން: 123,552

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ ލިސްޓުގެ ކުރީގައި އުޅެނީ ޗައިނާ އަދި ރަޝިއާ އެވެ. ފަތުރުވެރިން ރާއްޖޭގައި މަޑުކުރި ތަންތަނަށް ބަލާއިރު، ގިނަ މީހުން ނުވަތަ 72 އިންސައްތަ މީހުން ޗުއްޓީ ހޭދަކުރީ ރިސޯޓުތަކުގައެވެ. އަދި 23 އިންސައްތަ ފަތުރުވެރިން ގެސްޓްހައުސްތަކުގައި މަޑުކޮށްފައިވާކަން މިނިސްޓްރީގެ ތަފާސްހިސާބުތަކުން ފާހަގަކުރެވެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނިމިދިޔަ ޖޫން މަހު ރާއްޖެއަށް 123,000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިވިޔަފާރި | 2 ގަޑިއިރު ކުރިންވެލާނާ ފިޔަވާ އެންމެ ގިނަ މީހުން ދަތުރުކުރީ އައްޑޫ އަތޮޅު ގަމު އެއާޕޯޓަށް ކަމަށް ދައްކައިފި ޚަބަރު | 4 ދުވަސް ކުރިންރަޝިޔާ މާކެޓުގައި ރާއްޖެ އިޝްތިހާރު ކުރުމަށް ޚާއްޞަ ކެމްޕޭނެއް ފަށައިފިވިޔަފާރި | 13 ދުވަސް ކުރިންރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 9 ލައްކައަށްވުރެ މައްޗަށްޚަބަރު | މަހެއް ކުރިން