logo
Bank of Maldives

Bank of Maldives

ކުޅިވަރު

މޮރޮކޯ އިން އެދުނީ ސެނެގާލް އަތުން ތަށި އަތުލުމަށް!

އިސްމާޢިލް ރާތިޢު
20 ޖެނުއަރީ 2026 - 05:21
މޮރޮކޯ އިން އެދުނީ ސެނެގާލް އަތުން ތަށި އަތުލުމަށް!

އެފްރިކާ ކަޕް އޮފް ނޭޝަންސް ފުޓްބޯޅަ މުބާރާތުގެ ތަށި ސެނެގާލް އަތުން އަތުލާ، އެ ގައުމަށް ފިޔަވަޅު އެޅުމަށް، މޮރޮކޯއިން ކޮންފެޑެރޭސިއޯން އެފްރިކައިން ޑެ ފުޓްބޯލް އަދި ފީފާގައި އެދިއްޖެއެވެ.

މޮރޮކޯގެ ފުޓްބޯޅަ ފެޑަރޭޝަނުން އެފްރިކާގެ ފުޓްބޯޅަ އެސޯސިއޭޝަނާއި ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާއަށް ލިޔެފައިވަނީ ސެނެގާލް ކުޅުންތެރިން ދަނޑުން ފައިބައިގެން ދިޔަ މައްސަލާގަ އެވެ.

ފޯވަޑް ސާޑިއޯ މާނޭ ފިޔަވާ، ސެންގާލްގެ ކުޅުންތެރިން ކޯޗުގެ އެންގުމަށް ދަނޑު ފައިބާ، ޗޭންޖިންގ ރޫމަށް ގޮސްފައިވަނީ ސެނެގާލް ޖެހި ގޯލެއް ގަބޫލު ނުކޮށް، މެޗުގެ ފަހު މިނިޓްގައި މޮރޮކޯ އަށް ޕެނަލްޓީ އެއް ދިނުމުންނެވެ. ކޯޗުގެ ހިތްހަމަ ނުޖެހުމަކަށްވީ މުބާރާތުގެ ރެފްރީން މޮރޮކޯ އަށް ވަރަށް ބޮޑަށް އެހީތެރިވެދޭ ކަމުގެ ޝަކުވާ އެހެން ގައުމުތަކުން ވެސް ކޮށްފައި އޮއްވާ، އެކަމަށެވެ.

ސެނެގާލް ކުޅުންތެރިން އެނބުރި މެޗު ކުޅެން އައީ ގާތްގަނޑަކަށް 16 މިނިޓް ފަހުންނެވެ. އެއީ ވެސް މާނޭ، ޗޭންޖިންގ ރޫމަށް ގޮސް މެޗު ފުރިހަމަ ކުރަން އެދުމުންނެވެ. މިއާއެކު، ޕެނަލްޓީ ލިބުމާ، ބޯޅަ ފޮނުވާލުމާ ދެމެދު 24 ވަރަކަށް މިނިޓު ހޭދަވިއެވެ. ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ޒުވާން ތަރި، ބްރަހީމް ޑިއާޒް ފޮނުވާލި ޕެނަލްޓީ ނާކާމިޔާބުވުމުގެ އަސްލަކީވެސް އެއީކަމަށް މޮރޮކޯގެ ކޯޗު ވަލީދު ރެގްރާގީ ބުންޏެވެ.

މޮރޮކޯގެ ފުޓްބޯޅަ ފެޑަރޭޝަނުން ސެނެގާލްގެ މި އަމަލު ސިފަކޮށްފައިވަނީ ޓްބޯޅައިގެ ރޫހާ ހިލާފު، އަދި އެފްރިކާއަށް ލަދުވެތިކަން ގެނުވި އަމަލެއްގެ ގޮތުގައެވެ. އަދި ސެނެގާލް ކަންތައްތައް ކުރީ ފުޓްބޯޅައިގެ ގަވާއިދުތަކާ ހިލާފަށް ކަމަށާއި އެކަމަށް އެކަށީގެންވާ ފިޔަވަޅު އަޅައި ދިނުމަށް މޮރޮކޯއިން އެދިފައި ވެއެވެ. ނަމަވެސް ނިމިފައިވާ މެޗެއްގެ ނަތީޖާ އަށް ފީފާއިން ބަދަލު ގެންނާނެ ކަމަށް ނުބެލެވެ އެވެ.

އަމިއްލަ ގައުމުގައި މުބާރާތުގެ ތަށި ހޯދަން ނުކުތް މޮރޮކޯ އަށް ތަށި ނުލިބުނީ މެޗުގެ ނަތިޖާ ނެރެން ކުޅުނު އިތުރު ވަގުތުގެ ތެރޭގައި ސެނެގާލް ޖެހި ލަނޑުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މޮރޮކޯ އިން އެދުނީ ސެނެގާލް އަތުން ތަށި އަތުލުމަށް!ކުޅިވަރު | 2 ގަޑިއިރު ކުރިންއާސަނަލްގެ ކުރީގެ ކެޕްޓަން، އުމުރަށް ގައުމީ ޓީމުން އެކަހެރިކޮށްފިކުޅިވަރު | 18 ދުވަސް ކުރިން