logo
ގަލޮޅުގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިBank of Maldives

Bank of Maldives

ކުޅިވަރު

ސެނަގާލް އަތުން އެފްކޮންގެ ތަށި އަތުލައި މޮރޮކޯއަށް ދީފި

އަބްދުﷲ ޣާނިމް
18 މާރިޗު 2026 - 04:48
ސެނަގާލް އަތުން އެފްކޮންގެ ތަށި އަތުލައި މޮރޮކޯއަށް ދީފި

އެފްރިކާ ކަޕް އޮފް ނޭޝަންސް (އެފްކޯން) 2025 ގެ ފައިނަލް މެޗުގައި ސެނެގޯލް ބަލިވީ ކަމަށް ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯލް (ކޭފް) ގެ އެޕީލް ބޯޑުން ނިންމައި، މޮރޮކޯއަށް 3-0 އިން މޮޅުވެފައިވާ ކަމަށް ކަނޑައަޅައިފިއެވެ.

މި ނިންމުމަކީ ފެޑެރޭޝަން ރޯޔަލް މޮރޮކަން ޑި ފުޓްބޯލް (އެފްއާރުއެމްއެފް) އިން ހުށަހެޅި އިސްތިއުނާފެއް ބަލައިގަތުމަށްފަހު، ކޭފްގެ ޑިސިޕްލިނަރީ ބޯޑުން ކުރިން ނިންމާފައިވާ ނިންމުން ބާތިލުކޮށް ނިންމި ނިންމުމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޭފުން ހާމަކުރި ގޮތުގައި، ފައިނަލް މެޗުގެ ތެރޭގައި ސެނެގޯލްގެ އަމަލުތައް ހުރި ގޮތުން އެފްކޯން ގަވާއިދުގެ 82 ވަނަ މާއްދާއާއި 84 ވަނަ މާއްދާއާ ހިލާފުވެފައިވާ ކަމަށް ވަނީ ކަނޑައަޅާފައެވެ. މިކަމުގެ ސަބަބުން ސެނެގޯލް މެޗުން ބަލިވީ ކަމަށް ނިންމައި، މޮރޮކޯއަށް މެޗުގެ ކާމިޔާބީ ވަނީ ދީފައެވެ.

މޮރޮކޯގައި ކުޅުނު ފައިނަލް މެޗުގެ ފަހުގަޑީގައި ރެފްރީ މޮރޮކޯއަށް ޕެނަލްޓީއެއް ދިނުމާއި ގުޅިގެން ސެނަގާލްގެ ކުޅުންތެރިންވަނީ ރެފްރީންގެ މި ނިންމުމާއި ދެކޮޅަށް އަޑުއުފުލައި ދަނޑު ދޫކޮށް ގޮސްފައެވެ. ނަމަވެސް އޭގެ ފަހުން ސެނެގާލްގެ ކެޕްޓަން މާނޭގެ މަސައްކަތާއެކު 11 މިނެޓުފަހުން ސެނެގާލް ވަނީ އެނބުރި ދަނޑަށް ނިކުމެފައެވެ. އަދި މިމެޗުގައި މޮރޮކޯއަށް އޭރުލިބުނު ޕެނަލްޓީ ޑިއާޒް ވަނީ މިސްކޮށްލާފައެވެ.

r1602408_1296x729_16-9.jpg

މިމެޗު ސެނެގާލް އިން ކާމިޔާބުކުރީ އިތިރުވަގުތުގައި ގައި ގޯލުޖަހައިގެންނެވެ.

Drama bodu afon match dhookolai alun beburi ais senagal in match kaamiyaabukohfi | Mendhuru TvTikTokYouTubeInstagramXFacebook

Drama bodu afon match dhookolai alun beburi ais senagal in match kaamiyaabukohfi | Mendhuru TvTikTokYouTubeInstagramXFacebook

މީގެ އިތުރުން، އިސްމާއީލް ސައިބާރީގެ މައްޗަށް ކުރެވުނު ކުށުގެ އަދަބު ދެ މެޗަށް ސަސްޕެންޑް ކުރުމަށް ވަނީ ނިންމާފައެވެ. މީގެ ތެރެއިން އެއް މެޗު ސަސްޕެންޑް ކުރެވިފައިވާއިރު، ކުރިން އޭނާގެ މައްޗަށް އޮތް 100,000 ޑޮލަރުގެ ޖޫރިމަނާ ވަނީ ބާތިލުކޮށްފައެވެ.

މެޗުގެ ބޭރުން ހިނގާދިޔަ ބައެއް ހާދިސާތަކާ ގުޅިގެން މޮރޮކޯގެ ފެޑެރޭޝަން ވެސް ވަނީ ޖޫރިމަނާކޮށްފައެވެ. ބޯޅަ ހޮވާ ކުދިންގެ އަމަލުތަކާ ގުޅިގެން ކުރި ޖޫރިމަނާ 50,000 ޑޮލަރަށް ކުޑަކޮށްފައިވާއިރު، ވީއޭއާރު (VAR) ސަރަހައްދަށް ނުފޫޒު ފޯރުވި މައްސަލައިގައި ކުރި 100,000 ޑޮލަރުގެ ޖޫރިމަނާ ވަނީ ދަމަހައްޓާފައެވެ. އަދި ލޭޒަރު ބޭނުންކުރި މައްސަލައިގައި ކުރި ޖޫރިމަނާ ވަނީ 10,000 ޑޮލަރަށް ކުޑަކޮށްފައެވެ.

މި މައްސަލައިގައި ހުށަހެޅުނު އެހެން ހުރިހާ ހުށަހެޅުންތަކެއް ބޭރުކޮށްލާފައިވާއިރު، މިއީ އެފްކޯންގެ ތާރީޚުގައި ފެނިގެންދިޔަ އެންމެ ބޮޑު مشްކަލަތަކެއް ކުރިމަތިވި އެއް ފައިނަލެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސެނަގާލް އަތުން އެފްކޮންގެ ތަށި އަތުލައި މޮރޮކޯއަށް ދީފިކުޅިވަރު | 3 ގަޑިއިރު ކުރިންމޮރޮކޯ އިން އެދުނީ ސެނެގާލް އަތުން ތަށި އަތުލުމަށް!ކުޅިވަރު | 2 މަސް ކުރިންޑްރާމާ ބޮޑު އެފްކޮން ފައިނަލްމެޗު ދޫކޮށްލައި އަލުން އެނބުރި އައިސް ސެނެގާލް އިން ކާމިޔާބުކޮށްފިކުޅިވަރު | 2 މަސް ކުރިންކެމަރޫންގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް އެޓޫ، ސަސްޕެންޑްކޮށްފިކުޅިވަރު | 2 މަސް ކުރިން