logo
MPL

MPL

ކުޅިވަރު

ސެމެންޔޯގެ ގޯލާއެކު ސިޓީއިން ނިއުކާސަލް ބަލިކޮށް ސެމީއާއި ގާތަށް

އަބްދުﷲ ޣާނިމް
14 ޖެނުއަރީ 2026 - 06:57
ސެމެންޔޯގެ ގޯލާއެކު ސިޓީއިން ނިއުކާސަލް ބަލިކޮށް ސެމީއާއި ގާތަށް

ލީގު ކަޕް ނުވަތަ ކަރަބާއޯ ކަޕްގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި ރޭ ރަށުން ބޭރުގައި ކުޅެ، އެންމެ ފަހުގެ ޗެމްޕިއަން ނިއުކާސަލް ޔުނައިޓެޑް 2-0 އިން ބަލިކޮށް މެންޗެސްޓަރ ސިޓީން ފައިނަލާ ގާތަށް ޖެހިލައިފިއެވެ. މި މެޗުގައި ސިޓީގެ އައު ކުޅުންތެރިޔާ އެންޓޮއިން ސެމެންޔޯ ވަނީ އެ ޓީމަށް ކުޅުނު ފުރަތަމަ ދެ މެޗުގައިވެސް ލަނޑު ޖަހައިދީފައެވެ.

މި މަހު ބޯންމައުތުން 65 މިލިއަން ފައުންޑުގެ އަގަކަށް ސިޓީއާ ގުޅުނު ސެމެންޔޯ މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކުރީ 53 ވަނަ މިނެޓުގައެވެ. މިއީ ޖެރެމީ ޑޮކޫ ނަގައިދިން ހުރަހަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ. މީގެ އިތުރުންވެސް ސެމެންޔޯ އިތުރު ލަނޑެއް ޖެހި ނަމަވެސް، ވީއޭއާރުން ބެލުމަށްފަހު އެއީ އޮފްސައިޑް ލަނޑެއް ކަމަށް ވަނީ ނިންމާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރުވަގުތުގެ ތެރޭގައި ރަޔާން ޗެރްކީ ވަނީ ސިޓީގެ ދެވަނަ ލަނޑު ޖަހައި، އަންނަ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހު ސިޓީގެ ދަނޑުގައި ކުޅޭ ދެވަނަ ލެގުގެ ކުރިން އެ ޓީމަށް ބޮޑު ހިތްހަމަޖެހުމެއް ހޯދައިދީފައެވެ.

ނިއުކާސަލްއަށް މެޗުގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް، ސިޓީގެ ކީޕަރު ޖޭމްސް ޓްރެފޯޑް ވަނީ ހުށިޔާރުކަމާއެކު އެ ހަމަލާތައް ދިފާއުކޮށްފައެވެ. ޚާއްޞަކޮށް ޔޯން ވިސާ ފޮނުވާލި ހަމަލާ ގޯލުގެ ހުރަސް ދަނޑީގައި ޖެހުނުއިރު، ބްރޫނޯ ގިމަރޭޒް ފޮނުވާލި ހަމަލާވެސް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފައެވެ.

ސެމެންޔޯ އަކީ 2009 ވަނަ އަހަރު އެމަނުއަލް އަޑެބަޔޯއަށްފަހު، ސިޓީއަށް ކުޅުނު ފުރަތަމަ ދެ މެޗުގައިވެސް ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާއެވެ. އޭނާ ވަނީ މިދިޔަ ހޮނިހިރު ދުވަހު އެފްއޭ ކަޕްގައި އެކްސެޓާ ސިޓީ އަތުން 10-1 އިން ސިޓީ މޮޅުވި މެޗުގައިވެސް ލަނޑު ޖަހާފައެވެ.

މި މުބާރާތުގެ އަނެއް ސެމީ ފައިނަލްގައި ބުދަ ދުވަހުގެ ރޭ ބައްދަލުކުރާނީ އާސެނަލް އާއި ޗެލްސީއެވެ. ފުރަތަމަ ލެގުގެ މިމެޗު ކުޅޭނީ ޗެލްސީގެ ދަނޑުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތާވަލުގެ އެއްވަނައިގައި އޮތް ސިޓީ ބަލިކޮށް ބްރައިޓަން ތިންވަނައިގައި ހަމަޖެހިލައިފިކުޅިވަރު | 4 ދުވަސް ކުރިންއެސްޓަން ވިލާ އަތުން ބަލިވެ، ވަގުހެދި ސިޓީގެ މޮޅުވުމުގެ ސިލްސިލާއަށް ނިމުމެއްކުޅިވަރު | 11 ދުވަސް ކުރިންރެލިގޭޓްވެދާނެ ކަމުގެ ބިރާއެކު ސިޓީގެ ޕްލާސްޓިކް ސަޕޯޓަރުން ޓީމު ދޫކޮށް އަސްލު ކުލަބަށް ރުޖޫޢަވެއްޖެ؟!ކުޅިވަރު | 15 ދުވަސް ކުރިންސިޓީ ބަލިކޮށް ޕީއެސްޖީއިން ތެލުގެ ޑާބީ ކާމިޔާބުކޮށްފިކުޅިވަރު | 21 ދުވަސް ކުރިން