logo
Bank of Maldives

Bank of Maldives

ޚަބަރު

މި އަހަރުގެ ޅެންވެރީންގެ ދުވަހުގެ ޝިޢާރު އިފްތިތާޙުކޮށްފި

އައިޝަތު ނަޝާ
15 ޖެނުއަރީ 2026 - 10:58
މި އަހަރުގެ ޅެންވެރީންގެ ދުވަހުގެ ޝިޢާރު އިފްތިތާޙުކޮށްފި

2026ވަނަ އަހަރުގެ ޅެންވެރީންގެ ދުވަހުގެ ޝިޢާރު އިފްތިތާޙުކޮށްފިއެވެ.

މި ޝިޢާރު އިފްތިތާޙުކޮށްދެއްވީ ޅެންވެރީންގެ ދުވަހުގެ މުނާސަބަތުގައި މިއަދު ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ އާއި ވުޒާރާގެ ދަށުން ހިންގާ މުއައްސަސާތަކުގެ މެދުގައި ބޭއްވި ޚާއްޞަ ހަފްލާއެއްގަ އެވެ.މި ޝިޢާރު އިފްތިތާޙުކޮށްދެއްވީ ވަޒީރު އާދަމް ނަޞީރު އިބްރާހީމެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮންމެ އަހަރެއްގެ ވެސް ދިވެހިރާއްޖޭގެ ޅެންވެރީންގެ ދުވަހުގެ ގޮތުގައި 15 ޖަނަވަރީ ފާހަގަކުރާއިރު، އެ ދުވަހަށް ޚާއްޞަ ޝިޢާރެއް ކަނޑައަޅައެވެ. އެގޮތުން މި އަހަރަށް ކަނޑައެޅި ޝިޢާރަކީ "މަރުދޭށޭވީ ޤައުމާ ވަތަނާ ދީނަށް" ށެވެ.

މި ދުވަހަކީ އަލްއުސްތާޛު އަލްމަރުހޫމް އިބްރާހީމް ޝިހާބުގެ ނަންފުޅުގައި ފާހަގަކުރާ ދުވަހެކެވެ. ޅެންވެރިކަމުގެ ދުނިޔޭގައި އެމަނިކުފާނު މާޝްހޫރުވެ ވަޑައިގެންފައިވަނީ ޝާއިރުއް ޝަބާބުގެ ލަގަބުންނެވެ.

އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް މި އަހަރުގެ ޅެންވެރީންގެ ދުވަސް ވެސް ކުލަގަދަކޮށް ފާހަގަކުރުމަށް ވަނީ ގިނަ ހަރަކާތްތަކެއް އިންތިޒާމުކޮށްފައެވެ. ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭގައި ޚަބަރުގެ ވަސީލަތްތައް މެދުވެރިކޮށް ކުރިއަށް ގެންދެވޭ ޕްރޮގްރާމުތަކާއި އެ ދުވަހުގެ ރަސްމީ ޖަލްސާ ހިމެނެއެވެ. ޅެންވެރީންގެ ދުވަހު ބާއްވާ ރަސްމީ ޖަލްސާއާ ގުޅިގެން 3 ދުވަސް މުއްދަތަކަށް ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހުފައިވަނީ އައްޑޫ ސިޓީގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"ރަހަފަތް" މައުރަޒު ހުޅުވައިފިޚަބަރު | މަހެއް ކުރިންރަމަޟާން މަހަށް ޚާއްޞަކޮށްގެން ކާބޯތަކެތި ތައްޔާރުކުރުމުގެ މުބާރާތެއް!ޚަބަރު | 2 މަސް ކުރިންމި އަހަރުގެ ޅެންވެރީންގެ ދުވަހުގެ ޝިޢާރު އިފްތިތާޙުކޮށްފިޚަބަރު | 2 މަސް ކުރިންދިވެހި ތަރިކައިގެ ބައެއް ނަކަލު ތަރިކައާ ބެހޭ ވުޒާރާއާ ހަވާލުކޮށްފިޚަބަރު | 3 މަސް ކުރިން