logo
Bank of Maldives

Bank of Maldives

ކުޅިވަރު

އެފްރިކަން ކަޕް އޮފް ނޭޝަންސް: 21 އަހަރުފަހުން މޮރޮކޯ ފައިނަލަށް ދަތުރުކޮށްފި

އަބްދުﷲ ޣާނިމް
15 ޖެނުއަރީ 2026 - 03:48
އެފްރިކަން ކަޕް އޮފް ނޭޝަންސް: 21 އަހަރުފަހުން މޮރޮކޯ ފައިނަލަށް ދަތުރުކޮށްފި

އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ސެމީ ފައިނަލްގައި ނައިޖީރިއާގެ މައްޗަށް 4-2 އިން ޕެނަލްޓީގައި ކުރިހޯދައި މޮރޮކޯ އިން މުބާރާތުގެ ފައިނަލުން ޖާގަ ކަށަވަރުކޮށްފިއެވެ. މި މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތު ކުޅުނުއިރު ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

މޮރޮކޯގެ ޕްރިންސް މޫލައި އަބްދުﷲ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ބަލަން 65,458 ސަޕޯޓަރުން ވަދެ ތިބިއިރު، އޭގެ ތެރޭގައި ގިނައީ މޮރޮކޯގެ ސަޕޯޓަރުންނެވެ. މޮރޮކޯ މޮޅުވުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރީ ދެ ޕެނަލްޓީ މަތަކުރި ކީޕަރު ޔާސީން ބޯނޯ އެވެ. އަދި މޮރޮކޯ މޮޅުވި ޕެނަލްޓީ ކާމިޔާބުކޮށްދިނީ ޔޫސުފް އެން-ނެސީރީ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނައިޖީރިއާގެ ކީޕަރު ސްޓޭންލީ ނުވާބާލީ އެއް ޕެނަލްޓީ މަތަކުރި ނަމަވެސް، ޕެނަލްޓީ ޝޫޓްއައުޓްގައި ބޯނޯގެ ހުށިޔާރުކަން މާ ބޮޑަށް ފާހަގަވެގެންދިޔައެވެ. މިއީ މޮރޮކޯއިން 1976 ވަނަ އަހަރު މި މުބާރާތް ކާމިޔާބުކުރި ފަހުން، އެ ގައުމުން މި ތަށި ހޯދުމަށް ކުރަމުންދާ އުންމީދުތައް އާވެގެންދިޔަ މޮޅެކެވެ. އަމިއްލަ ޤައުމުގައި މޮރޮކޯއިން މިފަހަރުގެ މުބާރާތުގެ ފައިނަލުގައި ނިކުންނައިރު، އެންމެ ފަހުން މޮރޮކޯ ފައިނަލުގައި 2004 ވަނަ އަހަރުގައި ވާދަކޮށްފައިވާއިރު، މިފަހަރު މޮރޮކޯ އިން ފައިނަލަށް ނިކުންނާނީ އެކަމުގެ ހިތްދަތިކަން ފިލުވާލުމަށެވެ. އެފަހަރު މޮރޮކޯ ތޫނިސް އަތުން ބަލިވީ 2-1 އިންނެވެ.

އަންނަ އާދިއްތަ ދުވަހު ކުޅޭ ފައިނަލް މެޗުގައި މޮރޮކޯ ނުކުންނާނީ 2021 ވަނަ އަހަރުގެ ޗެމްޕިއަން ސެނެގާލާ ދެކޮޅަށެވެ. ސެނެގާލް ފައިނަލަށް ދަތުރުކުރީރޭގައި ޓެންޖިއާގައި ކުޅުނު އަނެއް ސެމީ ފައިނަލްގައި މާނޭގެ ގޯލާއެކު މިސްރުގެ މައްޗަށް 1-0 އިން ކުރިހޯދައިގެންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެފްރިކަން ކަޕް އޮފް ނޭޝަންސް: 21 އަހަރުފަހުން މޮރޮކޯ ފައިނަލަށް ދަތުރުކޮށްފިކުޅިވަރު | ގަޑިއިރެއް ކުރިންއެފްރިކަން ކަޕް އޮން ނޭޝަންސް: ސެމީގައި ލިވަޕޫލުގެ ކުރީގެ ދެތަރިން ކަމަށްވާ މާނޭ އާއި ސަލާޙް ކުރިމަތިލާމެޗް މިރޭކުޅިވަރު | 14 ގަޑިއިރު ކުރިންއެފްރިކަން ކަޕް އޮފް ނޭޝަންސް: މާލީ އިން މުބާރާތުގެ ފޭވަރިޓް މޮރޮކޯ ހުއްޓުވައިފިކުޅިވަރު | 19 ދުވަސް ކުރިންއެފްރިކަން ކަޕް އޮފް ނޭޝަންސްގެ ފުރަތަމަ މެޗުގައި ކޮމޮރޯސް ބަލިކޮށް މޮރޮކޯ އިން މޮޅަކާއެކު ފަށައިފިކުޅިވަރު | 24 ދުވަސް ކުރިން