logo
މުދާ އުފުލާ ދޯންޏެއް ބަންޑުން ޖަހާލައި ދެ މީހަކު ގެއްލިއްޖެBank of Maldives

Bank of Maldives

ކުޅިވަރު

ޑްރާމާ ބޮޑު އެފްކޮން ފައިނަލްމެޗު ދޫކޮށްލައި އަލުން އެނބުރި އައިސް ސެނެގާލް އިން ކާމިޔާބުކޮށްފި

އަބްދުﷲ ޣާނިމް
18 ޖެނުއަރީ 2026 - 22:21
ޑްރާމާ ބޮޑު އެފްކޮން ފައިނަލްމެޗު ދޫކޮށްލައި އަލުން އެނބުރި އައިސް ސެނެގާލް އިން ކާމިޔާބުކޮށްފި

މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، ނަތީޖާ އެއްވަރުވެފައި ވަނިކޮށް، އިތުރު ވަގުތުގެ ފަސްވަނަ މިނެޓުގައި މޮރޮކޯއަށް ޕެނަލްޓީއެއް ދިނުމާ ގުޅިގެން މެޗު ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. އެލް ހަޖީ މާލިކް ދިއުފް، މޮރޮކޯގެ ބްރަހިމް ޑިއާޒްއަށް ކުރި ފައުލަކާ ގުޅިގެން ދިން މި ޕެނަލްޓީއާ މެދު ހިތްހަމަނުޖެހިގެން ސެނެގާލްގެ ކޯޗު ޕާޕޭ ތިއޯ ވަނީ ކުޅުންތެރިން ގޮވައިގެން ދަނޑުން ފައިބާފައެވެ.

ނަމަވެސް، ގިނަ ވަގުތުތަކެއްގެ މަޝްވަރާއަށްފަހު ސެނެގާލްގެ ކުޅުންތެރިން އަލުން ދަނޑަށް އެރީ މެޗު މެދުކެނޑުނުތާ 24 މިނެޓު ފަހުންނެވެ. މޮރޮކޯއަށް މެޗު ކާމިޔާބުކޮށްދޭން ލިބުނު މި ރަން ފުރުސަތުގައި ޑިއާޒް ފޮނުވާލި 'ޕެނެންކާ' ޕެނަލްޓީ، ސެނެގާލްގެ ކީޕަރު އެޑޮއާޑް މެންޑީ ވަނީ ވަރަށް ފަސޭހަކަމާއެކު ދިފާއުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗު ކާމިޔާބުކުރީ އިތުރު ވަގުތުގެ ފުރަތަމަ ހާފުގައެވެ. ޕާޕޭ ގޭއި އޭރިއާގެ ބޭރުން ފޮނުވާލި ބާރު ހަމަލާ ގޯލުގެ ކަނަށް ވަދެގެން ދިޔައިރު، މިއީ ސެނެގާލުން އެފްރިކާ ކަޕްގެ ފައިނަލެއްގައި ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ. މީގެ ކުރިން އެ ގައުމުން ތަށި ހޯދާފައިވަނީ 2021 ވަނަ އަހަރު ޕެނަލްޓީ ޖަހައިގެންނެވެ.

މެޗުގެ ފަހުކޮޅު މޮރޮކޯއިން ނަތީޖާ އެއްވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރިއެވެ. އެގޮތުން އަގުއާޑް ފޮނުވާލި ބޯޅައެއް ގޯލުގެ ހުރަސް ދަނޑީގައި ޖެހުނުއިރު، ޝަރީފް އެންޑިއާއިއަށް ލިބުނު ހުސް ފުރުސަތެއް ވަނީ ބޭކާރުވެފައެވެ. މެޗު ނިމުނުކަމުގެ ފަހު ކަަނޑާާއެކު ސެނެގާލްގެ ކުޅުންތެރިންނާއި ސަޕޯޓަރުން ވަނީ ބޮޑު އުފާފާޅުކުރުމެއް ބާއްވާފައެވެ.

މި މެޗަކީ ސެނެގާލްގެ ތަރި ސަދިއޯ މާނޭ އެ ގައުމަށް ކުޅެދޭނެ ފަހު މުބާރާތަށް ވުން އެކަށީގެންވެއެވެ. މުޅި މެޗަށް ބަލާއިރު މޮރޮކޯއިން 20 ހަމަލާ އުފެއްދިއިރު، ސެނެގާލުން ވަނީ 14 ހަމަލާ އުފައްދާފައެވެ.

މުބާރާތުގެ ފޭވަރިޓެއްގެ ގޮތުގައި ބެލެވުނު މޮރޮކޯގެ އަމިއްލަ ދަނޑުގައި ކުޅެ، އެޓީމުން މުބާރާތުގެ ތަށި ނަގަންލިބުނު ފުރުސަތު ގެއްލުވާލިއިރު، މިއީ އެޓީމު ފާއިތުވެދިޔަ ދެ އަހަރުތެރޭގައި ބަލިވި ފުރަތަމަ މެޗެވެ. އެޓީމު އެންމެފަހުން މެޗަކުން ބަލިވެފައިވަނީ 2024 ވަނަ އަހަރުގެ ޖަނަވަރީމަހުގައި ސައުތް އެފްރިކާއާއި ދެކޮޅަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޑްރާމާ ބޮޑު އެފްކޮން ފައިނަލްމެޗު ދޫކޮށްލައި އަލުން އެނބުރި އައިސް ސެނެގާލް އިން ކާމިޔާބުކޮށްފިކުޅިވަރު | 7 ގަޑިއިރު ކުރިންކެމަރޫންގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް އެޓޫ، ސަސްޕެންޑްކޮށްފިކުޅިވަރު | 2 ދުވަސް ކުރިންއެފްރިކަން ކަޕް އޮފް ނޭޝަންސް: 21 އަހަރުފަހުން މޮރޮކޯ ފައިނަލަށް ދަތުރުކޮށްފިކުޅިވަރު | 4 ދުވަސް ކުރިންއެފްރިކަން ކަޕް އޮން ނޭޝަންސް: ސެމީގައި ލިވަޕޫލުގެ ކުރީގެ ދެތަރިން ކަމަށްވާ މާނޭ އާއި ސަލާޙް ކުރިމަތިލާމެޗް މިރޭކުޅިވަރު | 5 ދުވަސް ކުރިން