logo
Bank of Maldives

Bank of Maldives

ޚަބަރު

ހުއްދަ ނެތި ހުޅުމާލޭ ފަޅުތުރޭގައި ފައިބަރު މަސައްކަތް ކުރުން މަނާ ކޮށްފި

އައިޝަތު ނަޝާ
15 ޖެނުއަރީ 2026 - 16:09
ހުއްދަ ނެތި ހުޅުމާލޭ ފަޅުތުރޭގައި ފައިބަރު މަސައްކަތް ކުރުން މަނާ ކޮށްފި

ހުއްދަ ނެތި ހުޅުމާލޭ ފަޅުތުރޭގައި ފައިބަރު މަސައްކަތް ކުރުމަކީ މަނާ ކަމެއް ކަމަށް އެޗްޑީސީން ނިންމައިފިއެވެ.

އެޗްޑީސީން މިއަދު ނެރުނު އިއުލާނެއްގައިބުނެފައިވަނީ، ހުޅުމާލޭގެ ފަޅުތެރޭގައި، އޮޑިދޯނިފަހަރުގައި ފައިބަރުގެ މަސައްކަތް ކުރަމުންދާކަން އެ ކޯޕަރޭޝަނަށް ފާހަގަކުރެވިފައިވާ ކަމަަށާއި އަދި މިއީ ތިމާވެެއްޓަށާއި ފަޅުތެރެ، ބޭނުންކުރާ އެހެނިހެން ފަރާތްތަކަށް، އޭގެ ނޭދެވޭ އަސަރު ފޯރާނެ ކަމަކަށްވާތީ، ހުޅުމާލޭ ފަޅުތެރޭގައި، ފައިބަރުގެ އެއްވެސް މަސައްކަތެއް ކުރުމަކީ، މަނާކަމެއް ކަމަށްށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެހެންކަމުން ހުޅުމާލޭގެ ފަޅުތެރޭގައި، މިފަދަ މަސައްކަތްތައް ކުރަމުންދާ ނަމަ އަންނަ އާދިއްތަ ދުވަހުގެ ރޭގަނޑު 00:00 ކުރިން އެ މަސައްކަތް ހުއްޓާލުމަށް، ނުވަތަ މިފަދަ މަސައްކަތް ކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދަކަށް ބަދަލުކުރުމަށް އެޗްޑީސީން ވަނީ އަންގާފައެވެ.

އަދި އެ މުއްދަތުގެ ކުރިން މިފަދަ މަސައްކަތްތައް ހުއްޓާލާފައި ނުވާނަމަ މެރިން ޕޮލިސް އާއި ކަމާގުޅުންހުރި އެހެނިހެން، އިދާރާތަކާ، ގުޅިގެން އެކަންކަން ހުއްޓުވުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށްވެސް އެޗްޑީސީން ބުނެފައިވެއެވެ.

 

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުއްދަ ނެތި ހުޅުމާލޭ ފަޅުތުރޭގައި ފައިބަރު މަސައްކަތް ކުރުން މަނާ ކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންމި އަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ރައްކާ" ގެ ހަރަކާތްތައް އިފްތިތާހުކޮށްފިޚަބަރު | 7 ދުވަސް ކުރިންހުޅުމާލެ އިންޑަސްޓްރިއަލް ޒޯނުގައި ގަވައިދާ ޚިލާފަށް ހުރި އުޅަނދުތައް ނަގަނީޚަބަރު | 15 ދުވަސް ކުރިންއައު އަހަރުގެ ފެސްޓިވަލް، މިއަދު ފަށަނީޚަބަރު | 16 ދުވަސް ކުރިން