logo
Bank of Maldives

Bank of Maldives

ޚަބަރު

ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނަށް 66 ޒުވާނުން ފުރައިފި

އައިޝަތު ނަޝާ
15 ޖެނުއަރީ 2026 - 11:10
ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނަށް 66 ޒުވާނުން ފުރައިފި

ދިވެހި ވަޠަނީ ޚިދުމަތުގެ އިނީޝަލް ތަމްރީނު ފުރިހަމަކުރި ޒުވާނުންގެ ތެރެއިން، ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގައި ބައިވެރިވުމަށް ކުރިމަތިލި 66 ބައިވެރިން ބ. ކިހާދޫގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފްގެ ތަމްރީނު މަރުކަޒަށް މިއަދު ފުރައިފިއެވެ.

"އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، އަމިއްލަ ނަފުސަށް އިތުބާރުކުރާ، ޢަޤީދާ ވަރުގަދަ، ރޫޙާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ޤައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު، ރައްޔިތެއް ބިނާކުރުމަށް ސަރުކާރުން ފަށާފައިވާ ދިވެހި ވަޠަނީ ޚިދުމަތުގެ އިނީޝަލް ތަމްރީނު ފުރިހަމަ ކުރި ޒުވާނުންގެ ތެރެއިން، ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގައި ބައިވެރިވުމަށް ކުރިމަތިލި ބައިވެރިން ބ. ކިހާދޫގައި ޤާއިމު ކޮށްފައިވާ އެމްއެންޑީއެފްގެ ތަމްރީނު މަރުކަޒަށް މިއަދު ފުރާފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

 

މި ތަމްރީނުގައި 66 ޒުވާނުން ބައިވެރިއިރު، އެއީ ރާއްޖޭގެ 35 ރަށަކަށް ނިސްބަތްވާ 16 އަހަރާއި 19 އަހަރާއި ދެމެދުގެ ޒުވާނުން ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ، އެ ޒުވާނުން ބައިވެރިވާ ތަމްރީނުގައި ތަފާތު ފަންނީ ދާއިރާތަކުން ތަމްރީނު ފުރިހަމަ ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

ދިވެހި ވަތަނީ ހިދުމަތުގެ ފުރަތަމަ ބުރުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން 344 ދަރިވަރުން މިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު ވަނީ ދަސްވެނިވެފައެވެ.

މިއީ ދިވެހި ގައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު، ޖިސްމާނީ، ރޫހާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ދިވެހި ރައްޔިތެއް ބިނާކޮށް މަސައްކަތަށް އަހުލުވެރި އަހްލާގް ރަނގަޅު ހަރުދަނާ ޒުވާން ޖީލެއް ބިނާ ކުރެއްވުމަށް ރައީސް މުއިއްޒު އިސް ނަންގަވައިގެން ރާއްޖޭގައި މުޅިން އަލަށް ފެށި ޕްރޮގްރާމެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަޅުގަނޑުގެ ތާއީދު ލިބޭ ކެންޑިޑޭޓުން ތިބޭނީ ހަމައެކަނި ޕީއެންސީގެ ޓިކެޓުގައި: ރައީސް ޑރ. މުޢިއްޒުޚަބަރު | ދުވަހެއް ކުރިންވަޠަނީ ޚިދުމަތުގެ 3 ވަނަ ބުރުގައި ބައިވެރިވާން ހުޅުވާލައިފިޚަބަރު | 2 ދުވަސް ކުރިންބޭރުގެ އިގްތިސާދީ ލޮޅުންތަކުގެ ނާޒުކުކަން ރާއްޖެއަށް އިންތިހާއަށް ބޮޑު: ރައީސްޚަބަރު | 3 ދުވަސް ކުރިންފަހު ދިހައިގެ ދުވަސްތަކަށް ސަރުކާރު ބަންދުކޮށްފިޚަބަރު | 3 ދުވަސް ކުރިން